Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގުތަކަށް ކުނި އެޅުމުގެ މައްސަލަ

މަގުތަކަށް ކުނިއަޅާ މީހުން މިހާރު ނިސްބަތުން މަދު: މޭޔަރ ޝިފާ

7 ނޮވެމްބަރު 2020 | ހޮނިހިރު 08:48

ހަމައެއް ލަމައެއްނެތި މާލެ މަގުތަކުގައި ޕާކު ކޮށްފައިވާ ސައިކަލު ތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވޭ

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 7 ނޮވެމްބަރު 2020 | ހޮނިހިރު 08:48
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު

މާލެ މަގުތަކަށް ކުނިއަޅާ މީހުން މިހާރު ނިސްބަތުން މަދުކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިހެން ވިދާޅުވީ ހޮނިހިރު ދުވަހު މާލެތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ފައްޓަވާދެއްވާ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުންނެ އެވެ.

Advertisement - newsAdvertisement

އަދިވެސް އެންމެ އެދެވިގެންވާ ފެންވަރަށް މާލޭގެ މަގުތައް ސާފުތާހިރު ނުވާ ކަމަށާއި އެގޮތުން ހޮނިހިރު ދުވަހު ފެއްޓި މި ޕްރޮގްރާމް އަކީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެ އަކީ ސާފު ތާހިރު ތަނަކަށް ހެދުމަށްޓަކައި ފެށާފައިވާ ޕްރޮގްރާމެއްކަމަށް ޝިފާ ވިދާޅުވި އެވެ.

މީގެ އިތުރުން މާލެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ ދަތިވާ ކަމެއް ގޮތުގައި މޭޔަރ ފާހަގަ ކުރެއްވީ ހަމައެއް ލަމައެއްނެތި މާލެ މަގުތަކުގައި ޕާކު ކޮށްފައިވާ ސައިކަލު ތަކުގެ ސަބަބުންނެވެ.

މާލެ މަގުތަކަކީ އެހާ ބޮޑެތި މަގުތަކަށް ނުވާއިރު ބައެެއް ފަހަރު މާލޭގެ މަގުތަށް މަތީގައި ގޭގެއިން ބޭރު ކުރާ ކޮންކްރީޓް މަސައްކަތް ތަކުގެ ސާމާނުތަށް ބަހައްޓާކަން ފާހަގަ ކުރެވޭ ކަމަށާއި މިފަދަ ތަންތަނަކީ ވެމްކޯގެ ވެހިކަލްތައް އެމަގުތަކަށް ވައްދައިގެން ސާފު ކުރެވޭނޭ ތަންތަން ކަމަށްވީ ނަމަވެސް އެފަދަ މަގުތަކުގައި ދެފަރާތުގައި ސައިކަލްތަށް ބަހައްޓާފައި ހުރުމުން ކުނިތައް ނެގުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

އުންމީދު ކުރަނީ ކުރިޔަށް އޮތްތަނުގައި ކެފޭ އަދި ރެސްޓޯރެންޓް ތަކުގެ މީހުން އަމިއްލައަށް ޒިންމާ ނަގާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ވެމްކޯގެ ހައުސް ހޯލްޑް މެނޭޖަރ މުހައްމަދު ޝާން ވިދާޅުވީ މި ޕްރޮގްރާމުގައި ވެމްކޯގެ 40 ވަރަކަށް މުއައްޒަފުންނާއި މާލެ ސިޓީ ކައުންސިލްގެ ހުރިހާ މުއައްޒަފުން ބައިވެރިވާނެކަމަށެވެ.

މީގެ އިތުރުން ޝާން ވިދާޅުވީ މަގުތަކަށް ކުނި އަޅާއިރު އަނެއްމީހާއަށް އޭގެ ސަބަބުން ގެއްލުމެއް ވެދާނެ ކަމަށް އެއްވެސް މީހަކު ނުވިސްނާ ކަމަށެވެ.

އަދިވެސް ވެމްކޯއަށް ރަޖިސްޓްރީ ނުކުރާ މީހުން ވަރަށް ގިނަ ކަން ފާހަގަކުރަމުން ޝާން ވިދާޅުވީ މާލޭގައި 15000 ވަރަކަށް މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު މާލޭގައި 35000 ވަރަކަށް ގެ ހުންނަކަމަށާއި އެގޮތުން ބަލާނަމަ ރަޖިސްޓްރީ ނުކޮށް ހުރި މީހުން އަދިވެސް ގިނަ ކަމަށެވެ.

އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ވެސް ރަޖިސްޓްރީ ނުކުރާ ތަންތަން ގިނަ ކަމަށް ޝާން ފާހަގަ ކުރިއެވެ.

ރަޖިސްޓްރީނުކޮށް ތިބި ކަސްޓަމަރުން ވީހާވެސް އަވަހަކަށް ވެމްކޯއަށް ގުޅައިގެން ނުވަތަ ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ޝާން ވަނީ އިލްތިމާސް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް