Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުން

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަނީ!

6 ޑިސެމްބަރު 2020 | އާދީއްތަ 12:28

ޑިސެމްބަރ މަހުގެ ފުރަތަމަ 5 ދުވަހު އެކަނިވެސް 9,705 ފަތުރުވެރިން ވަނީ އައިސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 ޑިސެމްބަރު 2020 | އާދީއްތަ 12:28
ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ ގިނަ މަޝްވަރާތަކަކަށްފަހު

ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ ގިނަ މަޝްވަރާތަކަކަށްފަހު

ކޮވިޑް-19އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ހުއްޓުމެއް އައި ނަމަވެސް އަލުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވާން ފަށައިފި އެވެ.

ބޯޑަރު ހުޅުވާލި ފުރަތަމަ 15 ދުވަހު ރާއްޖެއަށް 1,701 ފަތުރުވެރިން އައިސްފައިވާއިރު، އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 7,628 އަށް އިތުރުވެފަ އެވެ. އަދި ސެޕްޓެމްބަރ މަހު އެ އަދަދު 9,538 އިތުރުވެފައިވާ އިރު، އޮކްޓޫބަރ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 21,515 ފަތުރުވެރިންނަށް އިތުރުވެފައެވެ. އަދި ނިމިދިޔަ ނޮވެމްބަރ މަހު 35,759 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ޑިސެމްބަރ މަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ފެށިފައިވާއިރު، ފުރަތަމަ ފަސް ދުވަހު އެކަނިވެސް ރާއްޖެ އަށް 9,705 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އެގޮތުން ޑިސެމްބަރ އެއް ވަނަ ދުވަހު 2,031 ފަތުރުވެރިން އައިސްފައިވާ އިރު، ދެ ވަނަ ދުވަހު އައިސްފައި ވަނީ 1,455 ފަތުރުވެރިންނެވެ. އަދި ތިން ވަނަ ދުވަހު 1,613 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާއިރު، ޑިސެމްބަރ ހަތަރު ވަނަ ދުވަހު ރާއްޖެ އައިސްފައި ވަނީ 1,682 ފަތުރުވެރިންނެވެ.

ޑިސެމްބަރ ފަސް ވަނަ ދުވަހު ރާއްޖެ އަށް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ އައިސްފައިވާ އިރު، ފަސް ވަނަ ދުވަހު 2,924 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ އިރު، މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިއާއިންނެވެ. އެގޮތުން އެގައުމުން 18,937 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަނެފައިވާ އިރު، ފަތުރުވެރިންނަށް ހިދުމަތްދޭ 395 ފެސިލިޓީއެއް ވަނީ މިހާރު އޮޕަރޭޓްކުރަން ފަށާފައެވެ. އެއީ 135 ރިސޯޓާއި، ފަސް ހޮޓަލްގެ އިތުރުން، 123 ސަފާރީ އަކާއި 132 ގެސްޓްހައުސް އެވެ.

ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ ގިނަ މަޝްވަރާތަކަކަށްފަހު ސަލާމަތީ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެހެން ނަމަވެސް މިހާލަތުގައިވެސް ފަތުރުވެރިންގެ މެދުގައި ރާއްޖެ އަށް އޮތް ޑިމާންޑް އިތުރުވުމާއި ގުޅިގެން ގިނަ އެއަރލައިން ތަކަކުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފައެވެ. އެގޮތުން މިހާރު 19 އެއަރލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ތެރޭގައި އިތުރު ހަތް އެއަރލައިނަކުން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ބަލިމަޑުކަމުގެ ތޭރަގައިވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ފެތުރުވެރިންގެ މެދުގައި ރާއްޖެއާއި މެދު އޮތް އިތުބާރު ވަނީ ހިފެހެއްޓިފައެވެ. އަދި މިސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަށް ވަނީ ފަތުރުވެރިކަމުން ލިބޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން 2020 ލިބިފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް