Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއޭލާގެ ހަމަނުޖެހުން

ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

ވެނުޒުއޭލާގައި ދަނީ ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 19 މެއި 2017 | ހުކުރު 20:10
ވެނެޒުއޭލާގައި މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ

ވެނެޒުއޭލާގައި މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ

އެމެރިކާ އިން ވެެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އެޅީ ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރަށާއި އަދި އިތުރު ހަތް ފަނޑިޔާރުންގެ މައްޗަށެވެ. އެމެރިކާ އިން ދަތި ކުުރުމުގެ ފިޔަވަޅު އެޅި އިރު، ސްޕްރީމް ކޯޓުން މިއަހަހަރު ކުރީކޮޅު ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ވަނީ ނިގުޅައިގެންފައެވެ. ގާނޫނު ހަދާ މަޖިލިސް ކޮންޓްރޯލް ކުރަމުން ދިޔައީ އިދިކޮޅު ފަރާތްތަކުންނެވެ.

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅާއި ބެހޭ ގޮތުން ބުރާސްފަތި ދުވަހު އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނީ، އެމެރިކާގެ އިހްތިސާސް ހިނގާ ސަރަހައްދުގައިވާ، އަށް ފަނޑިޔާރުންގެ ހުރިހާ އެސެޓްތަކެއް ފްރީޒް ކުރެވޭނެ ކަމަށާއި އަދި އެމެރިކާގެ އެއްވެސް ރައްޔިތަކަށް ފިޔަވަޅު އެޅުނު ފަރާތްތަކާ ވިޔަފާރީގެ މުއާމަލާތެއް ނުކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވެން މްނޫޗިން ވިދާޅުވީ ވެނެޒުއޭލާ ސަރުކާރުގެ ކޮރަޕްޝަނާއި އަދި ކަންކަން ރަނގަޅަށް ތަރުތީބު ނުކުރެވޭތީ، ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ އިގްތިސާދުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުން ދަނީ ވަރަށް ވޭންދެނިވި ދިރިއުޅުމެއް ކަމަށެވެ.

މި އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ބޭނުމަކީ ވެނެޒުއޭލާގައި ރައީސް ނިކޮލަސް މަޑޫރޯ އާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އަނިޔާވެރި ގޮތަކަށް ހުއްޓުވާ ފަރާތްތަކަށް ޕްރެޝާ އިތުރު ކުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވަމުން ގެންދަވަނީ މަގުމައްޗަށް މީހުން ނިކުންނަމުން ދަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ހަމަނުޖެހުމަށް ގޮވާލަމުން ދާތީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަަން: އުތުރު ކޮރެއާ

އދ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަަން: އުތުރު ކޮރެއާ

05 ޖޫން 2017
އދ އިން އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުުރުމުގެ ފިޔަވަޅު އަޅައިފި

އދ އިން އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުުރުމުގެ ފިޔަވަޅު އަޅައިފި

03 ޖޫން 2017
މުޒާހަރާގައި މަރުވި ކިޔަވާ ކުއްޖާ މަރާލީ ސިފައިން: ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު

މުޒާހަރާގައި މަރުވި ކިޔަވާ ކުއްޖާ މަރާލީ ސިފައިން: ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު

25 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު