Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޫޓުގެ ފައިސާ ފޭރުމުގެ މައްސަލަ

ރޭވިގެން ހިންގާ ޓެރަރިޒަމް ފަދަ ކުށްތަކަށް އަރައިގަންނަ މިންވަރު ދަނީ އިތުރުވަމުން: އެންސީޓީސީ

އެ މައްސަލައާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާ ބައްދަލު ކުރައްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ނޮވެމްބަރު 2020 | ހޯމަ 07:35
އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ކޮމިޓީއަށް މައުލޫމާތު ދެއްވަނީ

އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ކޮމިޓީއަށް މައުލޫމާތު ދެއްވަނީ

ރޭވިގެން ސިލްސިލާކޮށް ޓެރަރިޒަމް ފަދަ ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވަމުންދާކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ބުނެފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ 25 އޮކްޓޯބަރު 2020 ވަނަ ދުވަހު ބޭންކް އޮފް ސިލޯން ކުރިމަތީގައި ރޫޓް ކުންފުނީގެ ފައިސާތަކެއް ފޭރެން ބަޔަކު މަސައްކަތް ކުރި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާ ބައްދަލު ކުރައްވައި މައުލޫމާތު އޮޅުން ފިލުވާފައެވެ.

މި ބައްދަލުވުމަށް ވަޑައިގެން އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، މިހާރަކަށް އައިސް ރޭވިގެން ސިލްސިލާކޮށް ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ވަޅިން ޙަމަލާދިން ހާދިސާއާއި، މަހިބަދޫގައި އޮތް ފުލުހުންގެ ލޯންޗެއް އަންދާލި ހާދިސާފަދަ ކަންކަން އިތުރުވަމުންދާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެފަދަ ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން މަގުމަތި ބެލެހެއްޓުމާއި، ބޭންކް ފަދަ ޚިދުމަތްދޭ ތަންތަން ޕެޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރުވެސް މިހާރަށްވުރެ އިތުރުކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މިކަމުގައި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް ޒަކަރިއްޔާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމަށް ވަޑައިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ، ރޫޓްގެ ފައިސާ ފޭރުމުގައި ބައިވެރިވި އެންމެން ދެނެގަނެވިފައިވާ ކަމަށާއި، އެކަމުގައި އަމަލީ ގޮތުން ބައިވެރިވި 4 މީހުންނާއި، ވޭނަށް ފާރަލަމުން ދިޔަ އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަމަލީ ގޮތުން މި ފޭރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ވަނަވަރު އާއްމުކޮށްފައި ވަނީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) އެވެ.

ފުލުހުން ބުނި ގޮތުގައި މި ހަތަރު މީހުންނަކީ ވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު