Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިން ވަނަ ޕެރިސް ޕީސް ފޯރަމް

ދުނިޔެއަށް ދިމާވާ ކާރިސާއަކުން ވަކި ގައުމެއް ތަފާތު ކުރެވިގެންނުވާނެ: ރައީސް

12 ނޮވެމްބަރު 2020 | ބުރާސްފަތި 14:37

ކާރިސާތަކަކީ ޤައުމުތަކުގެ ބޯޑަރުތަކަށް އިޙުތިރާމުކުރާ, ނުވަތަ ވަކި ޤައުމަކާމެދު ތަފާކުރާ ކާރިސާތަކެއް ނޫން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 12 ނޮވެމްބަރު 2020 | ބުރާސްފަތި 14:37
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް

ދުނިޔެއަށް ކުރިމަތިވާ ކާރިސާތަކާއެކު ވަކި ގައުމުތަކެއްގެ މެދުގައި ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ ތިން ވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާހުކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ހާއްސަ ހަފުލާގައި ކުދި ޖަޒީރާ ޤައުމުތަކުގެ ދިފާއުގައި ތަޤުރީރު ކުރައްވަމުންނެވެ.

Advertisement - newsAdvertisement

އެކި ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޯވިޑް- 19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިމެވައިވާ ހާލަތުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ބަޔަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ރައްޔިތުން ކަމަށެވެ.

ރައީސް ވިދާޅުވީ, ކޯވިޑް-19 ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ހާލަތާއި އެ ޤައުމުތަކުގެ ކުރިމަގަަށް އޮތް ހުރަސްތައް ވަޒަންވެގެން ގޮސްފައިވާ ކަމުގައެވެ. މި ގޮތުން, ދިވެހި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވެމުންދާ މިންވަރަށް ބަލައި ރާއްޖޭގެ ބޯޑަރު މިހާރު ހުޅުވައިލާފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ޙާލަތާ މެދު ވިސްނާއިރު, ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ޤައުމުތަަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަންނަން ދަތިވާނެ ކަމުގައެވެ. މި ގޮތުން, ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީ ގޮތުންނާއި ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ, މިއީ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން އިތުރަށް ވިސްނަން ޖެހިފައިވާ ދަނޑިވަޅެއް ކަން ފާހަގަކުރައްވާފައެވެ. މި ގޮތުން, ކޯވިޑް-19 ގެ ޙާލަތުން ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި މިންޖުވެވުނު ނަމަވެސް, މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދުމަ ނައްތައިލެވެން ނެތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި, އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޯވިޑް-19 އަށްވުރެ ވެސް ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރެެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލައްވަމުން މުހިންމު ދެ ކަމެއްގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ގޮތުން, ކޯވިޑް-19 ގެ ޙާލަތާއެކު މުހިންމު ދެ ފިލާވަޅެއް އަޅުގަނޑުމެން ލިބިގަންނަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, ފުރަތަމަ ކަމަކީ ދުނިޔެއަށް ކުރިމަތިވާ މި ފަދަ އެކިއެކި ކާރިސާތަކަކީ ޤައުމުތަކުގެ ބޯޑަރުތަކަށް އިޙުތިރާމުކުރާ, ނުވަތަ ވަކި ޤައުމަކާމެދު ތަފާކުރާ ކާރިސާތަކެއް ނޫން ކަމުގައެވެ.

އަދި, ދެވަނަ ފިލާވަޅެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ, ދުނިޔޭގެ ހުރިހާ ޤައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ މިފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެ ކަމެވެ. އަދި, މުޅި ދުނިޔޭގެ ކުރިމަގު ރައްކާތެރިކޮށް, ކުރިއަށް ޖީލުތަކަށް ފޯރުކޮށްދެވޭނީ މި ގޮތުގައި މަސައްކަތްކޮށްގެން ކަމުގައި އެ މަނިކުފާނުގެ ތަޤުރީރުގައި ހަނދުމަކޮށްދެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް