Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޗްސީސީ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް

އެޗްސީސީ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯޕް އެޗްޕީއެސްއަށް

30 އޮކްޓޯބަރު 2020 | ހުކުރު 18:35

މުބާރާތުގެ ޗެމްޕިއަންކަން ހޯޕް އެޗްޕީއެސް ހޯދީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒު ބަލިކޮށްގެން

އަތޫފް އާތިފް
އަތޫފް އާތިފް | 30 އޮކްޓޯބަރު 2020 | ހުކުރު 18:35
އެޗްސީސީ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި ހޯޕް އެޗްޕީއެސް ޓީމު

އެޗްސީސީ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި ހޯޕް އެޗްޕީއެސް ޓީމު

ޅ. ހިންނަވަރު އިޖުތިމާޢީ މަރުކަޒުން އިސްނަގައިގެން އެ ރަށުގެ އަންހެނުންގެ މެދުގައި ބޭއްވި "އެޗްސީސީ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2020" ގެ ޗެމްޕިއަންކަން ހޯޕް އެޗްޕީއެސްއިން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯޕް އެޗްޕީއެސް ހޯދީ ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ޅ. އަތޮޅު ތަޢުލީމީ މަރުކަޒު ބަލިކޮށްގެންނެވެ. މުބާރާތުގެ ފައިނަލުން ހޯޕް އެޗްޕީއެސް ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. އަދި ފައިނަލުގެ ޖާގައެއް ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

ހިންނަވަރު ވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު ހޯޕް އެޗްޕީއެސްއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޯޕް އެޗްޕީއެސްގެ ޖާޒީ ނަމްބަރު ހަތަރެއް ހަލީމާ މުޙައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ހޯޕް އެޗްޕީއެސްގެ ދުންޔާ އަލީ އާއި، ޒަމީރާ އަބްދުލް ކަރީމާއި، ހަލީމާ މުޙައްމަދާއި، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސާޖިދާ އަދުނާނާއި، އައިޝަތު ތޯމާ ވާސިފް އަދި ޓީމު އެލާޓުގެ އައިޝަތު ޔޫސުފެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްކޯޕިއަންސްގެ ހަލީމާތު ޝުހާ ހުސެއިނެވެ.

ހިންނަވަރުގެ އަންހެނުންނަށް ހުޅުވާލެވިގެން ބޭއްވި މި މުބާރާތުގައި ފަސް ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ޓީމު އެލާޓާއި، ޅ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ސްކޯޕިއަންސް އާއި، ހޯޕް އެޗްޕީއެސް އަދި ޓީމު ގޯގޯއެވެ.

ހިންނަވަރު އިޖުތިމާޢީ މަރުކަޒުން އިންތިޒާމުކޮށްގެން އެ ރަށުގެ އަންހެނުންނަށް ވޮލީބޯޅަ މުބާރާތެއް ބޭއްވިއިރު، އެ މަރުކަޒުން އަންނަނީ ރަށު ފެންވަރުގައި ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މިދިޔަ މަހު ވަނީ "އެޗްސީސީ ފުޓްސަލް ޗެލެންޖް 2020" ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް