Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައު ތެލެސީމިއާ ސެންޓަރ

އައު ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ކުރިއަށްއޮތް 10 ދުވަހުގެ ތެރޭގައި ފަށަނީ

5 ޑިސެމްބަރު 2020 | ހޮނިހިރު 07:00

ތެލެސީމިއާ ސެންޓަރު މިހާރު ހިންގަމުންދާ އިމާރާތުގައި ޖާގައިގެ ދަތިކަމާއި ވަސީލަތްތައް މަދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ޑިސެމްބަރު 2020 | ހޮނިހިރު 07:00
ހުޅުމާލޭގައި އިމާރާތްކުރާ އައު ތެލެސީމިއާ ސެންޓަރު ހުންނަ ސަރަހައްދަށް ނައިބު ރައީސް ވަޑައިގެން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްލައްވަނީ

ހުޅުމާލޭގައި އިމާރާތްކުރާ އައު ތެލެސީމިއާ ސެންޓަރު ހުންނަ ސަރަހައްދަށް ނައިބު ރައީސް ވަޑައިގެން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްލައްވަނީ

ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށްޓަކައި އަލަށް ތަރައްގީކުރާ މަރުކަޒުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހުޅުމާލޭގައި ތަރައްގީކުރާ އާ ތެލެސީމިއާ ސެންޓަރު އިމާރާތް ކުރުމަށްވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް ހުކުރު ދުވަހު ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެމަސައްކަތް ކުރިއަށްދާ ސަރަހައްދަށް ޒިޔާރާތް ކުރައްވާ ބައްލަވާ ލައްވާފަ އެވެ.

Advertisement - newsAdvertisement

މި ޒިޔާރަތުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި، އެ ބޭފުޅުން ވަނީ ހުޅުމާލޭގައި ހިންގާ ބައެއް މަޝްރޫޢުތައް ކުރިއަށްދާ ގޮތުގައި މަޢުލޫމާތު ނައިބު ރައީސާ ޙިއްޞާ ކުރައްވާފައެވެ.

ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަނަކީ މާލޭ ސިއްހީ މަރުކަޒު ކުރިން ހިންގި، އިމާރާތުގެ ބައެއްގަ އެވެ. އެތަނުގައި 1994 ވަނަ އަހަރުން ފެށިގެން ތެލެސީމިއާ ސެންޓަރު ހިންގަމުންދާއިރު، އެތަނުގެ ޖާގައިގެ ދަތިކަމާއި، ވަސީލަތާއި ހިދުމަތުގެ ފެންވަރާމެދު ފަރުވާ ހޯދާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރުގެ ސަމާލުކަމަށް ގެންނަމުން ދެއެވެ. އެގޮތުން ތެލެސީމިއާ ކުދިންގެ ބެލެނެވެރިން ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް ދާދިފަހުން ހެލްތް މިނިސްޓަރު ކަމަަށް އައްޔަން ކުރެއްވި އަހުމަދު ނަސީމްއާ ވެސް ހިއްސާ ކުރައްވާފަ އެވެ.

ހެލްތް މިނިސްޓަރ ނަސީމް ވަނީ ތެލްސީމިއާ ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކޮށް، ފަރުވާދޭ ސެންޓަރަކީ ކުދިންނާއި ގާތް ރައްޓެހި ތަނެއްގެ އިޙުސާސްކުރެވޭ ފަދަ ތަނަކަށް ހަދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް