Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ނޮވެމްބަރު 15ގައި!

30 އޮކްޓޯބަރު 2020 | ހުކުރު 07:57

އެންމެހާ ޙިއްޞާދާރުން 13 ނޮވެމްބަރގެ ކުރިން ރަޖިސްޓްރީ ވާންޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 އޮކްޓޯބަރު 2020 | ހުކުރު 07:57
ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހޭ

ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހޭ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ 2020 ވަނަ އަހަރުގެ، ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

2020 ވަނަ އަހަރުގެ، ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ގެ އޮންލައިން ވެބް އެޕްލިކޭޝަން ފަހިވޯޓް މެދު ވެރިކޮށް 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.

އެގޮތުން މިޖަލްސާގައި ބައިވެރިވެވޭނީ 15 އޮކްޓޯބަރ 2020 ވީ އާދީއްތަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ކުންފުނީގެ މިއަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވަނީ އޮންލައިން ވަޞީލަތެއް މެދުވެރިކޮށް ކަމަށާއި އެހެންކަމުން ބައިވެރިވާން ބޭނުންވާ އެންމެހާ ޙިއްޞާދާރުން 13 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން އެކުންފުނީގެ ޙިއްސާދާރުން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް (mv.infinity.www (މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ފޯމު mv.com.mtcc@companysecretary އަށް އީމެއިލް ކޮށްގެންވެސް ރަޖިސްޓަރ ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ދެ ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ. އެއީ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ވިތް ސްޕެޝިއަލައިޒޭޝަން އިން ޕްރޮޖެކްޓް މެނޭޖްމަންޓްގެ ރޮނގުން މަތީ ތައުލީމް ހާސިލްކޮށްފައިވާ މުޙައްމަދު އިމްރާން ޢަދުނާނުއާއި މާރސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަބްދު الله ސައީދު އެވެ.

އެކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިޞްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިޚާބުކުރަންޖެހެއެވެ.

މި 02 ޑިރެކްޓަރުންގެ ތެރެއިން 01 ޑިރެކްޓަރަކު، 27 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އިންތިޚާބު ކުރެވިފައެވެ. އަދި ހުސްވެފައިވާ 01 ގޮނޑިއަށް އިތުރު ޑިރެކްޓަރަކު އިންތިޚާބު ކުރުން މި އަހަރު ބާއްވާ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި އޮންނާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 66 ވަނަ މާއްދާގައިވާ ގޮތުން ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ހުރެ ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުންގެ މަޤާމެއް އަދައެއް ނުކުރެވޭނެއެވެ. އެމްޓީސީސީން ބުނީ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ފަރާތްތަކުގެ މަޢުލޫމާތު ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބޭއްވުމުގެ ކުރިން ޙިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާން ކުރާނެކަމަށެވެ.

މި މަޤާމަށް ޑިރެކްޓަރަކު އިންތިޚާބުކުރާނީ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައި ޙިއްޞާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި މި ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 މެއި 2017

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
18 މެއި 2017

އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި

18 މެއި 2017
އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް