Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޯއިންގ 737 މެކްސް

ކެނެޑާއިން ވެސް ބޯއިންގ 737 މެކްސް8 ގެ ބޯޓްތައް މަނާކޮށްފި

14 މާރިޗު 2019 | ބުރާސްފަތި 02:56

ގިނަ ގައުމުތަކަކުން ވަނީ ބޯއިންގ 737 މެކްސް 8 ބޯޓްތައް ގްރައުންޑް ކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 މާރިޗު 2019 | ބުރާސްފަތި 02:56
ކެނެޑާގައި ބޯއިންގ 737 މެކްސްގެ 41 ބޯޓް ބޭނުންކުރޭ

ކެނެޑާގައި ބޯއިންގ 737 މެކްސްގެ 41 ބޯޓް ބޭނުންކުރޭ

ދުނިޔޭގައި ތިން ވަނަ އަށް ބޯއިންގ 737 މެކްސްގެ ފްލައިޓްތައް އެންމެ ގިނައިން ގެންގުޅޭ ކެނެޑާ އިން ވެސް އެ މަރުކާގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލައިފިއެވެ.

ބޯއިންގ 737 މެކްސްގެ ބޯޓްތައް ބޭނުންކުުރުން އެެއަރލައިންތަކުން ހުއްޓާލަމުންދަނީ މިދިޔަ އާދީއްތަ ދުވަހު އިތިއޯޕިއަން އެއަރލައިންގެ ފްލައިޓް ވެއްޓުނު ހާދިސާ އަށް ފަހުއެެވެ.

ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާދީއްތަ ދުވަހު ވެއްޓުނު އިތިއޯޕިއަން އެއަރލައިންގެ ފްލައިޓުން ދަތުރުކުރި 157 މީހުން ވަނީ މަރުވެފައެވެ.

މިއީ ބޯއިންގ 737 މެކްސް 8ގެ ބޯޓަކަށް ފަސް މަސްދުވަހުގެ ތެރޭ ދިމާވި މިފަދަ ދެވަނަ ހާދިސާއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެއްޓުނު ލަޔަން އެއަރގެ ބޯޓަކީ ވެސް މި މޮޑެލްގެ ބޯޓެކެވެ. ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު މި ބޯޓުން ދަތުރުކުރި 189 މީހުން ވަނީ މަރުވެފައެވެ.

ކެނެޑާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނީ ކެނެޑާގެ ތިން އެއަރލައިން އިން އޮޕަރޭޓްކުރާ މެކްސް 8ގެ 41 ބޯޓް އޮންނައިރު ކެނެޑާގެ ވައިގެ ސަރަހައްދުގައި އެ ބޯޓްތައް ބޭނުންކުރުން މަނާވާނެ ކަމަށެވެ.

ބޯއިންގ 737 މެކްސް 8ގެ ދަތުރުތައް ހުއްޓާލާ ގައުމުތަކުގެ ލިސްޓް ދިގުވެފައިވާއިރު އެމެރިކާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެފައި ވަނީ އެ ބޯޓްތަކަކީ ދުއްވަން ރައްކާތެރި ބޯޓްތަކެއް ކަމަށެވެ.

ކެނެޑާގެ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވެފައި ވަނީ ބޯޓް ވެއްޓުނު ހާދިސާއާ ގުޅޭ އިތުރު ހެކިތަކެއް ލިބިފައިވާ ކަމަށެވެ.

މާކް ގާނިއު ވިދާޅުވީ ކެނެޑާގައި އޮޕަރޭޓްކުރާ ބޯއިންގ 737 މެކްސް 8 ގެ ބޯޓްތަކާއި އިތިއޯޕިއަން އެއަރލައިނންގެ ވެއްޓުނު ބޯޓާއި ދާދި އެއް ޕެޓަރންތަކެއް ސެޓެލައިޓް ޑޭޓާތަކުން ދައްކާ ކަމަށެވެ.

"އމިއަދު ހެނދުނު އަޅުގަނޑުމެންނަށް ލިބުނު އާ ޑޭޓާތަކުގެ އަލީގައި އަޅުގަނޑުމެންްނަށްވަނީ އަޅާކިޔާނެ ފުރުސަތު ލިބިފައި، އަދި އަޅުގަނޑުގެ އެކްސްޕަރޓުނންގެ ލަފަޔާއެކު އަދި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އަޅުގަނޑު ސަލާމަތީ ނޯޓިސް ނެރުނީ،" އޭނާ ވިދާޅުވިއެވެ.
"މި ސަލާމަތީ ނޯޓިސްއާ އެކު ބޯއިންގ 737 މެކްސް 8 ނުވަތަ މެކްސް 9 ގެ އުޅަނަދު ބޭނުންކުރާ ކޮމާޝަލް ޕެސެންޖަރ ފްލައިޓަކުން އެއީ އެތެރޭގެ ވިޔަސް ބޭރުގެ ވިޔަސް، މި ގައުމުން ފުރުން ނޫނީ އައުން ނޫނީ ވައިގެ ސަރަހައްދުގައި އުދުހުން މަނާވާނެ"

ކެނެޑާއިން މިގޮތަށް އަަމަލުކުރަން ފަށާފައިވާއިރު އެ ގައުމުން ބުނެފައި ވަނީ އިތުރު އެންގުމެއް އަންގަންދެން މިހާލަތު ހިނގާނެ ކަމަށެވެ.

ބޯއިންގ 737 މެކްސް 8 ގެންގުޅޭ އެއަރލައިންތަކާއި އަދަދުތައް

* ސައުތުވެސްޓް އެއަރލައިން (އެމެރިކާ) 34 ބޯޓް

* އެއަރ ކެނެޑާ 24 ބޯޓް

* އެެމެރިކަން އެއަރލައިންސް 24 ބޯޓް

* ޗައިނާ ސަދަރން 24 ބޯޓް

*ނޯރވީޖިއަން އެއަރ 18 ބޯޓް

* އެއަރ ޗައިނާ 15 ބޯޓް

* ޓީޔޫއައި(ޔޫރަޕް) 15 ބޯޓް

* ސްޕައިސް ޖެޓް (އިންޑިއާ) 13 ބޯޓް

* ފްލައި ޑުބާއީ 11 ބޯޓް

* ހައިނާން އެއަރލައިން (ޗައިނާ) 11 ބޯޓް

* ޓަރކިޝް އެެއަރލައިން 11 ބޯޓް

* ލަޔަން އެއަރ(އިންޑޮނީޝިއާ) 10 ބޯޓް

* ޖީއޯއެލް ލިންހަސް އަރިއަސް(ބްރެޒިލް) 7 ބޯޓް

* ޝަންޑޮންގ އެއަރލައިން (ޗައިނާ)7 ބޯޓް

* ސްމާޓްވިންގް (ޗެކްރިޕަބްލިކް) 7 ބޯޓް

* އެއިރޯމެކްސިކޯ 6 ބޯޓް

* ސިލްކްއެއަރ (ސިންގަޕޫރު) 6 ބޯޓް

* ޖެޓް އެއަރވޭސް (އިންޑިއާ) 5 ބޯޓް

* އެއިރޯލައިނިއަސް އާޖެންޓިނަސް 5 ބޯޓް

* އައިސްލޭންޑްއެއަރ 5 ބޯޓް

* އެލްއޯޓީ އެއަރލައިންސް (ޕޮލޭންޑް)5 ބޯޓް

* އޮމާން އެއަރ 5 ބޯޓް

* ޝެންޒެން އެއަރލައިން (ޗައިނާ) 5 ބޯޓް

* އިތިއޯޕިއަން އެއަރލައިންސް 4 ބޯޓް

* ސަންވިންގް އެއަރލައިންސް (ކެެނެޑާ) 4 ބޯޓް

* އެއަރ އިޓަލީ 3 ބޯޓް

* ޗައިނާ އީސްޓަރން 3 ބޯޓް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 މެއި 2019

ބޯއިންގް 737 ގެ ބޯޓެއް ރަންވޭއިން ކައްސާލައިގެން ކޯރަކަށް ވެއްޓިއްޖެ

04 މެއި 2019
ބޯއިންގް 737 ގެ ބޯޓެއް ރަންވޭއިން ކައްސާލައިގެން ކޯރަކަށް ވެއްޓިއްޖެ
27 މާރިޗު 2019

ބޯއިންގ 737 މެކްސްގެ ބޯޓެއް އޯލާންޑޯގައި ޖައްސައިފި

27 މާރިޗު 2019
ބޯއިންގ 737 މެކްސްގެ ބޯޓެއް އޯލާންޑޯގައި ޖައްސައިފި
14 މާރިޗު 2019

ބޮއިންގ 737 މެކްސް 8 މަރުކާގެ ހުރިހާ ފްލައިޓެއް ގްރައުންޑްކޮށްފި

14 މާރިޗު 2019
ބޮއިންގ 737 މެކްސް 8 މަރުކާގެ ހުރިހާ ފްލައިޓެއް ގްރައުންޑްކޮށްފި
14 މާރިޗު 2019

އެމެރިކާއިންވެސް ބޯއިންގ 737 މެކްސްގެ ބޯޓްތައް ހުއްޓާލައިފި

14 މާރިޗު 2019
އެމެރިކާއިންވެސް ބޯއިންގ 737 މެކްސްގެ ބޯޓްތައް ހުއްޓާލައިފި
11 މާރިޗު 2019

ގިނަ އެއަރލައިންތަކަކުން ބޯއިންގ 737 މެކްސް8ގެ ބޯޓުތައް ގްރައުންޑް ކޮށްފި

11 މާރިޗު 2019
ގިނަ އެއަރލައިންތަކަކުން ބޯއިންގ 737 މެކްސް8ގެ ބޯޓުތައް ގްރައުންޑް ކޮށްފި
12 ޖެނުއަރީ 2019

ފިލައިގެން ދިޔަ ރަހަފްއަށް ކެނެޑާއިން ހިމާޔަތް ދީފި

12 ޖެނުއަރީ 2019
ފިލައިގެން ދިޔަ ރަހަފްއަށް ކެނެޑާއިން ހިމާޔަތް ދީފި
06 ޑިސެމްބަރު 2018

ކެނެޑާއިން ވާވޭ ޓެލެކޮމްގެ ސީއެފްއޯ ހައްޔަރުކޮށްފި

06 ޑިސެމްބަރު 2018
ކެނެޑާއިން ވާވޭ ޓެލެކޮމްގެ ސީއެފްއޯ ހައްޔަރުކޮށްފި
30 ޖޫން 2018

އެމެރިކާއެކު ގަދަ ހިފުމަކަށް ކެނެޑާއިން ދަނީ!

30 ޖޫން 2018
އެމެރިކާއެކު ގަދަ ހިފުމަކަށް ކެނެޑާއިން ދަނީ!
30 ޖޫން 2018

ޔަމަނުގެ ހުދެއިދާގެ ބަދަރަށް، އެހީ ފޯރުކޮށްދޭ ބޯޓްތައް

30 ޖޫން 2018
ޔަމަނުގެ ހުދެއިދާގެ ބަދަރަށް، އެހީ ފޯރުކޮށްދޭ ބޯޓްތައް
25 ޑިސެމްބަރު 2017

ގަތަރަށް އެފް15 ބޯޓް އުފައްދައިދޭން 6.2 ބިލިއަން ޑޮލަރަށް ބޯއިންގ ކުންފުންޏާ ހަވާލުކޮށްފި

25 ޑިސެމްބަރު 2017
ގަތަރަށް އެފް15 ބޯޓް އުފައްދައިދޭން 6.2 ބިލިއަން ޑޮލަރަށް ބޯއިންގ ކުންފުންޏާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް