Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށި އެއާޕޯޓް ހުޅުވުން

ހޯރަފުށި އެއާޕޯޓުން ދައްކުވައިދެނީ ގައުމީ ރޫހާއި ޖޯޝް: ރައީސް

19 ނޮވެމްބަރު 2020 | ބުރާސްފަތި 12:22

މެމްބަރު ސަލީމްގެ އާއިލާއިން ދެއްވި އިސްކަމަށް ޝުކުރު އަދާކުރެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 19 ނޮވެމްބަރު 2020 | ބުރާސްފަތި 12:22
ހޯރަފުށި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހޯރަފުށި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހޯރަފުށި އެއާޕޯޓުގެ މަޝްރޫއު އަކިީ ގައުމީ ރޫހާއި ގައުމީ ޖޯޝް އެކުލެވޭގޮތަށް ފުރިހަމަވެގެން ދިޔަ މަޝްރޫއެއް ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯރަފުށީގެ ރައްޔިތުންނަށް ތައުރީފް ކުރައްވައިފިއެވެ.

މި ސަރުކާރުން ފުރަތަމަ ހުޅުވި އެއާޕޯޓް ''ހޯރަފުށި އެއާޕޯޓް'' ހުުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދިޔައިރު އެ މަސައްކަތް ހަވާލުކުރި އެމްޓީސީސީގެ ފަރާތުން އެދުނު ކޮންމެ ކަމެއްގައި، އެ ރަށު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދިޔަ ކަމަށެވެ. އެކަންކަމަށް ބަލާއިރު، އެއީ ހޯރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ތަރައްގީކުރި އެއާޕޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހޯރަފުށީގެ ތާރިހަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހޯރަފުއްޓަކީ އާދަޔާ ހިލާފު އުފެއްދުންތެރި ވިސްނުމެއް ގެންގުޅޭ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި އިލްމީ ގޮތުން ކުރިއަރައި ތަހުޒީބާއި ކުރިއެރުމަށް އަބަދުވެސް ވަރަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް ކަމަށެވެ.

ހޯރަފުށީގެ މަޝްހޫރު މަރްހޫމް އާދަމް ސަލީމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަށް ތައުރީފް ކުރައްވާ ރައީސް ވިދާޅުވީ، މަޝްރޫއުގެ އެކި ކަންކަމުގައި އަމަލީ ގޮތުން ސަލީމް ބައިވެރިވަޑައިގެން އެކަމަށް ދެއްވި ސަމާލުކަމަކީ، މަޝްރޫއު ފުރިހަމަކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ. އާދަމް ސަލީމްގެ އާއިލާ އަށް ރައިސް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސް ސޯލިހު ވަނީ އެއާޕޯޓް މަޝްރޫއު ފުރިހަމަ ކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ދެއްވި ހާއްސަ ސަމާލުކަމަށްޓަކައި، މިނިސްޓަރު އާއިޝަތު ނަހުލާއަށާއި، އެ މިނިސްޓްރީގެ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. ޕްލޭނިންގ މިނިސްޓްރީން ކުރި މަސައްކަތްތައް ފާހަގަކޮށް، ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހޯރަފުށި އެއާޕޯޓް ބުދަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާއިރު، އެއާޕޯޓަށް ޝެޑިއުލް ދަތުރުކުރަން ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. މި އެއާޕޯޓަކީ އެ ސަރަހައްދުގެ ގިނަ ރައްޔިތުންތަކަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
06 މާރިޗު 2017

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް