Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮފީހުގައި ކޮވިޑުން ރައްކާތެރިވުން

އޮފީސްތަކުގައި އާންމުހާލަތުގައި ކުރިގޮތަށް މަސައްކަތް ކުރުމަކީ ނުރައްކަލެއް!

16 ނޮވެމްބަރު 2020 | ހޯމަ 02:42

ހަމައެކަނި އޮފީހަށް އަންނަ ގަޑީގައި ޓެމްޕަރޭޗަރ ބަލައިލުމަކުން ނުފުދޭކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 16 ނޮވެމްބަރު 2020 | ހޯމަ 02:42
އޮފީސް މާހައުލުގައި މާސްކު އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި

އޮފީސް މާހައުލުގައި މާސްކު އެޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި

އޮފީސްތަކުގައި އާންމު ހާލަތާއި އެއްގޮތަށް މި ދުވަސްވަރު މަސައްކަތް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ކޮވިޑް ފިލައިގެން ދިޔައީ ކަމަށް ދެކި އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އާންމު ހާލަތުގައި މަސައްކަތް ކުރަމުންދިޔަ ގޮތަށް މަސައްކަތްކުރުމަކީ މި ވަގުތު ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ނަޒްލާ ވިދާޅުވީ ހަމައެކަނި އޮފީހަށް އަންނަ ގަޑީގައި ޓެމްޕަރޭޗަރ ބަލައިލުމުން ކޮވިޑުން ރައްކާތެރި ވެވުނީ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށާއި ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ. ޚާއްސަކޮށް ގިނަ މުވައްޒަފުން ގެންގުޅޭ ތަންތަނުން ގައިޑްލައިންތައް އިމްޕްލިމެންޓް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަން ފާހަގަކުރެއްވިއެވެ.

ގައިޑްލައިންގައި ބުނެފައިވާ ގޮތަށް ޝިފްޓްތަކަށް ބަހާލައިގެން މަސައްކަތްކުރާ ތަންތަނުގައި، އެއް ޝިފްޓް އަނެއް ޝިފްޓާއި ދިމާނުވާގޮތަށް ކަންތައްތައް ރޭވުމާއި އެ ޝިފްޓެއްގައި ތިބޭ ބަޔަކު ހަމަ އެ ހަފްތާގައި ވެސް އެއްކޮށް މަސައްކަތްކުރާ ގޮތަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މާސްކު އެޅުމާއި، މާސްކު ނާޅާ ތިބޭ ވަގުތުތަކުގައި ގައިދުރުކަން ބެހެއްޓުމާއި، މާސްކް އަޅައިގެން ތިބި ނަމަވެސް، ގައިދުރުކަން ބެހެއްޓޭނެ ގޮތަށް މަސައްކަތުގެ މާހައުލުގައި ކަންކަން ރޭވިފައި ހުންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ގައިޑްލައިނާއި އެއްގޮތަށް އަމަލު ނުކުރެވޭނަމަ އެންމެ މީހަކަށް ނުވަތަ ދެ މީހަކަށް ކޮމިއުނިޓީ ތެރެއިން ބަލި ޖެހުނުކަމުގައި ވިޔަސް އޮފީސް ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ އޮފީސްތަކުގައި މަސައްކަތުގެ މާހައުލުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމުންދޭތޯ ބެލުމަށް މިހާރުވެސް އިންސްޕެކްޝަންތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ސަރުކާރުގެ 133 އޮފީހާއި، 42 ޕްރައިވެޓް އޮފީސް، (ބައެއް މީޑިއާތަކާއި ބޭންކްތަކާއި)، 20 ސްކޫލް އަދި ކޮލެޖް، 35 މެޑިކަލް ފެސިލިޓީސް އަދި ފެރީ ޓާރމިނަލްތައް ވަނީ އިންސްޕެކްޓް ކުރެވިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް