Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޔާ ފްލެޓް

ހިޔާ ފްލެޓަށް ބަދަލުވުން އެންމެފަހުން މިވީ ބޮޑު ވޭނަކަށް

ހިޔާ ފްލެޓްގައި ހުރި ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފެޓިޝަނެއް ވެސް ހުށަހަޅާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 11:42
ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލު ނުވެ އޮންނަ މައްސަލައެއް

ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލު ނުވެ އޮންނަ މައްސަލައެއް

ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލު ނުވެ އޮންނަ މައްސަލައެކެވެ. ކޮންމެ ސަރުކާރެއް އައި ކަމުގައިވީނަމަވެސް ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކުގެ ލިސްޓު ނަގާ ކިޔާއިރު ބޯހިޔާވަހިކަން އޮންނަނީ އެންމެ ކުރީގައެވެ. ކޮންމެ މީހަކު ވެސް ދިރިއުޅޭނެ އަމިއްލަ ތަނެއް އެބަ ބޭނުންވެއެވެ. މާލޭގައި ގިނަ މީހުން ދިރިއުޅެނީ ކުއްޔަށެވެ. ދިރިއުޅެމުންދާ ތަނަށް ބޮޑު ކުލި ދެއްކުމަށްފަހު ދިރިއުޅުމުގެ އެހެން ޚަރަދުތައް ދެކޮޅު ޖެއްސުމަށް ވެސް ދަތިތަކާއި ކުރިމަތިވެއެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް ކޮންމެ ސަރުކާރަކުން ވެސް ވައުދުވެއެވެ. ކުޑަ އަގު ދައްކައިގެން ވަންނާނެ އަމިއްލަ ހިޔަލެއް ހޯދައި ދޭނެ ކަމަށް ބުނެއެވެ. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކަމަށް ބުނެ އެކި ސަރުކާރުތަކުން ވަނީ ފްލެޓްތައް ދޫކޮށްފައެވެ. އެގޮތުން ދާދި ފަހުން ސަރުކާރުން ވަނީ ހިޔާ ފްލެޓް ލިބުނު މީހުންނަށް އެ ފްލެޓްތައް ދޫކޮށްފައެވެ. އަދި މިހާރު ވެސް ދަނީ ދޫކުރަމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ. މި ފްލެޓުތައް ލިބުމާއެކު އެއްކަލަ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވެގެން ދިޔުމުގެ އުންމީދު އަނެއްކާވެސް އާލާވެގެން ދިޔައެވެ. ފިނިޝިންގެ މަސައްކަތްތައް ނުނިންމާ ވެސް އާއިލާތަކުން ވަނީ ފްލެޓަށް ބަދަލުވާން ފަށާފައެވެ. އެހެންނަމަވެސް ހިޔާ ހޯދުމަށްޓަކައި ބަދަލުވި ހިޔާ ފްލެޓްތަކުން ހިޔާވަހިކަމެއް ނުލިބުނެއެވެ.

އެތަނަށް ބަދަލުވި އާއިލާއަކުން ވަނީ ފްލެޓުތަކުގައި ފެންބޮޑުވާ މައްސަލަ އަދި ފެން ހޮޅިތަކުން ފެން ފައިބާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ އެޕާޓްމަންޓުގެ ޝީޓުގެ މަތިންނާއި ކުޑަ ދޮރުތަކުން ވެސް ފެން އެތެރެއަށް ވަންނަ ކަމަށެވެ. ވާރޭވެހިއްޖެނަމަ ކުޑަދޮރުތައް ލައްޕާފައި ހުއްޓަސް ފެން ފައިބާ ކަމަށާއި ފެން ހޮޅިތަކުން ވެސް ފެން ފައިބާ ކަމަށެވެ. އެޗްޑީސީން ބުނީ މިކަންތައްތައް ބަލަމުންދާ ކަމަށާއި ގެނެވޭނެ ހައްލުތަކަކީ ކޮބައިތޯ ބަލާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިކަންތައްތައް މިހެން ހުރިއިރު ހިޔާ ފްލެޓުތައް ކައިރީގައި ގިނަ އަދަދެއްގެ ކުނި ހުރި މައްސަލަ ބޮޑުވެފައިވާއިރު ކުނި ނެގޭނެ އިންތިޒާމެއް ނެތި ބައެއް ސަރަހައްދުތައް ގޮނޑުވުމުން ވެސް އެކަމުގެ ޝަކުވާ ރައްޔިތުން ވަނީ ކޮށްފައެވެ. ރައްޔިތުންގެ ޝަކުވާތަކާއި ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވަނީ، ކުނި ކަލެކްޓް ކުރަން ވަކި ތަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ފްލެޓްތައް އެޅުމުގެ ވާހަކަ ފެންމަތިވެގެން އައިރު ކުރީ ސަރުކާރުން ބުނީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ފްލެޓް ދޭނެ ކަމަށެވެ. އެހެންނަމަވެސް ފްލެޓް ލިބި ތަޅުދަނޑި އަތަށް އަރާ، ތަނަށް ދައްކަން ޖެހޭ މަހު ކުލީގެ އަދަދު އެނގުމުން ގިނަ ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާ ފްލެޓްގައި ހުރި ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފެޓިޝަނެއް ވެސް ހުށަހަޅާފައެވެ. ޕެޓިޝަނާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި އިދާރާ ތަކާއެކު ބޭއްވި ބައްދަލުވުމުގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިކަހަލަ ކުޑަ ކޮށްޓަކަށް ވަންނައިރު 5000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށެވެ. އަތުން އެތައް ޚަރަދެއް ކޮށްފައި 5000 ރުފިޔާ ކުއްޔަށް ދައްކަން ބޮޑު ކަމަށާއި، މިފަދަ ބޮޑު ދެރައެއް ރައްޔިތުންނަށް ދޭއިރު ސަރުކާރުން ކޮންމެވެސް ކަމެއް ކުރަން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވީ، ތަހުގީގު އިދާރާތައް މިއަދު އޮތީ ފެއިލް ވެފައި ކަމަށާއި، ބޭނުން ގޮތަކަށް ލޯނު ނަގާ ޚަރަދު ކޮށްފައިވާކަން ފެންނަން އެބައޮތް ކަމަށެވެ. އަދި ކޮންމެ އެޕާރޓްމެންޓެއް ނިންމިއިރު އަގަށްވުރެ އެތައް ގުނައެއް ކޮންމެ ޔުނިޓަކުން އިތުރުވެފައިވާ ކަމަށާއި، މި މަޝްރޫއުގައި ޚިޔާނާތް އެބައޮތް ކަމަށެވެ. ތަހުގީގު އިދާރާތައް ފެއިލްވެފައިވާތީ، އެކަމުގެ ފައިދާ ނަގަނީ ކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ކުންފުނިތަކުންވެސް އަގު ހުށަހަޅާފައި އޮތްއިރު ހަމަ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް ދިނީ ވަކި ބޭނުމެއްގައި ކަމަށް ސަލީމް ވިދާޅުވިއެވެ. ރައްޔިތުންނަށް ތަކުލީފު ޖެއްސުމަށްފަހު، އޭރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ތިއްބެވީ ހުޅުމާލެއިން ގޯތި ނަގައި، ރަނގަޅަށް ގެދޮރު އަޅުއްވައިގެން ކަމަށް ވިދާޅުވިއެވެ.

މިއަށް ޖަވާބުދެއްވައި އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވީ، މިހާރުވެސް ޑިސްކައުންޓެއް ދެވިފައިވާ ކަމަށާއި، ފިނިޝިންއަށް ދީފައި އޮތް މުއްދަތު ދިގު ދަންމާލައިފި ނަމަ އެތަނުގައި ދިރުއުޅޭ ރައްޔިތުން އުޅޭނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. މަޝްރޫއަށް ނަގާފައިވާ ލޯނު ދެއްކޭނީ އެންމެ ކުޑަކޮށްވެސް 8500 ރުފިޔާ ކުއްޔަށް ނަގައިގެން ކަމަށް ސުހައިލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހިޔާ ފްލެޓާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަންގައި މައިގަނޑު 3 ކަމަކަށް ޑިމާންޑް ކޮށްފައިވެއެވެ. އެގޮތުން ފްލެޓްގެ ކުލި 5،600 އަށް ކުޑަކުރުމާއި، ފްލެޓްގެ ފިނިޝިންގއަށް ދީފައިވާ މުއްދަތު 12 މަސްދުވަހަށް އިތުރުކޮށްދިނުމާއި، ފްލެޓްގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ ކުޑަކުރުމަށް ވަނީ ޕެޓިޝަންގައި ޑިމާންޑްކޮށްފައެވެ.

ހިޔާ ފްލެޓްތައް ލިބުނު ރައްޔިތުން އެތަނަށް ބަދަލުވީ، ދިރިއުޅުމުގެ ކަންތައްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް އެންމެފަހުން އެ ނިކަމެތި ރައްޔިތު މީހާއަށް ވެސް ހިޔާ ފްލެޓަށް ބަދަލުވުން މިވީ ބޮޑު ވޭނަކަށެވެ.

ހިޔާ ފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

12 ޑިސެމްބަރު 2024
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

12 އޮކްޓޯބަރު 2024
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

17 މާރިޗު 2024
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

06 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު