Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނައިޖީރިއާގައި ބަޔަކު މަރާލުން

ހަތިޔާރު އެޅި ގްރޫއްޕަކުން ނައިޖީރިޔާގެ ދަނޑުވެރިންތަކެއް މަރާލައިފި

43 ދަނޑުވެރިއެއްގެ ކަރުވަނީ ބުރިކޮށްލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ނޮވެމްބަރު 2020 | އާދީއްތަ 02:06
ނައިޖީރިއާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތުގެ ބައެއް

ނައިޖީރިއާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތުގެ ބައެއް

ހަތިޔާރު އެޅި ގްރޫޕަކުން ނައިޖީރިޔާގެ ހަނޑޫ ދަނޑުގައި މަސައްކަތް ކުރުމުގައި އުޅުނު މަސައްކަތްތެރިންތަކެއް ރަހުމުކުޑަގޮތަކަށް މަރާލައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ދަނޑުގައި މަސައްކަތްކުރާ މީހުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ނައިޖީރިއާގެ އުތުރު އިރުމަތީ އަވަށެއް ކަމަށްވާ ކޮށޯބޭގެ ހަނޑޫ ދަނޑުތަކެއްގައި ކަމަށެވެ. މި ގްރޫއްޕުން ދަނޑުގައި މަސައްކަތް ކުރަން ތިބި 43 މީހުންގެ ކަރު ބުރިކޮށްލާފައިވާ ކަމަށް އެތަނުގައި މަސައްކަތް ކުރި މީހުން ވަނީ ބުނެފައެވެ.

އެ ސަރަހައްދުގައި ހަތިޔާރު އެޅި މިލީޝިއާ ހަނގުރާމަވެރިންނާ ދެކޮޅަށް މަސައްކަތް ކުރާ ގްރޫއްޕެއްގެ ލީޑަރު ބަބަކުރަ ކޯލޯ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދަނޑުތަކުން 43 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އެންމެންގެ ވެސް ކަރު ބުރިކޮށްލާފައިވާ ކަމަށެވެ. އަދި 6 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ލާ އިންސާނީ އަމަލު ހިންގި މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. ނަމަވެސް މިހާތަނަށް އައި އިރު އެކަން ކުރި ބަޔަކު ހޯދިފައި ނުވެއެވެ.

ނައިޖީރިއާގެ އުތުރު އިރުމަތީ ސަރަހައްދުގައި ބޯކޯ ހަރާމް އަދި އައިއެސްގެ ނުފޫޒް ގަދައެވެ. އެ ސަރަހައްދުގައި ހަތިޔާރުއެޅި ޖަމާތްތަކުގެ އަތްދަށުވެ 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އިރު އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އަދި އެމީހުންގެ ނުފޫޒު ގަދަވުމުގެ ސަބަބުން އެތައް މިލިއަން މީހުންނެއް ވަނީ އެ ސަރަހައްދު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ.

ކޯލޯ ބުނެފައިވަނީ މި އަމަލު ހިންގާފައިވަނީ ބޯކޯ ހަރާމް ޖަމާއަތުގެ މީހުން ކަމަށް ބެލެވޭ ކަމަށާއި، ދޭތެރެ ދޭތެރެއިން އެމީހުންގެ ހަމަލާތަކުގެ ޝިކާރައަކަށް ދަނޑުވެރިންވެފައިވާ ކަމަށެވެ. ހޮނިހިރު ދުވަހުގެ ހަމަލާގައި މަރުވެފައިވަނީ ނައިޖީރިއާގެ އުތުރު ހުޅަނގުގައި އޮންނަ ސޮކޯޓޯ ސްޓޭޓްގެ މަސައްކަތްތެރިންނެވެ. އެމީހުން މަރާލާފައިވަނީ މަސައްކަތް ކުރުމަށް އެތަނަށް ގޮސް އުޅެނިކޮށެވެ. 40 މީހުންގެ ކަރުބުރިކޮށްލާ މަރާލާ 6 މީހަކު ޒަހަމް ކޮށްލާފައިވާ އިރު، އިތުރު 8 މީހަކު އަދި ނުފެނެއެވެ. ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ އެމީހުން ކިޑްނެޕްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

އދ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަަން: އުތުރު ކޮރެއާ

05 ޖޫން 2017
އދ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަަން: އުތުރު ކޮރެއާ
17 މެއި 2017

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
22 އެޕްރީލު 2017

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު