Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 26 އެޕްރީލު 2017 | ބުދަ 10:25
ސީރިޔާ އަށް ދިން ކެމިކަލް ހަމަލާގައި ބަލިވި ކުއްޖަކަށް ފަރުވާ ދެނީ

ސީރިޔާ އަށް ދިން ކެމިކަލް ހަމަލާގައި ބަލިވި ކުއްޖަކަށް ފަރުވާ ދެނީ

ސީރިޔާގައި މިމަހު ކުރީކޮޅު ދިން ކެމިކަލް ހަމަލާއާއި ގުޅިގެން، އެމެރިކާއިން އެގައުމަށް އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާދައިގެ ރައްޔިތުންނަށް ކަމަށް ސީރިޔާ ސަރުކާރުން ބުނެފިއެވެ.

ސީރިޔާގެ ފޮރިން މިނިސްޓަރުގެ ނައިބު ފައިސަލް މަކްދޫދް މީޑިއާތަކަށް ވިދާޅުވީ އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ގެއްލުން ވާނީ އާދައިގެ ރައްޔިތުންނަށް ކަމަށާއި، އެއީ ބޯނެ ކިރާއި، އަސާސީ ތަފާތު ޚިދުމަތްތަކުން މަހުރޫމުވެފައިވާ މީހުން ކަަމަށެވެ.

މިހިނގާ އޭޕްރީލް މަހު ސީރިޔާ އަށް ދެވުނު ކެމިކަލް ހަމަލާ އާއި ގުޅިގެން ސީރިޔާ ސަރުކާރަށް އަޅާ އާންމުވެގެންވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސީރިޔާ ސަރުކާރުގެ އެޖެންސީއެއްގެ 271 މުވައްޒަފަކަށް އެމެެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު ދާދިފަހުން ވަނީ އަޅާފައެވެ.

ކެމިކަލް ހަމަލާއާއި ގުޅިގެން އެމެރިކާ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އެޅީ ކެމިކަަލް ހަތިޔާރާއި އަދި ބެލިސްޓިކް މިސައިލް އުފައްދާ އެޖެންސީއަކަށްވާއިރު، އެ އެޖެންސީ އަކީ ސީރިޔަން ސައިންޓިފިކް ސްޓަޑީސް އެންޑް ރިސާޗް ސެންޓާ (އެސްއެސްއާރްސީ) އެވެ.

ސީރިޔާގެ ފޮރިން މިނިސްޓަރުގެ ނައިބު ފައިސަލް ވިދާޅުވީ ސީރިޔާ ސަރުކާރުން ހާދިސާ ތަހުގީގު ކުރުމަށް ކޮމިޓީއެއް އުފައްދާފައިވާ ކަމަށާއި އަދި ސަރުކާރުން އެކިގައުމުތަަކަށް ނިސްބަތްވާ ކަމާބެހޭ މާހިރުންނަށް ކަންހިނގައިދިޔަ ގޮތް ބެލުމަށް ވަޑައިގަތުމަށް، މަރުހަބާ ވިދާޅުވާ ކަމަށެވެ.

ސީރިޔާގެ އިދްލީބަށް އޭޕްރީލް ކުރީކޮޅު ދިން ކެމިކަލް ހަމަލާ އާއި ގުޅިގެން މަދުވެގެން 80 މީހުން މަރުވެ 557 މީހުންނަށް ފަރުވާ ދޭންޖެހިފައި ވެއެވެ. މިހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުއިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ.

އެސްއެސްއާރްސީ ގެ 271 މުވައްޒަފުންގެ އެސެޓްތައް އެމެރިކާ އިން ފްރީޒް ކުރިއިރު، އެެމެރިކާ އިން ގަބޫލުކުރާ ގޮތުން މިމަހު ކުރީކޮޅު ސީރިޔާގައި ދިން ކެމިކަލް ހަަމަލާ ގައި ބޭނުން ކުރި "ނާވް އެޖެންޓް" އުފައްދާފައި ވަނީ އެސްއެސްއާރްސީ އިންނެވެ.

އެމެރިކާ އިން އެސްއެސްއާރްސީ ގެ 271 މުވައްޒަފެއްގެ އެސެޓްތައް ތައް ފްރީޒް ކުރުމުގެ ސަބަބުން އެ މުވައްޒަފުންނާ އެމެރިކާގެ އެއްވެސް ރައްޔިތަކަށް މުއާމަލާތު ކުރުންެވެސް މަނާވާނެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު