Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ މޯބައިލް އެޕް

އާސަންދަ މޮބައިލް އެޕްލިކޭޝަންގެ އައިއޯއެސް ވަރޝަން ތަޢާރަފްކޮށްފި

8 ޑިސެމްބަރު 2020 | އަންގާރަ 08:16

މިއަދުން ފެށިގެން އެޕް ސްޓޯރުންވެސް މި އެޕް ޑައުންލޯޑް ކުރެވޭނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 8 ޑިސެމްބަރު 2020 | އަންގާރަ 08:16
އާސަންދަ މައި އޮފީސް

އާސަންދަ މައި އޮފީސް

އާސަންދައި މޮބައިލް އެޕްލިކޭޝަންގެ އައިއޯއެސް ވަރޝަން ތަޢާރަފްކޮށްފިއެވެ.

މިކަމާއި ގުޅިގެން އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ، 'އާސަންދަ' ނަމުގައި 27 ސެޕްޓެމްބަރުގަ ޕްލޭ ސްޓޯރުގަ އެންޑްރޮއިޑް ވަރޝަން ތައާރަފްކުރުމަށްފަހު މިއަދުން ފެށިގެން އެޕް ސްޓޯރުންވެސް މި އެޕް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އެޕް އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ޚިދުމަތް ހޯދާ ދިވެހި ރައްޔިތުންނަށެވެ.

Advertisement - newsAdvertisement

ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި އެޕްގައި ރަޖިސްޓަރވެވޭއިރު އެޕް ޑައުންލޯޑްކޮށް ރެޖިސްޓަރވުމުން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު ފެންނަން ހުންނާނެއެވެ.

ޑޮކްޓަރުން ލިޔެދެއްވާ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި، ނުހޯދާ ޚިދުމަތެއް ލިސްޓްކޮށްފަ ވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަޙުޤީޤުކުރާނެކަމަށްވެސް ބަޔާނުގައިވަނީ ބުނެފައެވެ.

އާސަންދައިން ބުނީ، އެޕް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށްކަމަށެވެ. މި އެޕްލިކޭޝަންގެ މަޤްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުވާނީ، އާސަންދަ ސްކީމްގެ ޚިދުމަތްދޭ ހުރިހާ ތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު ފެންނަން ހުރުމުންކަމަށާއި، އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އާސަންދަ އެޕުން ފެންނަން ނުހުންނާނެކަމަށެވެ.

ނަމަވެސް، އަވަސް މުސްތަޤުބަލެއްގައި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި "ވިނަވި" ޕޯޓަލް ބޭނުންކުރަން ފަށައި، އާސަންދަ ސްކީމްގެ ދަށުން ރައްޔިތުމީހާ ހޯދާ ހުރިހާ ޚިދުމަތެއްގެ ތަފްޞީލު، އަތުގައި އޮންނަ މޯބައިލް ފޯނުން ބަލައިލެވޭނެކަމަށް އާސަންދައިން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

25 މެއި 2017

އާސަންދައިގެ އެމްޑީ މައުމޫނު މަގާމުން ދުރުކުރިކަމުގެ އަޑުތައް ފެތުރިއްޖެ

25 މެއި 2017
އާސަންދައިގެ އެމްޑީ މައުމޫނު މަގާމުން ދުރުކުރިކަމުގެ އަޑުތައް ފެތުރިއްޖެ
12 މެއި 2017

އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި

12 މެއި 2017
އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި
11 މެއި 2017

އާސަންދަ ހިދުމަތް އަދިވެސް އޭޑީކޭއިން ނުލިބޭ!

11 މެއި 2017
އާސަންދަ ހިދުމަތް އަދިވެސް އޭޑީކޭއިން ނުލިބޭ!
09 މެއި 2017

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ
08 މެއި 2017

ޕްރައިވެޓް ތަންތަނަކަށް އަދިވެސް އާސަންދަ ނުލިބޭ:ޑރ. ޑީޑީ

08 މެއި 2017
ޕްރައިވެޓް ތަންތަނަކަށް އަދިވެސް އާސަންދަ ނުލިބޭ:ޑރ. ޑީޑީ
08 މެއި 2017

ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފި

08 މެއި 2017
ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފި
07 މެއި 2017

ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

07 މެއި 2017
ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި
07 މެއި 2017

ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން އާސަންދަ ކަނޑާލައިފި

07 މެއި 2017
 ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން އާސަންދަ ކަނޑާލައިފި
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް