Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާވަރުލު އެއަރޕޯޓު

މާވަރުލު އެއަރޕޯޓުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

12 ނޮވެމްބަރު 2020 | ބުރާސްފަތި 20:18

ކައިރި މުސްތަގުބަލެއްގައި އިތުރު ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދެވޭނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 12 ނޮވެމްބަރު 2020 | ބުރާސްފަތި 20:18
މާވަރުލު އެއަރޕޯޓުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން

މާވަރުލު އެއަރޕޯޓުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން

ގދ. ކާޑެއްދޫ އެއަރޕޯޓުގެ މެނޭޖްމަންޓުން ގދ. މާވަރުލު އެއަރޕޯޓުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މާވަރުލު އެއަރޕޯޓުގައި ގަސް އިންދުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެއަރޕޯޓުގެ ގޯތި ތެރޭގައާއި އެއަރޕޯޓަށް ވަންނަން އޮންނަ މަގުގައި ވަނީ ގިނަ އަދަދެއްގެ ގަސް އިންދާފައެވެ. މީގެ ތެރޭގައި ހިމެނެނީ ބަނބުކެޔޮ ގަހާއި، ބޮޑެތި ހިޔާދޭ ގަސްތަކުގެ އިތުރުން ފަތް ނުވެރޭ ޒާތުގެ ގަހާއި، މެލޭޝިއާ ރުއްތަކެއްގެ އިތުރުން ޒީނަތްތެރި ކުރުމަށް ބޭނުންވާ ބަގީޗާ ގަހެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކާޑެއްދޫ އެއަރޕޯޓުގެ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، މާވަރުލު އެއަރޕޯޓުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތަކީ އެ އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކުރުމަށާއި އެތަނަށް ބޭނުންވާ ކަންކަން ހޯދައި ދެނެގަތުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކުރެވިގެންދިޔަ މަސައްކަތެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ، މާވަރުލު އެއަރޕޯޓުގައި ގަސް އިންދުމުގެ ޕްރޮގްރާމު ކުރިއަށްގެންދިއުމާއި ގުޅިގެން އެ އެއަރޕޯޓާއި ކައިރި ރަށްތަކުގެ ކައުންސިލާއި އާންމު ފަރުދުންގެ އެދުމުގެ މަތިން އިތުރު ދުވަސްތަކެއްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކާޑެއްދޫ އެއަރޕޯޓުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ހުވަދު އަތޮޅަކީ ދުނިޔޭގައި އޮތް އުފެދުމުގައިވެސް އެންމެ ޖަޒީރާ ގިނަ އެންމެ ބޮޑު މުރަކައިގެ އަތޮޅު ކަމަށާއި، އެ އަތޮޅުގެ ޤުދުރަތީ ޢަޖައިބެއްފަދަ ރީތި، މުއްސަނދި ގޮނޑުދޮށްތަކުގެ ފައިދާ އޭގެ އެންމެ މަތީ މިންވަރަށް ރައްޔިތުންނަށް ހޯދައިދޭނީ ހަމަ އެ އަތޮޅުގެ ރައްޔިތުން ކަމަށެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަތޮޅަށް ފަތުރުވެރިން ވެއްދޭނެ ވަރަށް އެ އަތޮޅުގައި އެއަރޕޯޓް ތަރައްޤީ ކުރެވޭނެ ކަމަށާއި، އެކަން ކުރާނީވެސް އަތޮޅު އެންމެން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

މާވަރުލު އެއަރޕޯޓަށް މިއަހަރު ކުރީކޮޅުން ފެށިގެން ފްލައިޓްތައް އޮޕަރޭޓް ކުރަމުންދާއިރު، އެތަނަށް ދާއިމީ މުވައްޒަފުން ނެގި، އެތަނުގައި ވަޞީލަތްތައް ޤާއިމް ކުރެވެންދެން އެތަން ހިންގުމަށް ކާޑެއްދޫ އެއަރޕޯޓުގެ މުވައްޒަފުންގެ އެއްބާރުލުން ލިބެމުންދާކަމީ އެކުވެރިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް މި ޕޯސްޓުގައި ބުނެފައިވެއެވެ.

މި ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ، ކާޑެއްދޫ އެއަރޕޯޓުގެ ޚިދުމަތް ތަރައްޤީ ކުރުމަށް އެތަކެއް ޤުރުބާނީއެއް ވަމުންވެސް، 1 މަސް ދުވަހުގެ ޓާރމްތަކަށް އެކި މުވައްޒަފުންނަށް ބަހާލައިގެން އާއިލާއާއި މާދުރަށްގޮސް މާވާރުލުގައި ހަރަކާތްތެރިވާ ކާޑެއްދޫގެ މުވައްޒަފުން ވަމުންދާ ޤުރުބާނީއަށް ޝުކުރު ހައްގު ކަމަށެވެ.

ޚިދުމަތްދޭތާ 27 އަހަރުފުރޭ ކާޑެއްދޫ އެއަރޕޯޓުގެ މުވައްޒަފުންނާއި، މާވާރުލު އެއަރޕޯޓަށް އަލަށް ނެގެމުންދާ މުވައްޒަފުން އެއްކޮށް ގުޅިގެން މާވާރުލުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ އަތޮޅުގައި ގިނަ އެއަރޕޯޓުތަކެއް ހެދިގެން ދިއުން ވާނީ އެއިން ކޮންމެ އެއަރޕޯޓަކަށްވެސް ލިބިގެންދާނެ ފައިދާއަކަށްވާއިރު، އެއަރޕޯރޓުތައް ތަރައްޤީ ކުރުމުގައި ދެމިތިބި ވަރަކަށް އެ އަތޮޅުގެ ފަތުރުވެރިކަމަށް އޮންނަ ބޭނުންތެރިކަން ބޮޑުވެ، އެހެނިހެން ޞިނާޢަތްތައްވެސް އުފެދި ކުރިއަރައިދާނެ ކަމަށްވެސް ކާޑެއްދޫ އެއަރޕޯޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް

01 އެޕްރީލު 2017
ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް