Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސޯލިހު ދިފާއުކުރެއްވުން

ރައީސް ސޯލިހުގެ ދިފާއުގައި އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ!

މި ފަދަ ހިތާމަވެރި ދުވަސްތަކެއް ރާއްޖޭގެ އެއްވެސް ވެރިއަކަށް ކުރިމަތިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2020 | އަންގާރަ 13:26
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ކޮވިޑް-19 ގެ ހާލަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހިކުމަތްތެރިކަން ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސަށް ތައުރީފް ކުރައްވައިފިއެވެ.

އަންގާރަ ދުވަހު އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ކޮވިޑާއި ގުޅިގެން ރައީސް ސޯލިިހުގެ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން ކޮވިޑާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދާއި އެކު ރާއްޖޭގެ އިގްތިސާދުވެސް ހުއްޓިގެން ދިޔައިރު މިއީ މީގެކުރިން އެއްވެސް ބަޔަކަށް ތަޖުރިބާ ކުރެވިފައިވާ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، ވިޔަފާރިތައް ހުއްޓާލަން ޖެހުނުއިރު އެ ފަދަ ހިތާމަވެރި ދުވަސްތަކެއް ރާއްޖޭގެ އެއްވެސް ވެރިއަކަށް ކުރިމަތި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑުގެ ކޮމިއުނިޓީ ސްޕްރެޑް މާލެ ސިޓީން ފެނުނު ދުވަހު ގައުމާ މުހާތަބު ކުރައްވާ ރައީސް ކީރިތި ކުރެއްވުމުން އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ މަލާމާތް ރައްދުވިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ އެ މަނިކުފާނުގެ އެންމެ ޒަމާންވީ ގާތް އެކުވެރިޔާ ދިފާއުކުރައްވާފައެވެ.

މި ޕެންޑެމިކްގައި ސަރުކާރު މުވައްޒަފެއްގެ މުސާރައިން އެންމެ ލޯލާރިއެއް ވެސް އުނިކޮށްފައި ނުވާނެ ކަމަށާއި ވަޒީފާ ނެތް މީހުންނަށް ދެވެން އޮތް މިންވަރަކަށް އެހީ ފޯރުކޮށްދެމުން ދާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އިގްތިސާދު އަލުން ހުޅުވާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި ކޮވިޑާއި ގުޅޭ ހުރިހާ ކަންކަމެއް ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވިއިރު އެއީ އެއްވެސް ރައްޔިތެއްގެ ހިތުން ފިލައިގެން ނުދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ހާލަތުގެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެހެން ގައުމުތަކާއި ހިލާފަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުން އަންނަނީ މި ސަރުކާރުގެ ހިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު