Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުން

އެކި މަރުޙަލާތަކަށް ބަހާލައިގެން ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓް އާންމުކުރާގޮތަށް ބަދަލުކޮށްފި

8 ޑިސެމްބަރު 2020 | އަންގާރަ 08:45

މިބިލް ފާސްކޮށްފައިވަނީ 60 މެމްބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޑިސެމްބަރު 2020 | އަންގާރަ 08:45
މާލެސިޓީގެ މޫދުގައި ޕްލާސްޓިކް ކުނި ޖަމާވެފައި

މާލެސިޓީގެ މޫދުގައި ޕްލާސްޓިކް ކުނި ޖަމާވެފައި

އެކި މަރުޙަލާތަކަށް ބަހާލައިގެން ރާއްޖެއަށް އެތެރެކުރުން މަނާއެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓް އާންމުކުރާގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިސްލާހު ގެނެސްފިއެވެ.

ސަރުކާރުގެ ފަރާތުން، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހެޅުއްވި މިއިސްލާހުގެ ބިލް ދިރާސާކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ. މި ބިލް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާގުންވަނީ މި ބިލް ފާސްކޮށްފައެވެ.

Advertisement - newsAdvertisement

މިހާރު އަމަލުކުރަމުން އަންނަ އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނުގައި ބުނެފައިވަނީ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އިމްޕޯޓްކުރުމަކީ މަނާކަމެއްކަމަށެވެ.

އެހެންކަމުން މިބިލް ހުށަހަޅާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިތަކަށް އަސަރުކޮށްފައިވާއިރު 2021 ގައި ގިނަ އަދަދެއްގެ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް އެކީ އެއްފަހަރާ ރާއްޖެއަށް އެތެރެކުރުން މަނާކުރުމުގެ ބަދަލުގައި، އެކި މަރުޙަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް ދިވެހިރާއްޖެއަށް ގެނައުން މަނާކުރުމުގެ ފުރުޞަތު ދިނުމުގެ މަގުސަދުގައެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުގެ ބިލްގައި ބުނެފައިވަނީ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއްކަމަށެވެ. އަދި ރައީސް ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓް އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިޚުތިޔާރު ރައީސަށް ލިބިގެންވާކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިބިލް ޤާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ރައީސް ކަނޑައަޅާ ފުރަތަމަ ލިސްޓް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ކަނޑައަޅައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ކުނީގެ ދުވަހުންދުވަހަށް ބޮޑުވަމުން އަންނައިރު، 2023 ވަނަ އަހަރުގެ ކުރިން ރާއްޖެއިން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަނާކުރަން ސަރުކާރުންވަނީ ޕްލޭނެއް އެކުލަވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 މެއި 2017

ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ

31 މެއި 2017
ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ
15 އެޕްރީލު 2017

ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!

15 އެޕްރީލު 2017
ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!
06 އެޕްރީލު 2017

ރައުދާގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާތީ ތަހުގީގަށް ހުރަސް އެޅޭ: ފުލުހުން

06 އެޕްރީލު 2017
 ރައުދާގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާތީ ތަހުގީގަށް ހުރަސް އެޅޭ: ފުލުހުން
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް