Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ ހުސައިން ޝަމީމް

ޖިނާއީ އަދުލުގެ ނިޒާމުގެ އިދާރާތަކުގެ ގުޅުން ރަނގަޅު ކުރުމަށް ރައީސްގެ އެދިވަޑައިގަތުމެއް ޕީޖީއަށް!

1 ނޮވެމްބަރު 2020 | އާދީއްތަ 07:11

ޕީސީސީއާރު އިން ރައީސަށް ރިކޮމެންޑޭޝަން ރިޕޯޓެއް ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ނޮވެމްބަރު 2020 | އާދީއްތަ 07:11
އާދިއްތަ ދުވަހު ރާއްޖެޓީވީގެ \"ފަށާއިރު\" ޕްރޮގްރާމްގައި ޕީޖީ ޝަމީމް ވާހަކަ ދައްކަވަނީ

އާދިއްތަ ދުވަހު ރާއްޖެޓީވީގެ \"ފަށާއިރު\" ޕްރޮގްރާމްގައި ޕީޖީ ޝަމީމް ވާހަކަ ދައްކަވަނީ

ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ ގުޅުން ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްއާއި ޙަވާލު ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ، ކުރީގެ ސަރުކާރުގައި ހިންގި ޚިޔާނާތްތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން (ޕީސީސީއާރު) އިން ރައީސަށް ރިކޮމެންޑޭޝަން ރިޕޯޓެއް ހުށައަޅާފައިވާ ކަމަށެވެ. އަދި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ ގުޅުން ރަނގަޅު ކުރަންޖެހޭ ކަމަށް ފެންނަ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕީޖީ އިތުރަށް ވިދާޅުވީ، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ދައުލަތުގެ މުއައްސަސާތައް ހިނގަނީ އެންމެ ރަނގަޅަށްތޯ ކަށަވަރު ކުރުމަށް އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އަދި އެގޮތުގެ މަތިން ރައީސްގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކެވެ. އެގޮތުން އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ސަރުކާރުގެ އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތް ކުރޭތޯ ބެއްލެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ޕީޖީ ވިދާޅުވީ، އޭގެ ނަތީޖާއެއްގެ ގޮތުން ތަހުޤީޤީ އިދާރާތަކާއި ގުޅިގެން ބޮޑެތި މައްސަލަތައްވެސް ދެބަސްވުމެއް ނުވަތަ ޙިޔާލު ތަފާތުވުމެއް ނެތި ކޯޓަށް ހުށައެޅި ޝަރީއަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ރައީސްގެ ވެސް އެދިވަޑައިގަތުމަކީ އެއީކަން ޕީޖީ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މަޤާމުގެ ޒިންމާއާ ޙަވާލުވެވަޑައިގެން، ފުރިހަމަ ކުރެއްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

16 މެއި 2017

ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ

16 މެއި 2017
ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ
13 އެޕްރީލު 2017

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ

13 އެޕްރީލު 2017
 ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
03 އެޕްރީލު 2017

ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން

03 އެޕްރީލު 2017
ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް