Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔައުގޫބުގެ ގޮނޑީގެ މައްސަލަ

މެމްބަރު ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

16 ނޮވެމްބަރު 2020 | ހޯމަ 08:48

ޔައުގޫބުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ޗާޓާޑް އެކައުންޓެންޓްސް އެސޯސިއޭޝަންގެ އިންތިގާލީ ކައުންސިލުގެ މެމްބަރުކަމާ ހަވާލުވުމާ ގުޅިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ނޮވެމްބަރު 2020 | ހޯމަ 08:48
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމުގައެވެ.

Advertisement - newsAdvertisement

މެމްބަރު ޔައުގޫބްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ އޭނާ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވުމާ ގުޅިގެންނެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެއެވެ. ނަމަވެސް އެ މާއްދާގައި މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުބޫގުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ ގާނޫނުއަސާސީގެ ބަޔާންކުރާ ހާލަތެއް ނުވަތަ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށެވެ.

އެގޮތުން، ޗާޓާޑް އެކައުންޓަންޓްސް އިންސްޓިޓިއުޓް އާއި ބާ ކައުންސިލް ފަދަ މުސްތަގިއްލު ބޮޑީތަކަކީ، ދައުލަތުން ހިންގާ ބޮޑީތަކެއް ނޫންކަމަށެވެ. އެއީ ޕްރޮފެޝަނަލް ފަންނުތަކުގެ ބޮޑީތަކުން އެ މީހުން އަމިއްލައަށް ހިންގާ ޖަމާއަތްތަކެއް ކަމަށެވެ. އަދި އެފަދަ މުސަތަގިއްލު ބޮޑީތަކަށް މާލީ އެހީތެރިކަން ދައުލަތުން ފޯރުކޮށްދިން ނަމަވެސް އެއީ ދައުލަތުގެ ބޮޑީތަކަކަށް ނުވާ ކަމަށާއި، އެއީ ގައުމުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ޕްރޮފެޝަނަލް އެފަދަ ބޮޑީތައް ގާއިމުވެފައި އޮތުމަކީ މުހިއްމުކަމެއް ކަމަށް ފެންނާތީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި އަމަލު ކުރަމުން އަންނަ ގޮތެއް ކަމަށެވެ.

މި މައްސަލަ ބެއްލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ހުސްނުއްސުއޫދު ހުކުމަށް ވާސިލްވި ސަބަބުތައް ވިދާޅުވަމުން ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހަށް ގާނޫނުއަސާސީގައި މިހާރު އޮތް، މެމްބަރުކަން ގެއްލޭ ހާލަތު ބަޔާން ކުރާ މާއްދާ ކަމަށްވާ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި ގާނޫނުއަސާސީގެ ހަމަ އެމާއްދާގެ (ރ) ގައި ބަޔާންކުރާ، މެމްބަރަކު ދައުލަތުގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށް ބުނެ، ބަޔާންކޮށްފައިވާ ވަޒީފާތަކުގެ ލިސްޓުގެ އެ މާއްދާ އެއްކޮލުމަށް ހުށަހެޅުމުން އެގޮތަށް ފާސްވެފައި ނުވަނީ، އެ ދެ މާއްދާ އެގޮތައް ބާއްވައި، އެ ދެ ހާލަތު ފަރަގު ކުރުުގެ ގޮތުންކަން ސާފުކޮށް އެނގޭ ކަމަށެވެ.

ވަކިން ހާއްސަކޮށް، މެމްބަރުކަން ގެއްލޭނެ ކަމަށް ގާނޫނުއަސާސީގެ 73 (ނ) ގެ 4 ވަނަ ނަމްބަރުގައި ފަނޑިޔާރަކު ކަމުގައިވުން ހިމެނިފައިވާތީއާއި ހަމަ އެ މާއްދާގެ (ރ) ގައި މެމްބަރަކު އަދާކޮށްގެން ނުވާނެ ކަމަށްބުނެ، ވަކި ވަޒީފާތަކެއް ލިސްޓް ކޮށްފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލޭނެ ގޮތް ފަރަގު ކުރުން ކަމަށް ވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، ޗާޓާޑް އެކައުންޓެންޓްސް އިންސްޓިޓިއުޓްގެ ކައުންސިލްގެ މެމްބަރު ކަމަކީ، ގާނޫނުއަސާސީގައި ބުނާ، މުސްތަޤިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަޤިއްލު މަޤާމެއް ކަމަށް ކަނޑައަޅާނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ޗާޓާޑް އެކައުންޓެންޓްސް އިންސްޓިޓިއުޓްގެ ކައުންސިލްގެ މެމްބަރު ކަމަށް މެމްބަރު ޔައުގޫބު ވެވަޑައިގެންނެވުމުން، އޭނާ އަދާކުރައްވަމުން ގެންދަވާ ދާންދޫ ދާއިރާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބަޔާންކުރެއްވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުއަށް މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ އިއްތިފާގު ވެވަޑައިގަންނަވާފައެވެ. ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ދެން ފަނޑިޔާރުންގެ ބެންޗުގައި ހިމެނެވިވަޑައިގަންނަވަނީ، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ޔައުގޫބްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް (ހަލީމްބާއި) އާއި އިދިކޮޅު ޕީޕީއެމްގައި އިސްކޮށް އުޅުއްވާ އައްސަދު ޝަރީފްއެވެ.

މި މައްސަލަ ފެންމަތިވުމުން، ޗާޓާޑް އެކައުންޓެންޓްސް އިންސްޓިޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރުކަމުން ޔައުގޫބު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ އެކަމުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުން، އެ ކައުންސިލްގައި އިންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކިވަޑައިނުގަންނަވާތީ ކަމަށް ޔައުގޫބު ވިދާޅުވިއެވެ. ނަމަވެސް ގޮނޑި ގެއްލޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ގަބޫލުނުކުރައްވާ ކަަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް