Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތައް

ފާޑުކިޔުންތަކަށް ރައްދެއް ނުދޭނަން، ރައްޔިތުންނަށް އެނގޭނެ ކޮށްދޭ ކަންކަން: ޒަހާ

16 ނޮވެމްބަރު 2020 | ހޯމަ 01:47

ދެ އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނު: ޒަހާ

އަލީ ސަމާޚް
އަލީ ސަމާޚް | 16 ނޮވެމްބަރު 2020 | ހޯމަ 01:47
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރަށަކަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރަށަކަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން

ފިޝަރީޒް މިނިސްޓްރީއަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަން ބޭނުންނުވާ ކަމަށާއި، ކޮށްދޭ ކަންތައްތައް ރައްޔިތުންނަށް އެނގޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ ''ބަޖެޓް 2021'' ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ޒަހާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ މަސްވެރިކަމުގެ ސިނާއަތުގައި ހައްލު ނުކުރެވި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ކަމަށާއި، ސަރުކާރުންވެފައިވާ ވައުދުތައް ފުއްދާނެ ކަމަށެެވެ.

Advertisement - newsAdvertisement

ޒަހާ ވިދާޅުވީ، ކުރީ ސަރުކާރުން ފާސްކޮށްފައި އޮތް ބަޖެޓަކީ ބޭނުންވާ ކަންތައް ހާސިލްކުރެވޭ ގޮތަށް ފާސްކޮށްފައި އޮތް ބަޖެޓެއް ނޫން ކަމަށެވެ. އަދި ކޮވިޑް-19 ހާލަތާއި ގުޅިގެން އިގްތިސާދު ހީނަރުވެގެން ދިޔުމުން މިނިސްޓްރީއަށް ކަނޑައަޅާފައި އޮތް ބަޖެޓުންވެސް ގިނަ ކަންތައްތައް ނުކުރެވޭ ކަމަށެވެ.

ފާޑުކިޔާ ފަރާތްތަކުން މިނިސްޓްރީއަށް އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނާ ބުނުމަށް އިޝާރާތް ކުރައްވާ ޒަހާ ވިދާޅުވީ، މިނިސްޓްރީން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފެންނާނެ ކަމަށާއި، މުޅި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތަށް ހައްލެއް ގެނައުން ކަމަށެވެ.

ޒަހާ ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ދުވަހުގެ ތެރޭގައި މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ޒަހާ ފާހަގަކުރެއްވި މަހުގެ ފިކްސްޑް ރޭޓް ދޫކޮށްލުމުގެ އިތުރުން، މަސްވެރިކަމަށް ވަންނަން އެކި ފަރާތަކަށް ފުރުސަތު ހުޅުވާލުމެވެ. މިފްކޯގެ ހިންގުން ހަރުދާނު ކުރުމާއި، މަސްވެރިންނާ ބޭނުންވާ އައިސްޕްލާންޓް ގާއިމްކުރުމުގެ އިތުރުން އާރްއެސްޑަބްލިއު ސިސްޓަމަށް ލޯނުގެ ފުރުސަތުތައް ފަހިކޮށްދިނުން ފާހަގަކުރެއްވިއެވެ.

ކުރިއާއަޅާއި ބަލާއިރު އުމްރާނީ ގޮތުން މަސްވެރިކަމުގެ ސިނާއަތަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވަމުން ޒަހާ ވިދާޅުވީ، ސަރުކާރުން ގެންނަ ބަދަލުތަކާއި އެކު ކަންތައްތައް ރަނގަޅުވަމުން ދާނެ ކަމަށެވެ.

ޒަހާ ވިދާޅުވި ގޮތުގައި ސަރުކާރާ ހަވާލުވިއިރު އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އޮތީ ގާނޫނުތަކާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދާތީ އީޔޫ އިން ރާއްޖެ އަށް އަޅާފައިވާ ފިޔަވަޅުތަކެވެ. އެކަމަކު އީޔޫއިން މިހާރު ފިޔަވަޅު އަޅާނެ ކަމުގެ ބިރެއް ނެތް ކަމަށް ވިދާޅުވިއެވެ. އަލަށް އެކުލަވާލެވުނު މަސްވެރިކަމުގެ ގާނޫނާ އެކު ހަދަން ޖެހޭ ގަވާއިދުތައް ހަދައި މެނޭޖްމެންޓް ޕްލޭންތައް ނިންމާލެވިފައިވާކަން ޒަހާ ހާމަ ކުރެއްވިއެވެ.

މިނިސްޓްރީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ޒަހާ ފާހަގަކުރެއްވީ، ފަންނީ ބޭފުޅުން މަދުވުމެެވެ.

މިހާރު ވެސް ފިޝަރީޒް މިނިސްޓްރީގެ ދަށުން އަންހެންވެރިން މަސައްކަތް ކުރަމުންދާއިރު، މި ދާއިރާގައި އަންހެނުންނަށް ވެސް ފުރުސަތު އެބައޮތްކަން ޒަހާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް