Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެނަލް 13ން ދޮގުމައުލޫމާތު ބްރޯޑްކާސްޓުކުރުމުގެ މަ

ޗެނަލް 13ން ދޮގު މައުލޫމާތު ބްރޯޑްކާސްޓްކުރި މައްސަލާގައި ކޮމިޓީން އަންގަންޖެހޭކަމެއް ނެތް

މިމައްސަލަ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޑިސެމްބަރު 2020 | ހޯމަ 13:09
ބްރޯޑްކޮމް އިން ޗެނަލް 13 އާ ބައްދަލުކުރަނީ

ބްރޯޑްކޮމް އިން ޗެނަލް 13 އާ ބައްދަލުކުރަނީ

ޗެނަލް 13ން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް ދޮގު މައުލޫމާތު ބްރޯޑްކާސްޓް ކުރި މައްސަލަ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ތަހުގީގުކުރުމަށްފަހު މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ފުލުހުން އަންގާފައިވާތީ މިކަމުގައި ކޮމިޓީން އަންގަންޖެހޭ އިތުރު ކަމެއް އޮތްކަމަށް ނުފެންކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މި މައްސަލައަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް ޗެނަލް 13ން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް ފަތުރައި ކޮންޓެންޓް ބްރޯޑްކާސްޓްކުރި މައްސަލަ ބެލުމަށް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުމާއި ގުޅިގެން ކޮމިޓީން ބަލާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

މި މައްސަލަ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްއެވެ. މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ހަށިކޮޅުގައި ރޯކޮށްލުމަށް މީހަކު ޗެނަލް 13 ގެ ލައިވް ޕްރޮގްރާމެއްގައި ބުނި ވާހަކައެއް ބްރޯޑްކާސްޓް ކުރި މައްސަލައެވެ.

ކޮމިޓީން މި މައްސަލަ ކުރިޔަށް ގެންދިޔުމުގައި މިމައްސަލަޔާއި ގުޅޭ އެއްވެސް ތަހުގީގެއް ފުލުހުން ކުރިޔަށް ގެންގޮސްފައިވޭތޯ އާއި އޭގެ ތަފްސީލުތައް ކޮމިޓީން ބަލާފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ފުލުހުން ކޮމިޓީއަށް ފޮނުވި މައުލޫމާތުތަކަށް ބެލުމަށްފަހު ކޮމިޓީން 5 ހޯދުމެއްވަނީ ހޯދާފައެވެ.

ކޮމިޓީން ހޯދާފައިވާ އެއް ކަމަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް ޗެނަލް 13ން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭފަދަ ދޮގު މައުލޫމާތު ފަތުރައި ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މި މައްސަލައަކީ ރަޖިސްޓްރީ ކޮށްފައިވާ މީޑިޔާއަކުން ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޚިލާފަށް އަދި ބްރޯޑްކާސްޓުކުރުމުގެ ކޯޑް އޮފް ކޮންޑަކްޓް އާ ޚިލާފަށް ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ މައްސަލައަކަށްވާތީ އެމައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސަމާލުކަމަށް ފުލުހުން މެދުވެރިގެން ގެނެސްފައިވާކަމަށެވެ.

މި މައްސަލައަކީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ފަރާތުން ތަހުގީގުކުރުމަށްފަހު އެމައްސަލައާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާ ފުލުހުން ކޮމިޝަނަށް އަންގާފައިވެއެވެ. އަދި ކޮމިޓީން މިމައްސަލަ ބަލައި ދިރާސާކުރުމުން އެމައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެމައްސަލައިގައި އެ ސަރވިސްއިން ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާފައިވާކަން އެނގެން އޮންނަކަމަށެވެ.

އެހެންކަމުން މިކަމުގައި ކޮމިޓީން އިތުރު ފިޔަވަޅެއް ނުވަތަ އެންގުމެއް އަންގަންޖެހޭ ތަނެއް އޮތްކަމަށް ނުފެންނަކަމަށް ކޮމިޓީންވަނީ ނިންމާފައެވެ. މި ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓުންނެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު