Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބްރޯޑްކޮމް

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ

އާލާ ޖޫރިމަނާ ކުރިއިރު އާލާގެ ބަހެއް ކޮމިޝަނުން ހޯދާފައެއް ނުވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 13 އެޕްރީލު 2017 | ބުރާސްފަތި 19:30
އާލާ އިބްރާހިމް ރަޝީދު

އާލާ އިބްރާހިމް ރަޝީދު

ރޭޕްގެ މައްސަލައަކާ ގުޅޭ ގޮތުން ލިޔުނު ހަބަރެއްގެ މައްސަލައިގައި އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަަމުގެ ގާނޫނުގެ ދަށުން ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައިވާ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހީމް ރެަޝީދުގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ބްރޯޑްކަސްޓިން ކޮމިޝަނުން އާލާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ 19 ނޮވެންބަރު 2016 ވަނަ ދުވަހު ރާއްޖެޓީވީން ގެނެސްދިން ހަބަރަކާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ހަތެއް މާޗް 2017 ވަނަ ދުވަހު ބަލައި ނިންމާފައިވާ މައްސަލައިގައި ހަބަރު ތައްޔާރުކުރި ރިޕޯޓަރު އާލާ އިބްރާހީމް، އަބުރު ރައްކާޔެރި ކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ހަތުރު ވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލްގެ 10 ވަނަ މާއްދާގެ (ށ) ގެ އެކެއްގެ ދަށުން 50،000 ރ އިން ޖޫރިމަނާ ކޮށްފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މި ފައިސާ މައްސަލަ ނިންމި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބްރޯޑްކޮމް އަށް ދެއްކުމަށް އާލާ އަށް އެންގި ނަމަވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް ބްރޯޑްކޮމް އިން އާލާ އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ،

އެހެން ކަމުން އާލާ އެ ފައިސާ ދައްކާފައި ނުވާތީ އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލްފާޅުކުރުމުގެ މިނިވަން ކަަމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގެ މަތިން މި މައްސަލަ ތަހުގީގު ކޮށް ޖިނާއީ ފައުވާ ކުރުމަށްޓަކައި ޕްރޮސިކިޔުޓާ ޖެނަރަލްހެ އޮފީހަށް ފޮނުވައި ދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް މައްސަލަ ފޮނުވާފައިވާ ކަމަށް ބްރޯޑްކޮމް އިން އާލާ އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ރޭޕްގެ ހަބަރާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ތަހުގީގަށް ފަހު ކޮށްފައިވާ ޖޫރިމަނާއާ ގުޅިގެން އާލާ ބުނެފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެ ރޭޕް ކޭސްއާ ގުޅޭ ހަބަރު ލިޔުމުގެ ކުރިން އައްޑޫ ސިޓީގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އިސް ފަރާތެއް ކަމަށްވާ ފަސާހަތު ހުސެންގެ ބަހެއް ހޯދަން މަސައްކަތް ކުރި ކަމަށެވެ.

އެގޮތުން ރޭޕްގެ އެ މައްސަލައާ ގުޅިގެން އެކަން ދިމާވި ކުއްޖާގެ އާއިލާއިން ދިން މައުލޫމާތުތަކާ އަދި އައްޑޫ ސިޓީގައި ޖެންޑާ މިނިސްޓްރީގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވި ފަސާހަތު އަށް ކުރި ތުހުމަތުތަކާ ގުޅިގެން ފަސާހަތުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ފޯނަށް ގުޅާ މެސެޖު ކުރި ކަމަށެވެ. އަދި އެއިން އެއްވެސް މެސެޖަކަށް ވެސް އަދި ފޯން ކޯލަކަށް ވެސް ފަސާހަތު ޖަވާބް ދީފައި ނުވާ ކަމަށް އާލާ ބުންޏެވެ. އަދި ފަސާހަތު ފޯނަށް ޖަވާބް ދީފައި ނުވާކަން ހަބަރުގައި ގެނެސްދީފައިވާނެ ކަމަށް ވެސް އާލާ ބުންޏެވެ.

އާލާ ބުނީ ބްރޯޑްކާސްޓިން ކޮމިޝަނުން އެ ހަބަރާ ގުޅޭ މައްސަލަ ބެލިއިރު އޭނާގެ ބަހެއް ހޯދާފައި ނުވާތީ ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި އެ ހަބަރާ ގުޅިގެން ޖަވާބްދާރީ ވުމަށް އެ ކޮމިޝަނަށް ހާޒިރުވުމަށް ވެސް އަދި ޖަވާބްދާރީ ވުމަށް އެއްވެސް ސިފައެއްގައި ފުރުސަތު ނުދީ، ބޮޑު ޖޫރިމަނާއެއް ކުރީތީ ކަންބޮޑުވާ ކަމަށް އާލާ ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު