Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ ބަސްހުއްޓި ހުޅުވުން

ރައްޔިތުންނަށް ހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: ނައިބު ރައީސް

14 ނޮވެމްބަރު 2020 | ހޮނިހިރު 14:16

މި ބަސްހުއްޓިއަކީ ދަތުރުވެރިން އަވިންނާއި، ވާރެއިން ސަލާމަތްވެ ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ބަސްހުއްޓިއެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 14 ނޮވެމްބަރު 2020 | ހޮނިހިރު 14:16
ސްޓެލްކޯއިން ބިނާކޮށްފައިވާ ބަސްހުއްޓި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސްޓެލްކޯއިން ބިނާކޮށްފައިވާ ބަސްހުއްޓި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއެކު ހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހިކުރުމަށްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މި ރޮނގުން ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވައި ނައިބު ރައީސް ވާހަކަފުޅު ދައްކަވާފައި ވަނީ، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގެ ދަށުން ދޭ ބަހުގެ ޚިދުމަތް ހޯދާ ފަސިންޖަރުން ބަހަށް އަރައިފޭބުމަށް ހާއްސަކޮށްގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބިނާކޮށްފައިވާ ބަސްހުއްޓި ހުޅުވައިދެއްވުމަށް ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، މިއަދު މި ހުޅުވި ބަސްހުއްޓީގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، ޓްރެފިކް މައްސަލަ ޙައްލުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަމާއެކު މަގުތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ، މާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު މިފަދަ ޚިދުމަތްތައް ލިބިގަތުމަށް ގޮވައިލައްވާފަ އެވެ. އަދި، މަގުތަކުގައި ޕާކުކުރުމުގައި ވެސް އެހެން މީހުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް ޢަމަލުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ސްޓެލްކޯގެ އިސްވެރިންނާއި އެ މުއައްސަސާގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވާފަ އެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީއާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ސްޓެލްކޯ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ބިނާކޮށްފައިވާ މި ބަސްހުއްޓިއަކީ ދަތުރުވެރިން އަވިންނާއި، ވާރެއިން ސަލާމަތްވެ ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ބަސްހުއްޓިއެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް