Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެނެޑާއިން ފައިޒަރގެ ވެކްސިނަށް ހުއްދަދިނުން

ކެނެޑާއިން ފައިޒަރގެ ވެކްސިނަށް ހުއްދަދީފި

9 ޑިސެމްބަރު 2020 | ބުދަ 18:19

މި މަހުގެ ތެރޭގައި ކެނެޑާއަށް ފައިޒަރގެ 249،000 ޑޯޒް ވެކްސިން ލިބޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 ޑިސެމްބަރު 2020 | ބުދަ 18:19
ކެނެޑާއިން ވަނީ މިހާތަނަށް ވެކްސިންގެ 20 މިލިއަން ޑޯޒް ގަނެފައެވެ.

ކެނެޑާއިން ވަނީ މިހާތަނަށް ވެކްސިންގެ 20 މިލިއަން ޑޯޒް ގަނެފައެވެ.

ކޮވިޑް-19 އަށް ފައިޒަރ އަދި ބައޯއެންޓެކް އިން އުފައްދާފައިވާ ވެކްސިނަށް ކެނެޑާއިން ހުއްދަ ދީފިއެވެ.

ހެލްތު ކެނެޑާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފައިޒަރގެ ވެކްސިނަށް ހުއްދަ ދެވިގެން ދިއުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ފައިޒަރ އަދި ބައޯއެންޓެކް އިން ތައްޔާރުކޮށްފައިވާ ވެކްސިނަކީ ކޮވިޑް-19 އިން ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް ކަމަށެވެ.

Advertisement - worldAdvertisement

މި މަހުގެ ތެރޭގައި ކެނެޑާއަށް ފައިޒަރގެ 249،000 ޑޯޒް ވެކްސިން ލިބޭނެ ކަމަށް ބުނެފައިވާއިރު، އަންނަ ހަފްތާގެ ތެރޭގައި އާންމު ރައްޔިތުންނަށް ވެކްސިން ދޭން ފެށޭނެކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ކެނެޑާއަށް ވެކްސިންގެ އިތުރު ހަތަރު މިލިއަން ޑޯޒް ލިބޭނެ ކަމަށް ބުނެފައިވާއިރު، އެގައުމުން ވަނީ މިހާތަނަށް ވެކްސިންގެ 20 މިލިއަން ޑޯޒް ގަނެފައެވެ. އަދި އިތުރު 56 މިލިއަން ޑޯޒް ގަތުމުގެ ފުރުސަތުވެސް އެގައުމުން ވަނީ ހަމަޖައްސާފައެވެ.

ކެނެޑާގެ ހެލްތު އޮފިސަރުން ވަނީ ވެކްސިން މާކެޓަށް ނެރުމާއިއެކު ވެކްސިންގެ ރައްކާތެރިކަމާއި މެދު އެއްވެސް ސުވާލެއް އުފެދޭނަމަ ފިޔަވަޅުއަޅަން ފަސްނުޖެހޭނެ ކަމަށެވެ.

އުމުރުން 16 އަހަރުން މަތީގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކެނެޑާގައި މިހާރު ފަށާފައިވާއިރު، އެގައުމުން ވަނީ ވެކްސިން ދިނުމުގައި އިސްކަން ދެވޭނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންނާއި ނަރސިން ހޯމްތަކުގައި ތިބި މީހުންގެ އިތުރުން ހެލްތު ވޯކަރުންނަށް ކަމަށް ބުނެފައެވެ. އަދި ހުރިހާ އުމުރުފުރާއަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާނީ ކުޑަކުދިންނަށް އަމާޒުކޮށް ކުރިއަށްގެންދާ ކްލިނިކަލް ޓްރަޔަލްތައް ނިމުމުން ކަމަށް ބުނެފައެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވެކްސިންދޭން ފެށުމަކީ ކެނެޑާގެ ތާރިގުގައި ފާހަގަކޮށްލެވޭނެ ކަމެއްކަމަށް ވިދާޅުވެ ވެކްސިން ދިނުމުގެ މަސައްކަތް ކުޑަ ސްކޭލެއްގައި ފަށައި، ކުރިއަށް އޮތްތާގައި ބޮޑު ކުރަމުން ދާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

05 މެއި 2020

އެބޯލާ ވައިރަސްއަށް ބޭނުންކުރި ބޭސް ކޮވިޑް-19ގެ ފަރުވާއަށް ބޭނުން ކުރުމަށް ހުއްދަދީފި

05 މެއި 2020
އެބޯލާ ވައިރަސްއަށް ބޭނުންކުރި ބޭސް ކޮވިޑް-19ގެ ފަރުވާއަށް ބޭނުން ކުރުމަށް ހުއްދަދީފި
19 އޯގަސްޓު 2019

ޖިހާދީ ޖެކްގެ މައްސަލައިގައި ކެނެޑާއިން އިނގިރޭސިވިލާތަށް ފާޑުކިޔައިފި

19 އޯގަސްޓު 2019
ޖިހާދީ ޖެކްގެ މައްސަލައިގައި ކެނެޑާއިން އިނގިރޭސިވިލާތަށް ފާޑުކިޔައިފި
11 ޖުލައި 2019

އިނގިރޭސިވިލާތް އަދި ކެނެޑާއިން މީޑިއާ ޑިފެންސް ފަންޑަށް 4 މިލިއަން ޑޮލަރު

11 ޖުލައި 2019
އިނގިރޭސިވިލާތް އަދި ކެނެޑާއިން މީޑިއާ ޑިފެންސް ފަންޑަށް 4 މިލިއަން ޑޮލަރު
03 ޖޫން 2019

ކެނެޑާއިން ފިލިޕީންސްއަށް އެތެރެކޮށްފައިހުރި ކުނިތަކެއް އަނބުރާ ފޮނުވާލައިފި

03 ޖޫން 2019
ކެނެޑާއިން ފިލިޕީންސްއަށް އެތެރެކޮށްފައިހުރި ކުނިތަކެއް އަނބުރާ ފޮނުވާލައިފި
14 މާރިޗު 2019

ކެނެޑާއިން ވެސް ބޯއިންގ 737 މެކްސް8 ގެ ބޯޓްތައް މަނާކޮށްފި

14 މާރިޗު 2019
ކެނެޑާއިން ވެސް ބޯއިންގ 737 މެކްސް8 ގެ ބޯޓްތައް މަނާކޮށްފި
12 ޖެނުއަރީ 2019

ފިލައިގެން ދިޔަ ރަހަފްއަށް ކެނެޑާއިން ހިމާޔަތް ދީފި

12 ޖެނުއަރީ 2019
ފިލައިގެން ދިޔަ ރަހަފްއަށް ކެނެޑާއިން ހިމާޔަތް ދީފި
06 ޑިސެމްބަރު 2018

ކެނެޑާއިން ވާވޭ ޓެލެކޮމްގެ ސީއެފްއޯ ހައްޔަރުކޮށްފި

06 ޑިސެމްބަރު 2018
ކެނެޑާއިން ވާވޭ ޓެލެކޮމްގެ ސީއެފްއޯ ހައްޔަރުކޮށްފި
30 ޖޫން 2018

އެމެރިކާއެކު ގަދަ ހިފުމަކަށް ކެނެޑާއިން ދަނީ!

30 ޖޫން 2018
އެމެރިކާއެކު ގަދަ ހިފުމަކަށް ކެނެޑާއިން ދަނީ!
29 އެޕްރީލު 2018

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބަހްރެއިންއަށް ހަތިޔާރު ވިއްކުމަށް ހުއްދަދީފި

29 އެޕްރީލު 2018
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބަހްރެއިންއަށް ހަތިޔާރު ވިއްކުމަށް ހުއްދަދީފި
17 އެޕްރީލު 2018

ދޫމާގެ ކެމިކަލް ހަމަލާ: ތަހުގީގު ޓީމު ވަންނަން ހުއްދަދީފި

17 އެޕްރީލު 2018
ދޫމާގެ ކެމިކަލް ހަމަލާ: ތަހުގީގު ޓީމު ވަންނަން ހުއްދަދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް