Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖިހާދީ ޖެކް

ޖިހާދީ ޖެކްގެ މައްސަލައިގައި ކެނެޑާއިން އިނގިރޭސިވިލާތަށް ފާޑުކިޔައިފި

އިނގިރޭސިވިލާތުން ވަނީ އޭނާގެ ރައްޔިތުކަން ނިގުޅައިގަނެފަ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2019 | ހޯމަ 17:07
ޖިހާދީ ޖެކްގެ ނަމުން މަޝްހޫރުވެފައިވާ ޖެކް ލެޓްސް

ޖިހާދީ ޖެކްގެ ނަމުން މަޝްހޫރުވެފައިވާ ޖެކް ލެޓްސް

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ ޖެކް ލެޓްސް (ޖިހާދީ ޖެކް) ގެ ރައްޔިތުކަން ނިގުޅައިގަންނަން އިނގިރޭސިވިލާތުން ނިންމުމުން ކެނެޑާގެ ފާޑުކިޔުން އިނގިރޭސިވިލާތަށް އަމާޒުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ނިންމުމަށް ފާޑުކިޔަމުން ކެނެޑާއިން ބުނީ މިއީ "އެހެން ބައެއްގެ ބޮލަށް ޒިންމާ ޖެހުމަށް ފަހު އެ ޒިންމާ އިން ރެކިގަންނަން" އިނގިރޭސިވިލާތުން ކުރިކަމެއް ކަމަށެވެ. ކެނެޑާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ރަލްފް ގުޑޭލް އާދިއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ ނިންމުމާއި މެދު ހިތާމަ ކުރައްވާ ކަމަށެވެ. ގުޑޭލް އިތުރަށް ވިދާޅުވީ، ޓެރަރިޒަމްގެ ސަރަހައްދީ އިމެއް ނޯންނަ ކަމަށާއި އެހެންކަމުން ހުރިހާ ގައުމަކުން ވެސް އެއް ގައުމު އަނެއް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މި ބަޔާނުގައި ގުޑޭލް ވަނީ ކެނެޑާގެ ބައެއް ރައްޔިތުން ވެސް ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ މައިދާނުން ހައްޔަރުކޮށް، އެގައުމުގެ ބައެއް ޖަލުތަކުގައި ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމީހުން އަނބުރާ ގައުމަށް ގެންނަން އެއްވެސް ގާނޫނަކުން ލާޒިމް ކޮށްފައި ނެތް ކަމަށާއި އެހެންކަމުން އެމީހުން ގެނައުމުގެ ނަމުގައި އެގައުމުގެ ކޮންސިއުލަރ މަސައްކަތްކުރާ އޮފިޝަލުން ނުރައްކާތެރި މައިދާނަކަށް ފޮނުވާނުލާނެކަމަށް ގުޑޭލްގެ ބަޔާނުގައިވެއެވެ.

ބައިނަލްއަގްވާމީ ގާނޫނޫ ބުނާގޮތުން ނަމަ އެއްވެސް ގައުމަކުން އެ ގައުމެއްގެ ރައްޔިތެއްގެ ރައްޔިތުކަން ނިގުޅައިގަނެވޭނީ އޭނާ ގައުމެއް ނެތި ނުހުންނާނެ ނަމައެވެ. އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ބުނީ ރައްޔިތުކަން ނިގުޅައިގަތީ ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވުމުގެ ގޮތުން ކަމަށެވެ.

ކެނެޑާ އާއި އިނގިރޭސިވިލާތާ ދެމެދު ހިޔާލު ތަފާތުވުން އުފެދިގެން އުޅެނީ، އެ ދެ ގައުމުގެ ވެރިން އަންނަ ހަފުތާ ބަނދުގައި އޮންނަ ޖީ-7 ސަމިޓުގައި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

"ޖިހާދީ ޖެކް" ގެ ނަމުން މަޝްހޫރުވެފައިވާ 23 އަހަރުގެ ޖެކް ލެޓްސް ހުރީ 2017 ވަނަ އަހަރުން ފެށީގެން ކުރުދީންގެ ލަޝްކަރެއް ކަމުގައިވާ، ވައިޕީޖީގެ ޖަލެއްގައި ބަންދުކޮށްފައެވެ. ޖެކް ލެޓްސް ގެ އަތުގައި ކެނެޑާގެ ރައްޔިތުކަން ވެސް އޮވެއެވެ. އޭނާއަށް ފަންޑު ކުރިކަމުގެ ދައުވާ އޭނާގެ މައިންބަފައިންގެ މައްޗަށް ސާބިތުވުމާއި ގުޅިގެން 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް އެ ހުކުމް ވަނީ އަހަރު ދުވަހަށް ސަސްޕެންޑްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރުކޮރެއާގެ މައްސަލައިގައި ރައީސް ޓްރަމްޕް ޗަައިނާގެ ރައީސް ޝީއަށް ތައުރީފް ކުރައްވައިފި

އުތުރުކޮރެއާގެ މައްސަލައިގައި ރައީސް ޓްރަމްޕް ޗަައިނާގެ ރައީސް ޝީއަށް ތައުރީފް ކުރައްވައިފި

28 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު