Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އިސްލާހު ގެނައުމަށް

އާއިލާގާތު ކުޑަކުދިން ބަންދުގައި ބެހެއްޓޭނެ ގޮތަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް ކޮމިޓީއަށް

މިބިލް ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ ވޯޓުން ވަނީ ބިލް ބަލައިގަތުމަށް ފާސްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޑިސެމްބަރު 2020 | އަންގާރަ 14:12
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

މިދިޔަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު އަމަލުކުރަންފެށި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ކޮވިޑްގެ ހާލަތާއި ގުޅިގެން ޤާނޫނުގައި ބުނެފައިވާ ގޮތަށް ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ދިރާސާކުރުމަށް ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި އިސްލާހު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވަން ނިންމީ މި ބިލު ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މި ބިލް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދެވެ. ބިލް ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ ކުޑަކުދިންގެ އަދަލުގެ ޤާނޫނަކީ ރުޖޫއީ އިންސާފުގެ އަސާސްތަކާއި އެއްގޮތަށް ކުޑަކުދިންގެ މަސްލަހަތު އެންމެ އިސްކޮށްގެން ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢުއަށް ރުޖޫޢަ ކޮށްދިނުމަށްޓަކައި އެމަގްސަދުގައި ހަދާފައިވާ ޤާނޫނެއް ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ޤާނޫނުގައި ތަސައްވުރުކުރި ވަރަށް ގިނަ ކަންކަން ވަނީ ބަދަލުވެފައި ކަމަށް ޖީހާން ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނުގައި ސަރަހައްދީ ކުޑަކުދިންގެ ޚާއްސަ ކޯޓުތަކެއް ގާއިމުކުރަންޖެހޭއިރު މިހާރުގެ މިހާލަތުގައި މާލީ ކަންކަން ހުރިގޮތުން އަދި ދަތުރުފަތުރުގެ ކަންކަން ހުރިގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކާއި އެއްގޮތަށް މުއްދަތުތައް ފަހަނައަޅާ ނުދާނެހެން މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ. އެހެންކަމުން ސަރަހައްދީ ޚާއްސަ ކޯޓުތައް ގާއިމުކުރުމުގައި ހުރި ދަތިތަކެއް ޤާނޫނީ ގޮތުން ހައްލެއް ހޯދައިދިނުމަކީ ކޮންމެހެންވެސް މަޖިލީހުން ކުރަންޖެހޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ މިޤާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޖުވެނިއަލް ކޯޓަކީ ހަމައެކަނި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ބެލުމުގެ އިހުތިޞާސް ނުވަތަ ބާރު ލިބިގެންވާ ހަމައެކަނި ކޯޓު ކަމަށް ކަނޑައަޅާ ސަރަހައްދީ ކޯޓުތަކެއް ގާއިމުކުރެވި އެ ކޯޓުތަކުގެ ޒަރީއާއިން ވީޑިއޯ އޯޑިއޯގެ ވަސީލަތްތައް މެދުވެރިކޮށްގެން ކުޑަކުދިންގެ ޝަރީޢަތްތައް ކުރިޔަށް ގެންދިޔުން ހިމެނޭ ކަމަށެވެ.

މި އިސްލާހުތައް ޤާނޫނަށް ގެނައުމަށް 21 އިސްލާހެއް ޖީހާން ހުށަހަޅުއްވާފައިވާ ބިލްގައިވެއެވެ. ކުޑަކުދިންގެ ޖިނާއީ އަދުލުގެ ނިޒާމް އިސްްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން ކުރެވެމުންދާ މުހިއްމު މަސައްކަތެކެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު