Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބު

ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އަޙްމަދު ހަފީޒް އިންތިޚާބުވެއްޖެ

އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ހަފީޒް އެކަނި

އަތޫފް އާތިފް
އަތޫފް އާތިފް | 8 ނޮވެމްބަރު 2020 | އާދީއްތަ 04:36
ހޮނިހިރު ދުވަހު ބޭއްވި ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބަށްފަހު މަގާމުތަކަށް ހޮވުނު ބޭފުޅުން

ހޮނިހިރު ދުވަހު ބޭއްވި ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބަށްފަހު މަގާމުތަކަށް ހޮވުނު ބޭފުޅުން

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް އަޙްމަދު ހަފީޒް އިންތިޚާބުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ޓެނިސް ކޯޓުގައި ބޭއްވި އެ އެސޯސިއޭޝަނުގެ އިންތިޚާބުގައި ވޯޓުން ފަސް މަގާމަކަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ. އެއީ ރައީސް އާއި ނައިބު ރައީސް އަދި އިތުރު ތިން މެންބަރުންނެވެ. ހަޒާންދާރުގެ މަގާމާއި ޖެނަރަލް ސެކްރެޓަރީއެއް އައްޔަނު ކުރާނީ އިންތިޚާބުވި ހިންގާ ކޮމިޓީންނެވެ.

އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ހަފީޒް އެކަންޏެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ހަފީޒަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ވިޔަފާރީ ކުރައްވާ ލިލީ ހޮޓެލްސްގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) އެވެ. އެހެންކަމުން ފެންނަ ނުފެންނަ ވޯޓުގައި 166 ވޯޓާއެކު ހަފީޒް ވަނީ އިންތިޚާބުވެފައެވެ.

އަދި މި އިންތިޚާބުގައި އެ އެސޯއިއޭޝަނު ނައިބު ރައީސްގެ މަގާމަށް މުޙައްމަދު އަމީން އާއި މުޙައްމަދު ހާނިމް ވަނީ ވާދަކުރައްވާފައެވެ. ނައިބު ރައީސްގެ މަގާމަށް މިހާރުވެސް އެމަގާމުގައި ހުންނެވި އަމީން ހޮވުނުއިރު، އޭނާއަށް ވަނީ 148 ވޯޓު ލިބިވަޑައިގެންފައެވެ. މި މަގާމަށް ދެން ވާދަކުރެއްވި، ހާނިމަށް ލިބިވަޑައިގަތީ 27 ވޯޓެވެ.

މީގެ އިތުރުން މި އިންތިޚާބުގައި ހިންގާ ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް ހޮވިފައިވާ ތިން މެމްބަރުންނަކީ ހަސަން ޝާމާއި، ޔޫސުފް ރިޒާ އަދި އަޒްމާ އިބްރާހީމެވެ.

ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އިންތިޚާބުވުމަށްފަހު ހަފީޒް ވިދާޅުވީ އޭނާ ކުރިއަށްވަޑައިގަންނަވާނީ ކުރީގެ ރައީސް އަޙްމަދު ނަޒީރު ހިންގެވިމަގުން ކަމަށާއި، ނަޒީރަކީ ރާއްޖޭގެ ޓެނިސް މިހާ ހިސާބަށް ގެނައުމުގެ އަސްލު ކަމަށެވެ. އަދި ވިދާޅުވީ އައު ހިންގާ ކޮމިޓީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ކުޅުންތެރިން ސަރަހައްދީ ފެންވަރުގައި ވާދަކުރެވޭނެ ހިސާބަށް ގެންދިއުން ކަމަށެވެ. އަދި މުޅި ރާއްޖެއަށް ޓެނިސް ފުޅާކުރުމުގެ ވިސްނުން އެބަހުރި ކަމަށްވެސް ހަފީޒް ވިދާޅުވިއެވެ.

ރާއްޖޭގައި ޓެނިސް ކުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ކުޅިވަރު ވަސީލަތް ގާއިމުވެފައިވާ ކުޅިވަރަކީ ޓެނިހެވެ. ކޮންމެ އަހަރަކުވެސް ޓެނިހުން ގިނަ މުބާރާތްތަކެއް ބާއްވަމުންދިޔަ ނަމަވެސް، ޓެނިސް ކުޅޭ ކުޅުންތެރިންގެ އަދަދު އިތުރުވަމުންދަނީ ވަރަށް މަދުންނެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ޓެނިހުން ރާއްޖެއަށް އެކަށީގެންވާ ކާމިޔާބީއެއް ހޯދިފައިނުވާއިރު ޓެނިހަކީ ނިސްބަތުން މަދު އެތްލީޓުން ހިމެނޭ ކުޅިވަރެކެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
13 މާރިޗު 2017

އިންޓަ އޮފީސް ކޮމްޕެނީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި

13 މާރިޗު 2017
އިންޓަ އޮފީސް ކޮމްޕެނީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް