Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ލ އަށް ޒިޔާރަތް ކުރެއްވުން

ރައީސް ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި

ކައްދޫ އަށާއި ގަމަށް ޒިޔާރަތް ކުރެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 4 ޑިސެމްބަރު 2020 | ހުކުރު 18:09
ރައީސް ލ އަޮތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ލ އަޮތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލ. އަތޮޅުގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ހުކުުރު ދުވަހުގެރޭ މާލެ ވަޑައިގަންނަވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާފައި ވަނީ ކައްދޫ އާއި ގަމަށެވެ.

Advertisement - newsAdvertisement

ރައީސް ކައްދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތްކުރައްވާ، ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑިމޮންސްޓްރޭޝަން އެއް ބައްލަވައިލެއްވިއެވެ.

ބުރާސްފަތި ދުވަހު ކައްދޫގައި ބޭއްވި މި ޑެމޮންސްޓްރޭޝަން އަކީ ނޮވެންބަރު މަހުގެ 16 އިން ފެށިގެން ޑިސެންބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށް ގެންދިޔަ ޑެމޮންސްޓްރޭޝަންއެކެވެ.

ރައީސް ލ އަށް ކުރެއްވި ދަތުރުފުޅުގައި ދެވަނައަށް ވަޑައިގެންނެވީ ގަމަށެވެ. އެ ރަށަށް ވަޑައިގަންނަވާ އެ މަނިކުފާނު ވަނީ ސަރުކާރުން ކުރިއަށްގެންދިޔަ ތިން މަޝްރޫއެއްގެ ނިމުން ފާހަގަކުރައްވައި، އެ ތިން ތަނުގެ ހިދުމަތް ރަސްމީގޮތުން އިފްތިތާހް ކޮށްދެއްވާފައެވެ.

އެއީ، ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތާއި، ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅައިލުމާއި، އަދި ގަމުގައި އަލަށް ޢިމާރާތްކޮށްފައިވާ ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑެވެ.

އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބައެއް ކަންތައްތައް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އޭގެ ތެރޭގައި ލ. ގަމު މުކުރިމަގު ބަނދަރުގެ މަސައްކަތާއި، ތުނޑި އަވަށުގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ބަޖެޓް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ގަމުގެ މަގު ހެދުމުގެ މަޝްރޫއުގެ ޑިޒައިނަށް ބޭނުންވާ ސާވޭގެ މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގައި ބޯފެނުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު އޮތީ އެކަމަށް ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކުން ބީލަން ހުޅުވައިލުމުގެ މަރުހަލާގައި ކަމަށެވެ.

ލ. އަތޮޅުގެ ރަށްތަކުގެ ތެރެއިން، ފެނާއި ނަރުދަމާ ނިޒާމު މިހާތަނަށް ގާއިމުނުކުރެވި ހުރި ހުރިހާ ރަށެއްގައިވެސް، އެ ހިދުމަތް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު