Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު

އިންސާނީ ވަގުފާރީގެ ކުށްތައް މާނަކުރުން ފުޅާވާގޮތަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް

1 ޑިސެމްބަރު 2020 | އަންގާރަ 10:50

ބިލް ބަލައިގަތުމަށް 59 މެމްބަރުން ވަނީ ވޯޓު ދެއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޑިސެމްބަރު 2020 | އަންގާރަ 10:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

މިހާރު އަމަލުކުރަމުން އަންނަ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މީހުން ޓްރެފިކްކުރުމުގެ ކުށާއި ކުޑަކުދިން ޓްރެފިކްކުރުމުގެ ކުށާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު ހިންގުމުގެ މާނަ އެއަށްވުރެ ފުޅާވާ ގޮތަށް އެ ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދެވެ. މި ބިލު ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުން ވަނީ ބިލް ބަލައިގަތުމަށް ފާސްވެފައެވެ. ބިލް ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ މި ބިލް ހުށަހަޅުއްވާ މައިގަނޑު ތިން މަގްސަދެއްވާ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން އެއް މަގްސަދަކީ ޓްރެފިކްކުރުމުގެ ކުށާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު ހިންގުމުގެ މާނަ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމުގައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމް" ގެ ޕްރޮޓޮކޯލްއެއް ކަމުގައިވާ "ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕަރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން" އާ އެއްގޮތް ކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުން ކަމަށެވެ. އަދި އެ އިސްލާހުތަކާއި ގުޅިގެން އެ ޤާނޫނުގެ އެހެން މާއްދާތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ މިހާރު ޓްރެފިކްކުރުން މާނަކޮށްފައި އޮތްގޮތުން ޓްރެފިކްކުރުމުގެ އަމަލުގެ ތެރޭގައި ރެކްރޫޓްކުރުމާއި ގެންގުޅުމާއި ރިސީވްކުރުން ނުހިމެނޭ ކަމަށެވެ. އެގޮތުން ހިމެނިފައި ނުވުމުގެ ސަބަބުން މިކުށްކުށަކީ ޤާނޫނީ ކުށަކަށް ނުހެދޭ ކަމަށާއި އެހެންކަމުން މި އަމަލުތައް ހިންގާ މީހުން ޤާނޫނީ ގޮތުން ޒިންމާދާރު ނުކުރެވޭކަމަށް ޖީހާން ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ބިލް ހުށަހަޅާފައިވަނީ އެ ހުރިހާ ކަމެއްވެސް ހިމެނޭގޮތަށް ކަމަށް ޖީހާން ވިދާޅުވިއެވެ. މީގެ އިތުރުން މި ބިލް ސަރުކާރުން ހުށަހަޅާ ދެ ވަނަ މަގްސަދަކީ ޓްރެފިކްކުރުމުގެ އަމަލެއް ހިންގުމަށް ބޭނުންކުރާ މުދަލާއި ފައިސާ އާއި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ބާރު މިޤާނޫނަށް ގެންނަ އިސްލާހުން ލިބިދިނުން ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

މި ޤާނޫނަށް ސަރުކާރުން ހުށަހަޅާ ތިން ވަނަ ސަބަބަކީ ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓަށް ނަގައިދެވޭ ގެއްލުމުގެ ބާވަތްތައް ކަނޑައެޅުން ކަމަށް ޖީހާން ވިދާޅުވިއެވެ. ސަރުކާރުގެ ފަރާތުން މި ޤާނޫނަށް 12 އިސްލާހެއް ވަނީ ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2017

ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

26 ޖޫން 2017
ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ
28 މެއި 2017

އިންސާނީ ހައްގުތަކުގެ ދިފާއުގައި އެންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެކަން ސީޒަން ދައްކައިފި

28 މެއި 2017
އިންސާނީ ހައްގުތަކުގެ ދިފާއުގައި އެންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެކަން ސީޒަން ދައްކައިފި
14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
03 މެއި 2017

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

03 މެއި 2017
ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި
02 މެއި 2017

އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

02 މެއި 2017
އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ
08 އެޕްރީލު 2017

ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި

08 އެޕްރީލު 2017
ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް