Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައުޗީ އަށް ބަހުގެ ހަމަލާތަކެއް ޓްރަމްޕް ދެއްވުން

ފައުޗީ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އިންތިޚާބު ނިމުމުން އެކަމާމެދު ގޮތެއް ނިންމަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ނޮވެމްބަރު 2020 | އަންގާރަ 06:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑރ އެންތަނީ ފައުޗީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑރ އެންތަނީ ފައުޗީ

އެމެރިކާގެ ރިޔާސީ އިންތިޚާބު ނިމުމުން ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި އެމެރިކާ ސަރުކާރަށް ލަފާ ދޭ އެންމެ އިސް ސައެންސްވެރިޔާ ޑރ. އެންތަނީ ފައުޗީ މަގާމުން ވަކިކުރައްވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ފްލޮރިޑާގައި އޮތް ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވަމުން ގެންދެވިއިރު ރެލީގައި ބައިވެރިވިން ވަނީ އަޑުހަރުކޮށް ފައުޗީ މަގާމުން ވަކިކުރުމަށް ގޮވާލަމުންނެވެ. އެމެރިކާއަކީ މުޅި ދުނިޔޭގައިވެސް ކޮވިޑް-19 އެންމެ ގިނަ މީހުންނަށް ޖެހި އަދި މަރުވަމުންދާ ގައުމެވެ. އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 9 މިލިއަނަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 231،000ށް ވުރެ މަތިވެފައެވެ.

ރެލީގެ ބައިވެރިން ފައުޗީ ވަކިކުރުމަށް ގޮވާލަމުންދިޔުމާއެކު އެކަމަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމީހުންގެ އެ ނަސޭހަތް ބަލައިގަންނަ ކަމަށާއި އިންތިޚާބު ނިމުމުން އެކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު އިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައުޗީ ކަހަލަ ކަމާބެހޭ މާހިރުން ދޭ އިރުޝާދުތައް އަޑުއަހާނެ ރައީސެއް އެމެރިކާ އަށް ބޭނުންވާ ކަމަށެވެ.

ބައިޑަން ގެންދަވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެމެރިކާއަށް އެކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުންވަމުންދާ ކަމަށް ވިދާޅުވަމުންނެވެ. ޓްރަމްޕް ގެންދަވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތައް ދިފާޢުކުރައްވާ ބައިޑަން ބޭނުންވަނީ ގައުމު ލޮކްޑައުންކޮށްގެން ބާއްވަން ކަމަށް ވިދާޅުވަމުންނެވެ.

ޓްރަމްޕްގެ މިވާހަކަފުޅަކީ ފައުޗީ މަގާމުން ވަކިކުރުމާއި ގުޅޭގޮތުން މިހާތަނަށް ޓްރަމްޕް ދެއްކެވި އެންމެ ސީރިއަސް ވާހަކަފުޅެވެ. ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވެ ވޮޝިންގޓަން ޕޯސްޓަށް ދެއްވި އިންޓަރވިއުއަކާ ގުޅިގެންނެވެ.

ފައުޗީ ވިދާޅުވެފައި ވަނީ އާއްމު ސިއްހަތުގެ ނަޒަރުން ވިސްނާއިރު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވަރަށް ބޮޑަށް ސީރިއަސްވެފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވަނީ ތަފާތު ވިސްނުންފުޅެއް ކަމަށާއި ޓްރަމްޕް ބޭނުންފުޅު ވަނީ އިގްތިސާދު ފުޅާކޮށް ގައުމު ހުޅުވާލަން ކަމަށް ފައުޗީ ވިދާޅުވެފައިވެ އެވެ.

ފައުޗީ މިމޭރުމުން ވާހަކަދެއްކެވުމުން ވައިޓް ހައުސްގެ ތަރުޖަމާން ވަނީ ފައުޗީ ގެންދަވަނީ ނުސީދާކޮށް ބައިޑަން އަށް ކެމްޕެއިން ކުރައްވަމުން ކަމަށް ވިދާޅުވެފައެވެ.

ސެޕްޓެމްބަރ މަހު ނަގާފައިވާ ޕޯލަކުން ދައްކާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ފައުޗީ ދޭ މައުލޫމާތުތަކަކީ ޞައްހަ، ބަރޯސާވެވޭ މައުލޫމާތުތަކެއްކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރެ އެވެ.

ފެޑްރަލް އިމްޕްލޯއިމެންޓް ލޯވ ޓްރެއިނިނގް ގްރޫޕްގެ މާހިރުން ބުނާގޮތުގައި ފައުޗީ މަގާމުން ވަކިކުރުމުގެ ސީދާ ބާރެއް ރައީސަށް ލިބިގެންނެއްނުވެ އެވެ. އެއީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިޔުމަން ސަރވިސަސް (އެޗްއެޗްއެސް) ގައި ފެޑެރަލް ރޯލެއް އަދާކުރައްވާތީ އެވެ. ފައުޗީ އަކީ ރައީސް އައްޔަނުކުރާ ސިޔާސީ މަގާމުގައި ހުންނެވި ބޭފުޅެއް ނޫނެވެ.

އެހެންނަމަވެސް ޓްރަމްޕަށް އެޗްއެޗްއެސްގެ އޮފިޝަލުންނަށް ފައުޗީ މަގާމުން ވަކިކުރުމަށް އަމުރުކުރެއްވިދާނެ އެވެ. އެގޮތަށް އަމުރުކުރެއްވޭނީ ރަނގަޅަށް މަސައްކަތްނުކުރެއްވުމާއި، މަސައްކަތުގެ އަޚުލާގާއި ޚިލާފުވުން ފަދަ ސަބަބަކާ ހެދިއެވެ. ރައީސް އާއި ކަމެއްގައި ޚިޔާލުތަފާތުވުން އަދި އެގޮތަށް އަމުރުކުރުމަށް އެންގުމަށް ލިބިދޭ ސަބަބެއްކަމަށް ނުވާ ކަމަށް މާހިރުން ބުނެއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު