Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިބަރުގެ މަސްވެރިކަން މެނޭޖް ކުރން

ރާއްޖޭގައި ހިބަރުގެ މަސްވެރިކަން މެނޭޖް ކުރުމަށް ޕްލޭނެއް އެކުލަވާލައިފި

1 ޑިސެމްބަރު 2020 | އަންގާރަ 10:58

މި ޕްލޭން ވެގެންދާނީ ރާއްޖޭގެ ހިބަރުގެ މަސްވެރިކަން ބެލެހެއްޓުމުގައި މަގު ދައްކައިދޭ މައިގަނޑު އަސާސަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 ޑިސެމްބަރު 2020 | އަންގާރަ 10:58
މަސްވެރިންތަކެއް މަސް ބޭނުމަށް ތައްޔާރުވަނީ

މަސްވެރިންތަކެއް މަސް ބޭނުމަށް ތައްޔާރުވަނީ

ރާއްޖޭގައި ހިބަރުގެ މަސްވެރިކަން މެނޭޖް ކުރުމަށް ޕްލޭންއެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެކުލަވާލައިފިއެވެ.

އެ މިނިސްޓްރީން ބުނީ މެނޭޖްމަންޓް ޕްލޭނަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެދަށުން ހަދައިފައިވާ، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ޕްލޭންކަމަށެވެ. އަދި މި ޕްލޭން ވެގެންދާނީ ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން ބެލެހެއްޓުމުގައި މަގު ދައްކައިދޭ މައިގަނޑު އަސާސް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މިނިސްޓްރީން އިތުރަށް ބުނީ މި ޕްލޭންގެ މައިގަނޑު ތިން މަގްސަދެއް ވާކަމެވެ. އެގޮތުން ފުރަތަމަ މަގްސަދަކީ ރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ކަނޑައެޅުމާއި، އެ ފިޔަވަޅުތަކަކީ ދިވެހިރާއްޖެއިން ބައިވެރިވާ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ސަރަޙައްދީ ޖަމްޢިއްޔާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފިޔަވަޅުތަކަކަށް ހެދުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ދެވަނަ މަގްސަދަކީ ހިބަރުގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ޤާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ހިބަރުގެ މަސްވެރިކަން ބަލަހައްޓައި މި މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުން ކަމަށެވެ.

ހިބަރުގެ މަސްވެރިކަމާއި ވިޔަފާރި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަޞްލަޙަތުވެރިންނަށް މަގު ދައްކައިދިނުމަކީވެސް މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު އެއް މަގްސަދު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގައި ހިބަރުގެ މަސްވެރިކަން ކުރާތާ ގިނަ އަހަރުތަކެއް ވީނަމަވެސް، އެ މަސްވެރިކަން އޮތީ އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމެއްގެ ގޮތުގައެވެ. ނަމަވެސް، ނިމިދިޔަ ގަރުނުގެ ތެރޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާވުމުގެ ސަބަބުން ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތަކަށް މަސް ވިއްކުމަށް އިތުރު މާކެޓްތަކެއް ވަނީ ހުޅުވިފައެވެ.

އެގޮތުން ދިވެހިރާއްޖޭގައި ހިބަރުގެ މަސްވެރިކަން ފުޅާވެ، މަސްވެރިންނަށް ލިބޭ މަންފާ އިތުރުވެގެން ވަނީ ގޮސްފައެވެ. އަދި އަމިއްލަ ބޭނުމަށްކުރާ މަސްވެރިކަމެއްގެ ގޮތުގައި އޮތް ހިބަރުގެ މަސްވެރިކަން ވިޔަފާރީގެ ބޭނުމަށްކުރާ މަސްވެރިކަމަކަށް ވަނީ ބަދަލުވެގެން ގޮސްފައެވެ.

ދިވެހިރާއްޖޭގައި ހިބަރުގެ ބާވަތްތައް ބާނާ އަދަދު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ހިބަރުގެ މަސްވެރިކަން ކުރެވޭ މިންވަރު އެހާ ފުރިހަމައަށް ދެނެގަނެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، 2010 ވަނަ އަހަރުގެ ކުރިން ޤާއިމުކޮށްފައި އޮތް "މަސް ރިޕޯޓު“ ފޮނުވުމުގެ ނިޒާމުގެ ތެރެއިން ހިބަރު ބާނައިފައިވާ މިންވަރު ކޮންމެވެސް ވަރަކަށް ދެނެގަނެވިފައިވެއެވެ.

މިގޮތަށް ރިޕޯޓު ފޮނުވުމުގެ އިންތިޒާމުގެ ދަށުން ލިބެމުން އައި މަޢުލޫމާތުތައް މަދުވަމުން ގޮސް ރަސްމީކޮށް ހުއްޓިފައިވަނީ، ގާތްގަނޑަކަށް 2017 ވަނަ އަހަރުގައެވެ. މިހާރު ހިބަރު ބާނާ މިންވަރާބެހޭ މަޢުލޫމާތު އެއްކުރަނީ 2010 ވަނަ އަހަރު ތަޢާރަފު ކުރެވުނު ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމުގެ ލޮގްފޮތް މެދުވެރިކޮށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް