Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުނިޔެ- ކެނެޑާގެ ކުނީގެ މައްސަލަ

ކެނެޑާއިން ފިލިޕީންސްއަށް އެތެރެކޮށްފައިހުރި ކުނިތަކެއް އަނބުރާ ފޮނުވާލައިފި

3 ޖޫން 2019 | ހޯމަ 05:42

ކުނިތައް ބޭރުކުރުމުގެ ފުރިހަމަ ޒިންމާ ކެނެޑާއިން ވަނީ ނަގާފަ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 3 ޖޫން 2019 | ހޯމަ 05:42
ކެނެޑާއިން އެތެރެ ކޮށްފައިހުރި ކުނި ކޮންޓެއިނަރުތަކެއް

ކެނެޑާއިން އެތެރެ ކޮށްފައިހުރި ކުނި ކޮންޓެއިނަރުތަކެއް

ކެނެޑާއިން ފިލިޕީންސްއަށް އެތެރެކޮށްފައިހުރި ގިނަ އަދަދެއްގެ ކުނި އަނބުރާ އެގައުމަށް ފޮނުވާލައިފިއެވެ.

އަލުން އިއާދަ ކުރުމަށް ކަމަށް ބުނެ ފިލިޕީންސްގެ މަނީލާއަށް 2014 ވަނަ އަހަރު ޕްލާސްޓިކުގެ ބާވަތްތަކެއް ވަނީ އެތެރެ ކޮށްފައެވެ. ނަމަވެސް މިހާތަނަށް، އެތަކެތި އަލުން ބޭނުންކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖެހިފައެއް ނުވެއެވެ. އަދި ފިލިޕީންސް އިން ބުނާ ގޮތުގައި އެއީ އޮޅުވާލައިގެން އެތެރެ ކޮށްފައިވާ ކުނީގެ ބާވަތްތަކެކެވެ.

އެތަކެތި ފިލިޕީންސްއިން ބޭރު ކުރުމާއި ނައްތާލުމުގެ ފުރިހަމަ ޒިންމާ ކެނެޑާއިން ނަގަން އެއްބަސްވެފައިވާއިރު، މަނީލާގެ ސިއުބިކް ބޭ އިން ކެނެޑާއަށް ދަތުރުކުރި ބޯޓުފަހަރުގައިވެސް 69 ކޮންޓެއިނަރުގެ ކުނި ހުރިކަމަށްވެއެވެ.

ފިލިޕިންސްގެ ފޮރިން މިނިސްޓަރުގެ ސެކްރެޓަރީ ޓެޑީ ލޮކްސިން ޖޭއާރް ވަނީ މިކަމާއި ގުޅޭގޮތުން ޓްވީޓެއްވެސް ކުރައްވާފައެވެ. ކުނިތައް މަތިން ވަރަށް ހަނދާން ވާނެ ކަމަށް ބުނެ އޭނާ ވަނީ ސަމާސާ ކުރައްވާފައެވެ.

ކުނީގެ ގޮތުގައި 1500 ޓަނުގެ ތަކެތި ހުރިއިރު، މިއަންނަ ޖޫން މަސް ނިމެންވާއިރަށް އެތަކެތި ކެނެޑާގެ ވެންކޫވާއަށް އެތެރެކޮށް ނިމޭނެ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފައިވެއެވެ. އަދި އެތަކެތިން ވަނީ އިއާދަ ކުރަނިވި ހަކަތަ އުފައްދަން ނިންމާފައެވެ.

ކެނެޑާގެ އެންވަޔަރަމަންޓް މިނިސްޓަރުގެ ސެކްރެޓަރީ ޝޯން ފްރޭޝަރ ބީބީސީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ފިލިޕިންސް އިން އެއީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ނިންމާފައިވުމުން، ގިނަ އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ މިމައްސަލައާއިމެދު އެގައުމުން އަވަސް ނިންމުމެއް ނިންމަން ވަނީ މަސައްކަތް ކޮށްފައެވެ.

ފިލިޕީންސްގެ އިތުރުން މެލޭޝިއާއިން ވެސް މިފަދަ މައްސަލައެއް ބޮޑުވެ، އެގައުމަށް އެހެން ގައުމުތަކުން އެތެރެ ކޮށްފައިވާ ގިނަ އަދަދެއްގެ ކުނި އަނބުރާ އެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

03 މެއި 2018

ވެރިކަމަށް އައިސް ޗައިނާގެ އިންވެސްޓަރުން އަނބުރާ ޤައުމަށް ފޮނުވާލާނަން: ޒިމްބާބްވޭގެ އިދިކޮޅު ލީޑަރު

03 މެއި 2018
ވެރިކަމަށް އައިސް ޗައިނާގެ އިންވެސްޓަރުން އަނބުރާ ޤައުމަށް ފޮނުވާލާނަން: ޒިމްބާބްވޭގެ އިދިކޮޅު ލީޑަރު
31 ޑިސެމްބަރު 2017

އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމައިފި

31 ޑިސެމްބަރު 2017
އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމައިފި
23 ޑިސެމްބަރު 2017

ފިލިޕީންސްއަށް އެރި މޫސުމީ ކޮޅިގަނޑު "ޓެމްބިން"ގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

23 ޑިސެމްބަރު 2017
ފިލިޕީންސްއަށް އެރި މޫސުމީ ކޮޅިގަނޑު "ޓެމްބިން"ގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
07 ޑިސެމްބަރު 2017

ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ

07 ޑިސެމްބަރު 2017
ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ
05 ޑިސެމްބަރު 2017

ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި

05 ޑިސެމްބަރު 2017
ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި
16 އޮކްޓޯބަރު 2017

ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި

16 އޮކްޓޯބަރު 2017
ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި
12 ސެޕްޓެމްބަރު 2017

ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން ޕްރެޝަރ ކޮށްދީ: ބަންގްލަދޭޝް ބޮޑުވަޒީރު

12 ސެޕްޓެމްބަރު 2017
ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދަން ޕްރެޝަރ ކޮށްދީ: ބަންގްލަދޭޝް ބޮޑުވަޒީރު
11 އޯގަސްޓު 2017

ފިލިޕީންސްއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

11 އޯގަސްޓު 2017
ފިލިޕީންސްއަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް