Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ދުނިޔެ

އެމްޑީޕީގައި ފެކްޝަނެއް އޮތް ކަމަށް އިދިކޮޅުން ބުނަނީ ފިތުނަ އުފައްދަން: އިންތި

1 ނޮވެމްބަރު 2020 | އާދީއްތަ 04:24

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ އެމްޑީޕީގައި ދެ ފެކްޝަނެއް އޮތް ކަމަށް ވިދާޅުވެފައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 1 ނޮވެމްބަރު 2020 | އާދީއްތަ 04:24
އިމްތިޔާޒް ފަހުމީ، އަދި ރައީސް ޞާލިހާއި ރައީސް ނަޝީދު

އިމްތިޔާޒް ފަހުމީ، އަދި ރައީސް ޞާލިހާއި ރައީސް ނަޝީދު

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައި ފެކްޝަނެއް އޮތް ކަމަށް ބުނެ، އިދިކޮޅުން އެވާހަކަ ދައްކަނީ ސަރުކާރާއި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމުގެ މަގްސަދުގައި ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް މިހެން ވިދާޅުވިއިރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ފާއިތުވި ހަފްތާގައި ގާނޫނޫއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އެމްޑީޕީގައި ދެ ފެކްޝަނެއް އޮތް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އަދި އެކަމާއި ގުޅިގެން އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އެކަމަށް ރައްދު ދެއްވާފައެވެ.

Advertisement - newsAdvertisement

ރާއްޖެޓިވީގެ "ސިޔާސީ ދުނިޔެ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، އެޕްޑީޕީ ބަލިކަށި ކުރުމަށްޓަކައި ރައްޔިތުންނަށް ވަސްވާސް ދީގެން އެ ޕާޓީގެ އެތެރޭގައި ފެކްޝަނެއް އޮންނަ ކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކުމަކީ އިދިކޮޅު ޕާޓީތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަރަށް ބޭނުންވާނެ ކަމެއް ކަމަށެވެ. އަދި އެގޮތަށް ވާހަކަ ދެއްކި ނަމަވެސް، އެބޭފުޅުން ބޭނުންވާ މަގްސަދު ހާސިލް ނުވާނެ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހާއި، ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންނަށް ދެރަ ގޮތެއް ހައްދަވާނެ ދެ ބޭފުޅުން ނޫން ކަމަށެވެ. އަދި ހަމަ އެއާއެކު އެޕްޑީޕީއަކީ އެތަކެއް ބައިވަރު މެންބަރުންނަކާއެކު، އެތައް ގުރުބާނީތަކެއް ވެގެން މިހިސާބަށް އައިސްފައިވާ ޕާޓީއަކަށްވާއިރު، އެޕާޓީން މި ގައުމުގު އެއްވެސް ރައްޔިތަކަށް ދެރައެއް ދިނުމަށް ނޭދޭނެ ކަމަށެވެ. އިމްތިޔާޒް ވިދާޅުވީ، މިވަގުތުވެސް ރާއްޖޭގެ ރައްޔިތުންނަށް އޮތް ހަމައެކަނި އުންމީދަކީ އެމްޑީޕީ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ރައީސް ނަޝީދާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ޖޭއެސްސީގައި އިންނަވާ އިންނެވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަމުންނެވެ. އެކަމާއި ގުޅިގެން އިމްތިޔާޒް ވިދާޅުވީ އެފަރާތްތަކުން އެގޮތަށް ވާހަކަ ދައްކަނީ ގާނޫނޫ އަސާސީ ރަނގަޅަށް ނޭނގޭތީ ކަމަށެވެ. އަދި ރައީސް ނަޝީދާއި ހިސާން އެ މަގާމުގައި ތިއްބަވަނީ ގާނޫނޫ އަސާސީން އެގޮތަށް ލާޒިމްކޮށްފައި އޮތުމުން ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނެވި ނަމަވެސް އިންސާފުން ބޭރުން ވަކި ފަރާތަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަކަށް އެދިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ހަމަ އެހެންމެ އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ވުމަށް ރައީސް ނަޝީދު މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވަނީ އިދިކޮޅު ފަރާތްތަކުގެ ޓީވީ ޗެނަލަކުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރުމުންދާ މަސައްކަތް ކުއްވެރިކޮށް، އެކަންކަން ހަމަ މަގަށް އެޅުވުމަށް ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް