Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމީޑިއާ ޑިފެންސް ފަންޑް

އިނގިރޭސިވިލާތް އަދި ކެނެޑާއިން މީޑިއާ ޑިފެންސް ފަންޑަށް 4 މިލިއަން ޑޮލަރު

11 ޖުލައި 2019 | ބުރާސްފަތި 04:11

މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ނޫސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ތަމްރީނުކޮށް އަދި ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެއް

މުހައްމަދު ލިސާން
މުހައްމަދު ލިސާން | 11 ޖުލައި 2019 | ބުރާސްފަތި 04:11
އިނގިރޭސިވިލާތުގެ ފޮރިން ސެކެރެޓަރީ ޖެރަމީ ހަންޓް (ކ) ވަކީލް އާމާލް ކުލޫނީ (ވ)

އިނގިރޭސިވިލާތުގެ ފޮރިން ސެކެރެޓަރީ ޖެރަމީ ހަންޓް (ކ) ވަކީލް އާމާލް ކުލޫނީ (ވ)

އިނގިރޭސިވިލާތް އަދި ކެނެޑާއިން މީޑިއާ ޑިފެންސް ފަންޑަށް 4 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

މި ފަންޑަކީ ޔުނެސްކޯގެ ފަރާތުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ނޫސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ތަމްރީނުކޮށް އަދި ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ.

އިނގިރޭސިވިލާތުގެ ފަރާތުން މި ފަންޑަށް ކުރިޔަށް އޮތް ފަސްއަހަރުތެރޭގައި 3.75 މިލިއަން ޑޮލަރު ދޭން ނިންމާފައިވާއިރު ކެނެޑާއިން ވަނީ 765000 އަށް ވުރެ ގިނަ ޑޮލަރު ދޭން ނިންމާފައެވެ.

މި ފަންޑު ދޭނެކަމަށް އިއުލާން ކޮށްފައިވަނީ އިނގިރޭސިވިލާތް އަދި ކެނެޑާގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ، ފުރަތަމަ ގްލޯބަލް މީޑިއާ ކޮންފަރެންސްގައި އިނގިރޭސިވިލާތުގެ ފޮރިން ސެކެރެޓަރީ ޖެރަމީ ހަންޓް ބުދަ ދުވަހު އެވެ.

ހަންޓް ވަނީ މީޑިޔާގެ މިނިވަންކަން ޕްރޮމޯޓް ކުރުމަށް ވެސް ފަންޑެއް އެކުލަވާލާނެކަށް އިއުލާން ކޮށްފައެވެ. އަދި މީޑިއާއަށް އެއްވެސް ކަހަލަ ހަމަލާއެއް އައިސްފިނަމަ އެކުގައި، އެއްވިސްނުމެއްގައި މަސްކަތްކުރާނެ ގްރޫޕެއް އުފައްދަވާނެކަމަށް ވެސް ވިދާޅުވިއެވެ. ހަންޓް އިތުރަށް ވިދާޅުވީ އެކުލަވާލާ ގްރޫޕް މަސައްކަތް ކުރާނީ ގައުމުތަކުގެ ފޮރިންމިނިސްޓަރުންނާއި އެންބަސަޑަރުންނާއެކު "ރެޕިޑް ރެސްޕޮންސް" ޓީމެއްގެ ގޮތުގައި ކަމަށެވެ.

ހަންޓް ވަނީ ސްޕެޝަލް އެންވޯއީ ފޯރ ޕްރެސްގެ މަގާމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ވަކީލް އާމާލް ކުލޫނީ އައްޔަނު ކުރައްވާފައެވެ. އަދި އެކަމަނާ ޕެނަލް އެއް އުފައްދަވާ ގައުމުތަކުގެ ސަރުކާރުތަކުން ހަދާ ގާނޫނު ތަކުގެ ސަބަބުން މީޑިއާގެ މިނިވަންކަމަށް ހުރި ހުރަސްތަކާބެހޭގޮތުން ލަފާދޭނެއެވެ.

ހަންޓް ވަނީ ކުރީގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން އާ ދެކޮޅަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ކުރިމަތި ލުމަށް ނިންމަވާފައެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
09 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

09 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް