Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިމިގްރޭޝަން ސްޓެޓިޖިކް ޕްލޭން

12 އަހަރަށް ފަހު، އިމިގްރޭޝަންގެ ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވާލައިފި

ސަރުކާރުގެ ކޮންމެ ތަނެއްގައި ވެސް ސްޓްރެޓިޖިކް ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2020 | ބުރާސްފަތި 11:21
ސްޓްރެޓިޖިކް ޕްލޭން ނެރުން

ސްޓްރެޓިޖިކް ޕްލޭން ނެރުން

ފާއިތުވި 12 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިމިގްރޭޝަން އިން ސްޓްރެޓިޖިކް ޕްލޭންއެއް އެކުލަވާލާ އެޔަށް އަމަލު ކުރަން ފަށައިފިއެވެ.

ބުރާސްފައި ދުވަހު ވެލާނާގޭގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްލޭން އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލްއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ކޮންމެ އިދާރާއެއްގައިވެސް ސްޓްރެޓިޖިކް ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ކަމަށެވެ. ނަމަވެސް މި މަސައްކަތުގައި އަމަލީ ސިފަ ޖެހިގެންދިޔައީ ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ސްޓްރެޓިޖިކް ޕްލޭންއެއް އޮތުމަކީ ވަރަށް މުހިންމު ކަމަށެވެ. މީގެއިތުރުން ފާއިތުވި ދެ އަހަރު ތެރޭގައި ސަރުކާރުގެ އެކިއެކި އިދާރާތަކަށް ގެނެވިފައިވާ ބަދަލުތައް ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވިޝަން އަކީ ވަރަށް ރިވޮލިއުޝަނަރީ ވިޝަންއެއް ކަމަށެވެ.

ކުރީގެ ސަރުކާރުތަކުން ކަންކަން ކުރަމުން އައި ގޮތާއި މި ސަރުކާރުގެ ކަންކަން ކުރަމުން އަންނަ ގޮތް ތަފާތުކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ މިކަމުގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުން ތަކާއި ފާއިތުވި ދެ އަހަރު ތެރޭގައި ދިމާވި ކަމަށެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ މުޅި ދައުލަތް އެއް ވިސްނުމަކަށް މިސްރާބު ޖަހާފައިވައި މަންޒަރު ކަމަށެވެ.

އިމިގްރޭޝަން އިން އިގްތިސޯދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޒަމާނުއްސުރެއް ކަންތައް ކުރަމުން އައިސްފައިވާގޮތަށް މިއަށް ވުރެއްވެސް ބޮޑަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އިޤްތިސާދު، ގައުމަށް އަންނަ މެހެމާނުންނަށް ބަރޯސާވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އަންނަ މެހެމާނުންނަށް ކަމޭހިތަންޖެހޭ ކަމަށާއި، ގައުމަށް އަންނަ އެންމެ މުއްސަނދި މީހާއިން ފެށިގެން ގައުމަށް މަސައްކަތް ކުރަން އަންނަ އެންމެ އާދައިގެ މަސައްކަތްތެރިޔަކާއި ދޭތެރޭގައިވެސް އިހްތިރާމާއެކު އަމަލު ކުރަން ޖެހޭނެ ކަމަށެވެ. މި ވިސްނުމުގައި އިމިގްރޭޝަން އަށް ވަރަށް ގިނަ ބަދަލުތަކެއް ހުށައެޅުފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ވިސާ ދިނުމުގައިވެސް ވަރަށް ބޮޑުތަން ފަސޭހަ ވާނެ ގޮތަކަށް މިހާރު ބަދަލު ކުރެވިފައިވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބިދޭސީ ވަގު ވިޔަފާރީގެ މައްސަލަ ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެއީ އިމިގްރޭޝަން އަދި އެކޮނޮމިކް މިނިސްޓަރީ އަށް އޮތް ވަރަށް ލަދުވެތި މާޒީއެއް އޮތް ކަމެއްކަމަށެވެ. ނަމަވެސް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކޮށް މިހާރު ވަރަށް ބައިވަރު ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިސްރާބު ހުރީ މިކަންތަށް ދާއިމީކޮށް ހައްލު ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިމިގްރޭޝަން އާއި ނުލައި މަސްކަތްތައް އެހާ ފުރިހަމަ އަށް ނުދިޔައީސްކަން ފާހަގަކުރައްވާ ދެ މުއައްސަސާ އެކުވެ ކުރެވުނު ކަންތައްތަކަށް މިނިސްޓަރ އިމިގްރޭޝަންގެ އިސްވެރިންނަން ޝުކުރު އަދާ ކުރައްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު