Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންސާނީ ހައްގުތައް

އިންސާނީ ހައްގުތަކުގެ ދިފާއުގައި އެންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެކަން ސީޒަން ދައްކައިފި

28 މެއި 2017 | އާދީއްތަ 13:07

ދެހިވަލައިން ގޯލް ފޭސް އަށް 10 ކިލޯމީޓަރު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 28 މެއި 2017 | އާދީއްތަ 13:07
ސީޒަން 10 ކިލޯމީޓަރުގެ ހިނގުމުގައި، ހިނގުން ނިންމާލީ ދެ ގަޑިއިރުން

ސީޒަން 10 ކިލޯމީޓަރުގެ ހިނގުމުގައި، ހިނގުން ނިންމާލީ ދެ ގަޑިއިރުން

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ފިލްމީ ތަރި އަލީ ސީޒަން ލަންކާގައި 10 ކިލޯމީޓަރަށް ހިނގައިފި އެވެ.

ސީޒަންގެ ހިނގުން ފަށާފައިވަނީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ދެހިވަލައިގެ މެރިން ރޯޑްއާ ހަމައިންނެވެ. ސީޒަންގެ ހިނގުން ނިންމާލާފައިވަނީ ގޯލް ފޭސް ސަރަހައްދުންނެވެ. ދެހިވަލަ މެރިން ރޯޑުން ގޯލް ފޭސްއާ ހަމައަށް ގާތްގަނޑަކަށް 10 ކިލޯމީޓަރު ހުންނައިރު، ސީޒަން ހިނގުން ނިންމާލީ ދެ ގަޑިއިރުންނެވެ.

ސީޒަން ބުނިގޮތުގައި އެ ހިނގުމުގެ ބޭނުމަކީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު މިހާރު އޮތް ގޮތް ހާމަކޮށް އެކަމާ މެދު ކަންބޮޑުވާކަން ފާޅުކުރުން ކަމަށެވެ. ސީޒަން ބުނި ގޮތުގައި ގައުމުގައި ހުރި ނޭދެވޭ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރުމަކީ ކޮންމެ ރައްޔިތަކަށްވެސް ކުރެވޭނެ ކަމެއް ކަމަށާއި އެއީ ކޮންމެހެން މާ ބައިވަރު މީހުންނާއި ފައިސާ ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ސީޒަން ބުނީ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑތ. އަފްރާޝީމް އަލީގެ މަރުން ފެށިގެން ގޮސް، މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ހަމައަށް ބަލާއިރު ވެސް އިންސާފު ނުލިބޭ އެތައް އާއިލާތަކެއް އެބަތިބި ކަމަށެވެ. އަދި ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ އިތުރުން އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައިވާކަން ފާހަގަކޮށް ސީޒަން ބުނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އެތައް ހައްގެއް ގެއްލެމުންދާއިރު، އެ ހައްގުތަކުގެ ދިފާއުގައި ފަރުދީ ޒިންމާ އިސްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މެންބަރު މާރިޔާގެ މައްސަލަ އަށް ވީގޮތް އެހެރީ، މިކަހަލަ ބައިވަރު މައްސަލަތައް ރާއްޖޭގައި އެބަހުރި. އަހަރެން ރާއްޖެއިން ދުރުގައި ހުއްޓަސް ދިވެހިންނަށްޓަކައި ކަމެއް ކޮށްދޭން ބޭނުންވީ. ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި އެންމެން ބައިވެރިވާންޖެހޭ،" ސީޒަން ބުންޏެވެ.ި

ސީޒަން ބުނީ އޭނާގެ ހިނގުމަކީ ސިޔާސީ ޕާޓީއަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން މަސައްކަތް ކުރަންޖެހޭ މުއައްސަސާތަކުގެ ވެރިންނަށް މެސެޖެއްދޭން ކަމަށް އޭނާ ބުނެ އެވެ.

ސީޒަންގެ ދިރިއުޅުން ލަންކާއަށް ބަދަލުކުރިތާ އަހަރެއްހާ ދުވަސްވެފައިވާއިރު، އޭނާ ދަނީ ލަންކާގައި ފިލްމީ ދާއިރާގެ މަސައްކަތް ކުރަމުންނެވެ. ސިޔާސީ ގޮތުން ގައުމުގެ މަސްރަހު ހަލަބޮލިވެ، ހައްގުތައް ހަނިކުރަމުންދާއިރު، އެތައް ބަޔަކު ވަނީ ރާއްޖެ ދޫކޮށް ލަންކާއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް