Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިފަރުގެ ފެނާއި ނަރުދަމާގެ މައްސަލަ

ނައިފަރުގެ ފެނާއި ނަރުދަމާ މަސައްކަތް ލަސްވާތީ ހުށަހެޅި ގަރާރު ދިރާސާކުރުމަށް ކޮމިޓީއަށް

މިގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2020 | އަންގާރަ 16:53
ނައިފަރުގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރިއަށް ދާ ސައިޓު

ނައިފަރުގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރިއަށް ދާ ސައިޓު

ޅ ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް ކުއްލި ގޮތަކަށް މި ސަރުކާރުން މިޕްރޮޖެކްޓް ހިންގުމަށް ހަވާލުކުރެވިފައިވާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެ މި މަޝްރޫޢު ނުނިމި ލަސްވަމުންދާތީ ހުށަހެޅި ގަރާރު ދިރާސާކުރުމަށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވައިފި އެވެ.

މިގަރާރު ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ވޯޓުން ވަނީ ގަރާރު ބަލައިގަތުމަށް ފެންނަކަމަށް ފާސްކޮށްފައެވެ. މިގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމެވެ.

Advertisement - newsAdvertisement

ޤަރާރު ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ މި މަޝްރޫޢު ނުނިމި ލަސްވެ ނައިފަރުގެ މަގުހެދުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދެވެން ނެތުމާއެކު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދީ މިމަސައްކަތް ވީހާވެސް އަވަހަކަށް ނިންމޭނެ ގޮތެއް ހައްދަވައި ދެއްވުން އެދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ މި ޤަރާރު ހުށަހަޅުއްވާކަމަށެވެ.

ޝިޔާމް ވިދާޅުވީ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވަނިކޮށް ކުއްލި ގޮތަކަށް އެމަސައްކަތްކުރާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ސަރުކާރުން އުވާލުމާއި ގުޅިގެން މަޝްރޫޢުގެ މަސައްކަތް ހުއްޓި ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެތައް ދުވަހެއް ދިގުލައިގެން ގޮސް ރައްތިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

މި އެއްބަސްވުން އުވާލުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ވާހަކަދައްކައިގެން މިކަން ހައްލުކުރުމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެލްއީ ޓްރިވެނީ ޖޭވީ ކުރި މަސައްކަތުންވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ މިކަމާއި ގުޅިގެން ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ސިޓީއެއް ފޮނުވުމުންވެސް ކުރިއެރުމެއް ނުލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އޭރުގެ ޕްލޭނިންގ މިނިސްޓަރ އަދި މިހާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމަށްވެސް ސިޓީއަކުން ދެންނެވުމުންނާއި މަޖިލީހުގައި ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި އެމްޑަބްލިޔުއެސްސީ އާ ހަވާލުކުރައްވައިގެން މިމަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަން ނަމަވެސް މި މަސައްކަތް ނުފެށި މިހާރު 5 މަސްދުވަސް ވެގެންގޮސްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ހުއްޓިފައިވުމުގެ ސަބަބުން ނައިފަރުގެ މަގުތައް ހަލާކުވެ ހިނގާބިގާވެ އުޅުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު މަގުތައް ހެދޭނެ ގޮތެއްވެސް ނެތި ވިއްސާރަވުމުން މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ.

އެހެންކަމުން މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރުމަށްޓަކައި މިގަރާރު ހުށަހަޅުއްވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޅ. ނައިފަރުގައި ގާއިމްކުރަމުންދާ ފެނާ ނަރުދަމާގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ވަނީ މިގަރާރު ހުށަހެޅުއްވިފަހުން ހަވާލުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު