Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިތިއޯޕިއާގެ ދާހިލީ ހަމަނުޖެހުން

އިތިއޯޕިއާ ސަރުކާރާ ދެކޮޅު ޓިގްރޭ ޕާޓީއަށް ޓެޑްރޯސް އެހީތެރިވެދޭ ކަމުގެ ތުހުމަތު

އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި ޓެޑްރޯސް ގެންދަވަނީ ޓިގްރޭ އަށް އަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން އެހީތެރިވެދެމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ނޮވެމްބަރު 2020 | ހުކުރު 03:52
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް، އިތިއޯޕިއާގެ ސަރުކާރާ ދެކޮޅު ޓިގްރޭއިންނަށް އެހީތެރިވެދޭ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ތުހުމަތުކޮށްފައެވެ.

އިތިއޯޕިއާގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި ޓެޑްރޯސް ގެންދަވަނީ ޓިގްރޭ ޕާޓީއާށް އަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ވެސް އެހީތެރިވެދެމުންނެވެ. އިދިކޮޅު ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްއެފް) އަކީ އިތިއޯޕިއާގެ އުތުރުގައި އޮންނަ ޓިގްރޭ ރީޖަނަލް ސްޓޭޓުގައި ވެރިކަން ކުރަމުން އަންނަ މައި ޕާޓީއެވެ.

އިތިއޯޕިއާގެ އަސްކަރިއްޔާގެ ވެރިޔާ ސްޓާފް ޖެނެރަލް ބިރްހަނު ޖުލާ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ ޓެޑްރޯސް އަކީ އެ ގްރޫޕްގެ މެމްބަރެއް ކަމަށާއި އަދި އެއީ ކުށްވެރިއެއް ކަމަށެވެ. އެހެން ނަމަވެސް ބިރްހަނުގެ މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ. ބިރްހަން ވަނީ ޓެޑްރޯސް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުން ވަކިކުރުމަށް ވެސް ގޮވާލައްވާފައެވެ.

ބިރްހަނުގެ މި ތުހުމަތުތަކަށް ޑަބްލިޔުއެޗްއޯއިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިތިއޯޕިއާގެ އަސްކަރިއްޔާގެ މި ތުހުމަތުތައް އައިސްފައި މި ވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި ޓެޑްރޯސް އިސްކޮށް ހުންނަވާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ޑަބްލިޔުއެޗްއޯ އަށާއި ޓެޑްރޯސް އަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

ވަކިން ޚާއްސަކޮށް ޑަބްލިޔުއެޗްއޯ އަށް އެންމެ ބޮޑަށް ފަންޑުކުރަމުން އަންނަ އެމެރިކާއިން ޑަބްލިޔުއެޗްއޯ އިން ވަކިވެ ދެމުން އަންނަ ފަންޑު ހުއްޓާލާނެކަމަށް ވަނީ ބުނެފައެވެ. އަދި ކޮވިޑް-19 ގެ ކަންތަކުގައި އެމެރިކާއިން އަންނަނީ ޑަބްލިޔުއެޗްއޯ އަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ޓެޑްރޯސް އަކީ އިތިއޯޕިއާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ޓެޑްރޯސް ވަނީ އިތިއޯޕިއާގެ ހެލްތު މިނިސްޓަރުކަމާއި ފޮރިން މިނިސްޓަރުކަން 2005 އިން 2016 އަށް ކުރައްވާފައެވެ. އޭރު އިތިއޯޕިއާގައި ވެރިކަންކުރަމުން އައީ ޓިގްރޭ އިސްކޮށް އޮވެ އުފެދިފައިވާ ކޯލިޝަން ސަރުކާރެކެވެ. ޓިގްރޭއިން އިސްކޮށްއޮވެ އިތިއޯޕިއާގައި ގިނަ ދުވަސްތަކެއް ވަންދެން ވަނީ ވެރިކަން ކޮށްފައެވެ. އޭރު ޓިގްރޭއަކީ ކޯލިޝަންގެ އެންމެ ބާރުގަދަ ޕާޓީއެވެ.

އެކަން ނިމުމަކަށް އައީ މިހާރުގެ ބޮޑުވަޒީރު އަހްމަދު އަބީ 2018 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ހިސާބުންނެވެ. އަބީ ވަނީ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު އަބީގެ ނޭޝަނަލް ޕާޓީ އާއި އަނެއް ތިން ޕާޓީ އެއްކޮށްލައްވާފައެވެ. އެކަން ކުރުމަށް ޓިގްރޭ އިން ވަނީ ދެކޮޅު ހަދާފައެވެ.

ބިރުހަނުގެ މި ތުހުމަތުތަކާއެކު އަދި ޓެޑްރޯސް މަގާމުން ވަތްކެއްނުކުރެވޭނެއެވެ. އެއީ އަދި މި ވާހަކަތައް ސާބިތުކުރެވޭ ވަރުގެ ހެކި ދެއްކިފައިނުވާތީއެވެ.

ޓެޑްރޯސް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވީ 2017 ވަނަ އަހަރުގެ މެއި މަހުއެވެ. ޓެޑްރޯސް އަކީ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމަށް ހަވާލުވެވަޑައިގެންނެވި އެފްރިކާ ބައްރުގެ ފުރަތަމަ ބޭފުޅާއެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ލަންޑަން ހަމަލާ: ހަމަލާގައި ބައިވެރިވި މީހުން ވަޅުލަށް އިމާމުން ދެކޮޅު ހަދައިފި

06 ޖޫން 2017
ލަންޑަން ހަމަލާ: ހަމަލާގައި ބައިވެރިވި މީހުން ވަޅުލަށް އިމާމުން ދެކޮޅު ހަދައިފި
15 މެއި 2017

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!
06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު