Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދަ ކަނޑާލުން

ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން އާސަންދަ ކަނޑާލައިފި

އަމިއްލަ މަރުކަޒުތަކުން އެ ޚިދުމަތްތަކަށް ކުރަމުންދިޔަ ޚަރަދު އުނިކުރުމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 7 މެއި 2017 | އާދީއްތަ 00:57
އާސަންދަ ކުންފުނީގެ ވެރިންނާއެކު ހެލްތް މިނިސްޓަރު

އާސަންދަ ކުންފުނީގެ ވެރިންނާއެކު ހެލްތް މިނިސްޓަރު

ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ ހޮސްޕިޓާތަކާއި ސިއްޚީ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން ދިވެހި ރައްޔިތުންގެ އިޖުތިމާއީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދަ ކަނޑާލައިފި އެވެ.

އާސަންދަ ކުންފުނިން ނެރުނު ސާކިއުލާއެއްގައި ބުނީ އާސަންދަ ސްކީމް ހިންގުމުގެ އުސޫލްތައް މުރާޖައާ ކުރަމުންދާތީ، 2017 ވަނަ އަހަރުގެ އެއްބަސްވުން އެކުލަވާލެވެންދެން ނުވަތަ އެހެން ގޮތަކަށް ކުންފުނިން އަންގަންދެން، 2016 ވަނަ އަހަރު އެކުލަވާލެވިފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ.

އާސަންދަ އިން ބުނީ އެ އެންގުމުގައި ބަޔާންކުރެވުނު ފަދައިން، ސްކީމްގެ ދަށުން ދެވޭ ޚިދުމަތްތައް އިތުރަށް މުރާޖައާ ކުރުމާއި ގުޅޭ ގޮތުން، އާސަންދަ ސްކީމްގެ މެނޭޖްމެންޓް ބޯޑުން ނިންމާފައިވަނީ ދައުލަތުގެ ސިއްޚީ ޚިދުމަތްދޭ މަރުކަޒުތަކުގައި އިންޕޭޝަންޓް، އައުޓް ޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭޝަންސް އަދި ސްކޭން ކުރުމުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް އެއްވެސް އަގަކާއި ނުލާ ފޯރުކޮށްދެމުން ގެންދާތީ ސިއްޚީ ޚިދުމަތް ދޭ އަމިއްލަ މަރުކަޒުތަކުން އެ ޚިދުމަތްތަކަށް ކުރަމުންދިޔަ ޚަރަދު އުނިކުރުމަށް ކަމަށެވެ.

މީގެ އިތުރުން، އާސަންދަ ކުންފުނިން ބުނީ އާސަންދަ ހިންގުމާއި ގުޅޭ ނިންމުންތައް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ ގާނޫނުން ކަނޑައަޅާފައިވާ ސްކީމް މެނޭޖްމެންޓް ބޯޑްކަމުން، ބޯޑްގެ ނިންމުން ކަނޑައަޅާފައިވާ ތާރީޚަށް ތަންފީޒް ކުރުމުގެ ގޮތުން، 2016 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ޚިދުމަތް ދެމުން ގެންދިއުން އާދިއްތަ ދުވަހުން ފެށިގެން ހުއްޓާލަން އަންގާ ކަމަށެވެ.

ނަމަވެސް، އާދިއްތަ ދުވަހާ ހަމައަށް އެދުމަތިކޮށް ފަރުވާދެމުންދާ ފަރާތްތަކަށް، އެ ފަރާތްތަކަށް މިހާރު ދެމުންގެންދާ ފަރުވާ ނިމެންދެން ސްކީމުން ކުރިއެކޭ ވެސް އެއްގޮތަށް ޚިދުމަތް ދެވޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފައިވެ އެވެ. އަދި އެގޮތަށް އެދުމަތިކޮށްގެން ފަރާތްތަކުގެ ތަފްސީލު އާދިއްތަ ދުވަހުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެ ކުންފުންޏާއި ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ. އާސަންދަ ކުންފުނިން ބުނީ އެ ތާރީޚަށް ފަހު ސްކީމުގެ ދަށުން ފައިސާ ދެއްކޭނީ ހަމައެކަނި، އެ ކުންފުންޏާ ހިއްސާކުރާ ތަފްސީލުގައި ހިމެނޭ ފަރާތްތަކަށް ހިނގާ ޚަރަދުތަކަށް އެކަނި ކަމަށެވެ.

އާދިއްތަ ދުވަހުން ފެށިގެން އަމިއްލަ ހޮސްޕިޓަލްތައް ޑީއެމްޕެނަލްކޮށް ވެފައިވާ އެއްބަސްވުންތައް ބާތިލްކުރަން ނިންމާފައިވާ ކަމަށާއި، އަދި އާދިއްތަ ދުވަހާ ހަމައަށް، ސްކީމް މެދުވެރިކޮށް ދީފައިވާ ޚިދުމަތްތަކަށް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އިންވޮއިސް ފޮނުވަން އެދޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެ މުއްދަތުގައި މަގުބޫލު އުޒުރެއް ނެތި އިންވޮއިސް ހުށަނާޅާ ފަރާތްތަކަށް އިންވޮއިސް ހުށަހަޅަން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް އާސަންދަ ކުންފުނީގެ ސާކިއުލާގައި ބުނެފައިވެ އެވެ.

އާސަންދަ ސްކީމަކީ ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތައާރަފް ކުރެވުނު އިންޝުއަރެންސްގެ ސްކީމެކެވެ. ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ ތަންތަނުން ފިޔަވައި އެހެން ހުރިހާ ތަނަކުން އާސަންދަ ކަނޑާލަން ނިންމިއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވައުދުވެފައިވަނީ "ހުސްނުވާ އާސަންދަ" ސްކީމެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ހޯދުމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އަށް ގުޅުމުން ވިދާޅުވީ އެމަނިކުފާނު ހުންނެވީ "މީޓިންގ އެއްގައި" ކަމަށެވެ. އަދި މައުލޫމާތު ހޯދުމަށް ރަސްމީ ސިފައެއްގައި ހުށަހެޅުމަށް އެދިވަޑައިގެން މިނިސްޓަރު ފޯނު ކަނޑާލެއްވި އެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު