Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމްގެ ޝަރީއަތް

ގާސިމްގެ ޝަރީއަތް: ގާޒީ ބާރީއާއެކު ބެންޗެއް، އަދަލުވެރި ހުކުމެއް ކޮށްފާނެ ކަމާ މެދު ޝައްކު!

23 އެޕްރީލު 2017 | އާދީއްތަ 13:27

ބާރީ އިންނަވައިގެން އަދަލުވެރި ހުކުމެއް ކޮށްފާނެ ކަމާ މެދު ޝައްކު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 23 އެޕްރީލު 2017 | އާދީއްތަ 13:27
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އެންމެ ފަނޑިޔާރަކު ބެއްލެވި ނަމަވެސް، އާދިއްތަ ދުވަހުގެ އަޑުއެހުމާ ހަމައިން ތިން ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލަން ފަށައިފި އެވެ.

ގާސިމްގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބެއްލެވީ ގާޒީ އާދަމް އާރިފް އެވެ. އެހެން ނަމަވެސް، އާދިއްތަ ދުވަހު ބޭއްވި އެ މައްސަލައިގެ ދެވަނަ އަޑުއެހުމާ ހަމައިން ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ މައްސަލައާ ހަވާލުވެފަ އެވެ.

Advertisement - newsAdvertisement

ފަނޑިޔާރުންގެ ބެންޗުގައި ގާޒީ އާދާމް އާރިފްއާއެކު ހިމެނިވަޑައިގަންނަވަނީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފްއާއި ގާޒީ އަހުމަދު ޝަކީލް އެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ގާޒީ ބާރީ އެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ފައްޓަވަމުން ގާޒީ ބާރީ ވިދާޅުވީ ގާސިމްގެ މައްސަލަ ދެން ބައްލަވާނީ ތިން ފަނޑިޔާރުންގެ ބެންޗުން ކަމަށެވެ.

ގާޒީ ބާރީ އެހެން ވިދާޅުވުމާއެކު ގާސިމް ތެދުވެވަޑައިގެން ވިދާޅުވީ ގާޒީ ބާރީ އިންނަވައިގެން އަދުލުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު ޝައްކު ކުރެވޭ ކަމަށެވެ. ބަންދުގެ މުއްދަތު ޖެހި މަޖިލީހަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ އޭނާ ވާހަކަ ދައްކަވަމުން ދަނިކޮށް ހުއްޓުވައި، ހުކުމް ކޮށްފައިވާ ކަމަށެވެ.

ގާސިމްގެ އެ ވާހަކަފުޅާ ގުޅިގެން ގާޒީ ބާރީ ވިދާޅުވީ އަޑުއެހުންތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެނީ ފަނޑިޔާރަށް ފެނިވަޑައިގަންނަވާ ގޮތަށް ވަކި މިންވަރަކަށް ކަމަށެވެ. އަދި ދެ މީހަކު އިށީންދެ އިނދެ ވާހަކަ ދައްކާ ގޮތަށް "ތިން ހަތަރު ގަޑިއިރު" ވަންދެން ކުރިއަށް ގެންދާ ގޮތަށް ނޯންނަ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.

ބާރީ ވިދާޅުވީ، ގާސިމް ވިދާޅުވެފައިވާ ގޮތަށް ގާސިމްގެ މައްސަލައެއް ކުރިއަށް ގެންގޮސްފައިނުވާނެ ކަމަށާއި، ޝަރީއަތްތަކުގައި ހުކުމް ކުރައްވަނީ ގާނޫނާއި ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ގާޒީ ބާރީ ވަނީ ދެ ވަނަ ފަހަރަކަށް އެފަދަ ވާހަކަފުޅެއް ނުދެއްކެވުމަށް ގާސިމްއަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

ގާސިމްގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާތަކުގެ ސީޣާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މާޗް މަހުގެ 27 ވަނަ ދުވަހު ވޯޓް ނެގުމަށް އެޖެންޑާކޮށްފައިވަނިކޮށް، މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ އެހެން ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން މަސީހު ބޭރުކުރުމަށް ވޯޓް ދެއްވައިފި ނަމަ އެ މެންބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓް ދޭނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުން ވެސް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ގާސިމްގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ދޭން އުޅުނު ކަމުގެ ދައުވާ ކޮށްފައިވާއިރު، އެ ކުށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި ގާނޫނުލް އުގޫބާތު 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ ގާސިމްގެ މައްޗަށް ކޮށްފައިވާއިރު، މި ދެ ދައުވާ ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.

އެހެންކަމުން ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 12 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ގާސިމްގެ ގާނޫނީ ވަކީލުން ވަނީ އެއް އަމަލެއްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާތީ އެކަން ގާނޫނު ގާނޫނު އަސާސީއާ ތައާރުޒުވާ ކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާތަކެއް ނަންގަވާފަ އެވެ. އަދި މައްސަލައާ ގުޅޭ ގޮތުން ތަހުގީގަށް ގާސިމް ދެއްވި ބަޔާންތަކުގެ ތެރެއިން ބަޔާނެއް ލިބިފައިނުވާ ކަމާއި ދެއްކެވި ކަމަށް ބުނާ ވާހަކައިގެ ވީޑިއޯ ސީޑީ ލިބިފައިނުވާކަން ފާހަގަ ކުރެއްވި އެވެ.

ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ދައުވާއަށް ޖަވާބުދާރީވެވޭނީ އެތަކެތި ލިބުމުން ދިރާސާ ކުރެއްވުމަށް ފަހު ކަމަށެވެ. އަދި ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލްތައް ލިބެންޖެހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލެއްވީ މި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމުގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުމާއި ހެކި ހުށަހެޅުމެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް