Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާގެ ވަޒީރެއްގެ ކޮރަޕްޝަން މައްސަލަ

ކޮވިޑް އެހީ ފޯރުކޮށްދޭން ރިޝްވަތު ނެންގެވި އިންޑޮނޭޝިއާގެ މިނިސްޓަރަކު ހައްޔަރުކޮށްފި

6 ޑިސެމްބަރު 2020 | އާދީއްތަ 07:53

އޭނާ ރިޝްވަތު ނެންގެވީ ކޮވިޑް އެހީ ފޯރުކޮށްދޭން ހަވާލުކުރެވުނު ދެ ކުންފުންޏަކުން

އަމަން ހަލީމް
އަމަން ހަލީމް | 6 ޑިސެމްބަރު 2020 | އާދީއްތަ 07:53
އިންޑޮނޭޝިއާގެ ސޯޝަލް އެފެއަރޒް މިނިސްޓަރު ޖުލިއަރީ ބަޓުބަރާ

އިންޑޮނޭޝިއާގެ ސޯޝަލް އެފެއަރޒް މިނިސްޓަރު ޖުލިއަރީ ބަޓުބަރާ

ކޮވިޑް-19 އާލަމީވަބާގެ ސަބަބުން އިންޑޮނޭޝިއާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދޭން ހަވާލުކުރި ދެ ކޮންޓްރެކްޓަރެއްގެ އަތުން ރިޝްވަތު ނެންގެވި މައްސަލައެއްގައި އެ ގައުމުގެ ސޯޝަލް އެފެއަރޒް މިނިސްޓަރު، ޖުލިއާރީ ބަޓުބަރާ ހައްޔަރުކޮށްފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޑޮނޭޝިއާގެ އެންޓި ކޮރަޕްޝަން އޮފިޝަލުންވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ޖަކާޓާގައި ހުންނަ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަނުގެ ހެޑްކުއާޓަރަށް ހާޒިރުކޮށް، ސުވާލުކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އެ ކޮމިޝަނުގެ ފަރާތުން ހިންގި ހާއްސަ އޮޕަރޭޝަނަކަށް ފަހުއެވެ. އެ އޮޕަރޭޝަންގައި ބަޓުބަރާގެ ދަށުން މަސައްކަތްކުރާ މިނިސްޓްރީގެ ދެ އޮފިޝަލަކާއި، ޕްރައިވެޓް ކޮންޓްރެކްޓަރުންތަކެއް ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ ގެތަކުން އެތައް މިލިއަން ޑޮލަރެއްގެ ނަގުދު ފައިސާ ހޯދާފައިވެއެވެ.

ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި، މި ފައިސާއަކީ ބަޓުބަރާއަށް ލިބެންހުރި ފައިސާއެވެ. އެ ކޮމިޝަނުން މިހެން ތުހުމަތުކުރާ ސަބަބު ބަޔާންކޮށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، އެ ދެ ކުންފުންޏާ މަސައްކަތް ހަވާލުކުރަން ނިންމީ ސީދާ ބަޓުބަރާގެ ބެލުމުގެ ދަށުންކަމަށް ވާތީއެވެ.

މި ދެ ކުންފުންޏަކީ ކޮވިޑާ ގުޅިގެން އިންޑޯނޭޝިއާގައި ހާލުގައި ޖެހުނު 10 މިލިއަން އާއިލާއަށް އެހީތެރިވުމަށް، ފައިސާ އާއި އަސާސީ ބޭނުންތައް ފުއްދަން ބޭނުންވާ ސާމާނު ފޯރުކޮށްދޭން ހަވާލުކުރެވުނު ދެ ކުންފުންޏެވެ. މި ކޮންޓްރެކްޓްތައް އެވޯޑް ކުރުމުން ބަޓުބަރާއަށް ރިޝްވަތުގެ ގޮތުގައި، 1.2 މިލިއަން ޑޮލަރު ލިބިފައިވާކަމަށް އެންޓި ކޮރަޕްޝަން އޮފިޝަލުން ތުހުމަތުކުރެއެވެ.

މި މައްސަލައާ ގުޅޭ މައުލޫމާތު ދެއްވަމުން ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަނުގެ ޗެއަރމަން ފިރްލީ ބަހުރީ ވިދާޅުވީ، މި މައްސަލަތައް ބަޓުބަރާގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާއަށް ގާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެކަމަށެވެ. ސަބަބަކީ ބަލިމަޑުކަމެއްގެ ތެރޭގައި ނާޖައިޒު ފައިދާތަކެއް ނަގަން އުޅުމެވެ.

ބަޓުބަރާއަކީ އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކުރެވުނު ދެވަނަ ވަޒީރެވެ. މީގެ ކުރިން ރިޝްވަތު ނެގުމުގެ މައްސަލައެއްގައި ހައްޔަރުކުރެވުނީ ފިޝަރީޒް މިނިސްޓަރު އެދީ ޕްރަބޯވޯއެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ

29 މެއި 2017
ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
24 މެއި 2017

އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

24 މެއި 2017
އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި
23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް