Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ރާއްޖޭގެ ހާލަތު

ރާއްޖޭގައި ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދު 900ށް ވުރެ ދަށަށް

29 އޮކްޓޯބަރު 2020 | ބުރާސްފަތި 09:13

ވައިރަސް ޖެހުނު މީހުންގެ ތެރެއިން 10،685 މީހުން ވަނީ ބަލިން ރަނގަޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އޮކްޓޯބަރު 2020 | ބުރާސްފަތި 09:13
މާލޭގައި އެކްޓިވް ސަރވިއަލަންސްގެ ދަށުން ސާމްޕަލް ނަގަނީ

މާލޭގައި އެކްޓިވް ސަރވިއަލަންސްގެ ދަށުން ސާމްޕަލް ނަގަނީ

ރާއްޖޭގައި ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދު 900ށް ވުރެ ދަށްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްގެ އަދަދު 900ށް ވުރެ ދަށްވެފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެދުވަހު އަލަށް 35 މީހުންނަށް ވައިރަސް ޖެހުނުއިރު، 54 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މިވަގުތު ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފައިވާ ޖުމްލަ އަދަދަކީ 11،591 އެވެ. މީގެތެރެއިން 10،685 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ގުނަމުންދަނީ 862 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 52 މީހަކަށެވެ. އަދި 277 މީހަކު ތިބީ ކަރަންޓީނު ފެސިލިޓީތަކުގައެވެ.

ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދު ހާހަކަށްވުރެ ދަށްވެފައިވަނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭހެއް ރިކޯޑުކޮށްފައިވަނީ މާޗު މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި މާލެއިން ކޮވިޑް-19 ގެ ކޭހެއް ރިކޯޑުކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ލޮކްޑައުން ކުރިއެވެ.

ލޮކްޑައުންގައި ގާތްގަނޑަކަށް ދެ މަސް ދުވަސް އޮތުމަށްފަހު ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށީ މެއި މަހުގެ ފަހުކޮޅުއެވެ. އެއާއެކު މަޑުމަޑުން އަނެއްކާވެސް ކޭސްތައް އިތުރުވާން ފެށިއެވެ. އަދި އޮގަސްޓް މަހު ރިކޯޑިު މިންވަރަކަށް މީހުންނަށް ކޮވިޑް-19 ޖެހުނެވެ. އެގޮތުން އޮގަސްޓް މަހު އެކަނިވެސް 3،900 މީހުންނަށް ކޮވިޑް-19 ޖެހުނެވެ.

ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅިއެވެ. އެގޮތުން ރޭގަނޑު 8ން ފެށިގެން ފަތިހު 5ށް ކާފިޔު ގަޑި އިއުލާންކޮށް، ފިހާރަތަކާއި ރެސްޓޯރެންޓްތައް ރޭގަނޑު 10 ޖަހާއިރު ބަންދުކުރާގޮތަށް ހަމަޖެއްސިއެވެ.

އެއާއެކު ކޮވިޑް-19 ގެ ކޭސްތައް ވަނީ ދަށަށްދާން ފަށާފައެވެ. އަދި ސެޕްޓެމްބަރު މަހުން ފެށިގެން ކޭސްތައް ފެންނަ މިންވަރު ދަށަށްގޮސްފައިވާއިރު، އަޅާފައިވާ ފިޔަވަޅުތަކަށްވެސް ވަނީ ލުއިތައް ދީފައެވެ. އެގޮތުން މިހާރު ރޭގަނޑު ކާފިއު ހިންގަނީ 11ން ފެށިގެން ފަތިހު 5ށެވެ.

ސެޕްޓެމްބަރު މަހު ވައިރަސް ޖެހިފައިވަނީ 2،298 މީހަކަށެވެ. އަދި އޮކްޓޯބަރު މަހުގެ މިހާތަނަށް އައިއިރު މި މަސްތެރޭގައި އަލަށް ވައިރަސް ޖެހިފައިވަނީ 122،3 މީހުންނަށެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 7,395 މީހުންނަކީ ދިވެހިންނެވެ. މިހާތަނަށް އައިއިރު މިބަލީގައި 37 މީހަކު ވަނީ ރާއްޖޭގައި ނިޔާވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް