Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކޯލިޝަނުގެ ޖަލްސާ

ވާރޗުއަލްކޮށް ޖަލްސާ ބޭއްވުމަށް އެންގުމުން ޝުޖާއު "ރަތަށް"!

1 ނޮވެމްބަރު 2020 | އާދީއްތަ 10:54

ޝުޖާއު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ތިބީ، މިގޮތަށް ވާރޗުއަލްކޮށް ކަންކަން ކުރުމަށް، ފަސް އަހަރުގެ ދައުރެއް ނިންމަން ދޭގޮތަކަށް ނޫން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ނޮވެމްބަރު 2020 | އާދީއްތަ 10:54
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، އިދިކޮޅު ކޯލިޝަނުން ދާދިފަހުން ބޭއްވި އެއްވުމެއްގެ ތެރެއިން

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، އިދިކޮޅު ކޯލިޝަނުން ދާދިފަހުން ބޭއްވި އެއްވުމެއްގެ ތެރެއިން

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން އަންގާރަ ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އެންގުމާ ގުޅިގެން، އިދިކޮޅު ކޯލިޝަނުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

ނޮވެމްބަރު 3 ފާހަގަކުރުމަށް "ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅުން ބާއްވަން ބޭނުންވި ޖަލްސާއާ ގުޅޭގޮތުން އެޗްޕީއޭ އަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް އަންގާފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވިއެވެ. އަދި ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދަށް އެދުމުން އެ ހުއްދަ ދެވެން ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް ނުވަތަ އެއްވުމެއް ބާއްވާއިރަށް އެޗްޕީއޭއަށް ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ކޮވިޑް-19 ނެތް ރަށްރަށަށް އަރަމުންދާއިރު، އެކަމަށް އެޗްޕީއޭއަށް އެއްވެސް ފިޔަވަޅެއް އެޅޭތަނެއް ނުފެންނަ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، އުތީމުުގައި މިއަހަރުގެ ގައުމީ ޖަލްސާ ބޭއްވުމަށް އެރަށަށް ސަރުކާރުގެ އިސްވެރިން ހިމެނޭ ގޮތަށް މާލެއިން ގިނަ ބަޔަކު ވަޑައިގެންނެވިއިރު، އެރަށަކީ ކޮވިޑް-19ގެ ކަންކަން ވަރަށް ރަނގަޅަށް މެނޭޖް ކުރަމުންދާ ރަށެއް ކަމަށެވެ. އަދި އެރަށަަށް ގިނަ ބަޔަކު ދިއުމާ ގުޅިގެން ރަށުގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ހުރިކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ، އިދިކޮޅި ކޯލިޝަނުގެ ޖަލްސާ ވާރޗުއަލްކޮށް ބޭއްވުމަށް އެޗްޕީއޭއިން އެންގިއިރު، އެމްޓީސީސީއާއި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން އިރުއިރުކޮޅާ ކޮންމެވެސް ރަށަކަށް ވަޑައިގެންނަވާއިރު، އެބޭފުޅުން ކުރައްވާ ކަންކަން ވާރޗުއަލްކޮށް ކުރުމަށް އެޗްޕީއޭއިން އެންގުމަށް ގޮވާލައްވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެޗްޕީއޭއިން ދައްކާ ވާހަކަ ދިމާނުވާ ކަމަށާއި، އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް ބާއްވަން ނުވަތަ ކަމެއްކުރަން ރާވާއިރަށް ވާރޗުއަލްކޮށް އެކަމެއް ކުރަން އެޗްޕީއޭއިން އެންގުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިގޮތަށް ވާރޗުއަލްކޮށް ކަންކަން ބޭއްވުމަށް ފަސް އަހަރުގެ ދައުރެއް ނިންމަން ދޭގޮތަށް އިދިކޮޅު ކޮލިޝަނުން ބަލަހައްޓައިގެން ނުތިބޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ކަލަންޑުގައި 3 ނޮވެމްބަރު ނެތް ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފިކުރުގެ މީހުންގެ ކަލަންޑުގައި އެ ދުވަސް އޮންނާނެ ކަމަށާއި އެ ތާރީހު ފާހަގަކުރަން ރައްޔިތުންގެ ތާއީދާއެކީގައި ވީ ހާލެއްގައި ޖަލްސާ ބާއްވާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އަދި އެ ޖަލްސާ ދެން ބާއްވާނީ ޕީޕީއެމް އޮފީހުގެ ކުރިމަތީގައި ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް