Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 - އިނގިރޭސިވިލާތުގެ ހާލަތު

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އިނގިރޭސިވިލާތް ލޮކްޑައުން އަކަށް ދަނީ!

1 ނޮވެމްބަރު 2020 | އާދީއްތަ 04:52

ގެއިން ބޭރަށް ނުކުމެ ހެދޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް

އަތޫފް އާތިފް
އަތޫފް އާތިފް | 1 ނޮވެމްބަރު 2020 | އާދީއްތަ 04:52
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން

ކޮވިޑްގެ ނުރައްކާ ބޮޑުވެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ލޮކްޑައުންއަކަށް ދިއުމަށް ނިންމާފައިވާކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ގައުމާއި މުހާތަބު ކުރައްވާ ޖޯންސަން ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ލޮކްޑައުންއަކަށް ދިއުމަށް އެގައުމުން ނިންމާފައިވާ ކަމަށާއި، އެހެންކަމުން ރެސްޓޯރެންޓުތަކާއި ފިހާރަތަކުގެ އިތުރުން ގައުމުގެ ބޯޑަރުވެސް ކުރިއަށް އޮތް ހަތަރު ހަފްތާއަށް ބަންދުވާނެ ކަމަށެވެ. އަދި މި ދުވަސްތަކުގައި އެއްވެ އުޅުން މަނާވާނެ ކަމަށާއި ގެއިން ބޭރަށް ނުކުމެ ހެދޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ކަމަށް ޖޯންސަން ވިދާޅުވިއެވެ. ނަމަވެސް ކެފޭ ރެސްޓޯރެންޓްތައް އަދި ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެކަމަށް ޖޯންސަން ވިދާޅުވިއެވެ.

ޖޯންސަން ވިދާޅުވީ އިނގިރޭސިވިލާތައް ކޮވިޑްގެ ދެވަނަ ރާޅު ބިންދާލާފައިވާ ކަމަށާއި، މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ނުކޮށްފިނަމަ އޭގެ ގެއްލުން ރައްޔިތުންގެ އިތުރުން ގައުމަށްވެސް ކުރާނެ ކަމަށެވެ. އަދި އިނގިރޭސިވިލާތުން އަބަދުވެސް އިސްކަމެއް ދެއްވަމުން އަންނަނީ އެގައުމުގެ ރައްޔިތުންގެ ސިއްހަތަށް ކަމަށް ޖޯންސަން ވިދާޅުވިއެވެ. ޖޯންސަން އިތުރަށް ވިދާޅުވީ މި ނިންމުން ނިންމީ އެގައުމުގެ ސިއްހީ މާހިރުންނާއި، ކަމާބެހޭ ފަރާތްތަކާއިއެކު ބޭއްވި ބައްދަލުވުންތަކަށްފަހު ކަމަށެވެ.

ޖޯންސަން ވިދާޅުވީ މި ނިންމުންތަކަށް ބުދަ ދުވަހު އެގައުމުގެ މަޖިލީހުގައި ވޯޓަށް އަހާނެ ކަމަށާއި، އުންމީދަކީ މަޖިލީހުން މި ނިންމުންތައް ފާސްވެގެން ދިއުން ކަމަށެވެ.

އިނގިރޭސިވިލާތަކީ މުޅި ދުނިޔެއިން 9 ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 1،011،660 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފާއިތުވެދިޔަ 24 ގަޑީއިރުތެރޭ އެކަނިވެސް އެގައުމުން ވަނީ 21،915 މީހުން ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

01 މާރިޗު 2018

ގަތަރުގެ އަމީރު އަންނަ މަހު އެެމެރިކާއަށް ވަޑައިގަންނަވަނީ

01 މާރިޗު 2018
ގަތަރުގެ އަމީރު އަންނަ މަހު އެެމެރިކާއަށް ވަޑައިގަންނަވަނީ
22 ނޮވެމްބަރު 2017

ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް

22 ނޮވެމްބަރު 2017
ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް
10 ނޮވެމްބަރު 2017

އެހީ ނުލިބިއްޖެ ނަމަ އަންނަ ހަފްތާގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެ: ޔަމަނުގެ އެހީދޭ ޖަމާޢާތްތައް

10 ނޮވެމްބަރު 2017
އެހީ ނުލިބިއްޖެ ނަމަ އަންނަ ހަފްތާގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެ: ޔަމަނުގެ އެހީދޭ ޖަމާޢާތްތައް
07 ނޮވެމްބަރު 2017

ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު

07 ނޮވެމްބަރު 2017
ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
09 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

09 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް