Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެލެންސިޔާގެ ހާލަތު

އަސަދުالله ކޮބާ؟ އިއްބެއާއި ރިލޭއަށް މިވީ ހިކިނެއް!

ތިން ކުޅުންތެރިންނަށްވެސް އެންމެ އަވަހަށް ކުޅެވޭނީ ލީގުގެ ތެރޭގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 26 އެޕްރީލު 2023 | ބުދަ 04:25
އަސަދުﷲއާއި އިއްބެ މިދިޔަ ސީޒަންގައި މާޒިޔާގައި

އަސަދުﷲއާއި އިއްބެ މިދިޔަ ސީޒަންގައި މާޒިޔާގައި

އަސަދުالله އަބުދުالله (އަސަކޮ) އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑެވެ. އެންމެ އިތުބާރު އެއް ނަމްބަރު ނައިންއެވެ. ކެރިއަރުގެ ކާމިޔާބީތައް ގުޅިފައިވަނީ މާޒިޔާއާއެވެ. އެއީ މާޒިޔާގެ ކެޕްޓަނެވެ.

ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދިއެވެ. ރަންބޫޓް ހޯދިއެވެ. މާޒިޔާގައި ހޭދަކުރި ކާމިޔާބު 11 އަހަރަށްފަހު އޭނާ މާޒިޔާގެ ޖަރޒީ ބާލައިފިއެވެ. ސީޒަންގެ ފުރަތަމަ މުބާރާތުގެ ސެމީފައިނަލާ ހިސާބަށް އައިއިރު މާޒިޔާއަކުން އަދި އެހެން ޓީމަކުންވެސް އޭނާ ނުފެނެއެވެ. ޕްރެކްޓިސްއަކުންވެސް މެއެވެ. އެކަމަކު ހުރީ ފިޓްކޮށެވެ. އެހެންވިއްޔާ އަސަދުالله ކޮބައިހެއްޔެވެ.

ސީޒަން ފެށުމުގެ ކުރިން އޭނާ ފެންނާނީ ވެލެންސިޔާއިންކަމަށް ބުންޏެވެ. ފުރަތަމަ މުބާރާތުގެ ސެމީފައިނަލާ ހިސާބަށް ޓީމްތައް ދަތުރުކޮށްފައިވާއިރު ވެލެންސިޔާއަށް މުބާރާތް ނިމިއްޖެއެވެ. ދެ މެޗުންވެސް ބަލިވެ ޗެމްޕިއަން ވެލެންސިޔާ ކެޓީއެވެ. އަސަދުالله އެއް ނުފެނެއެވެ. އެކަމަކު އަދިވެސް އޭނާ ޔަޤީންކަން ދެނީ ވެލެންސިޔާއިން ފެންނާނެކަމެވެ. ވެލެންސިޔާއަށް ކުޅެން ނިންމައިގެން ހުރިކަމެވެ. ސޮއި ނުކުރިޔަސް ޕްރެކްޓިސްއަށް ނުނިކުތަސް މިސީޒަންގައި އޭނާގެ ކްލަބަކީ ވެލެންސިޔާއެވެ. ޓީމުން އޭނާ ނުފެނުމަކީ އަސަދުالله ގެ މައްސަލައެއް ނޫނެވެ.

ހަޤީޤަތުގައި އެހެން ޓީމްތަކުން ވެލެންސިޔާއަށް ބަދަލުވި އެއްވެސް ކުޅުންތެރިއަކަށް އަދި ވެލެންސިޔާއަށް ކުޅެވެން ނެތީއެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ވެއްޓިފައިވާ ހާލަތެވެ. ކްލަބަށް ކުރިން ކުޅުނު ކުޅުންތެރިންނަށް ނުދީހުރި މުސާރައިގެ މައްސަލަތައސް ހައްލުނުވާތީ އެކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ނުލިބެނީއެވެ. އެކަމަށް ހުރަސްތަކެއް ހުރީއެވެ. އަސަދުالله ވެސް ހުރީ އެލިސްޓްގައެވެ.

އަސަދުالله އަށް ވެލެންސިޔާއަށް ކުޅެވެން އޮތީ އެކަންކަން ހައްލުވެ ފެހި ސިގްނަލެއް ލިބިގެންނެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި މުސާރައިގެ އެ މައްސަލަތައް ހައްލުކުރުމަށް ވެލެންސިޔާއިން މިހާރު ފައިސާ ދައްކައިފިއެވެ. އެކަމަކު ކަންކަން ފުރިހަމަވެ "ގޯ" ސިގްނަލް އަދި ނުލިބެނީއެވެ.

އަސަދުالله ގެ އިތުރުން އޭނާއާއެކު މިދިޔަ ތިން ސީޒަންގައި މާޒިޔާއަށް ކުޅުނު މިޑްފީލްޑަރ އިބްރާހީމް ވަހީދާއި, ގްރީން ސްޓްރީޓްސްގެ މިދިޔަ ސީޒަންގެ ކެޕްޓަން ރިލްވާން ވަހީދަށްވެސް ދިމާވެފައިވަނީ އެމައްސަލައެވެ. ތަފާތަކީ ރިލޭއާއި އިއްބެ ވެލެންސިޔާގެ ޕްރެކްޓިސްގައި ބައިވެރިވަމުން ދިއުމެވެ. އެކުޅުންތެރިންނަށް ނުކުޅެވުމަކީ ވެލެންސިޔާގެ ކޯޗު އަހުމަދު މުޖުތަބާ ތަކުރާރު ކުރާ ފަދައިން އެކްލަބަށް އޮތް ބޮޑު ޗެލެންޖެކެވެ. އެންމެ އަވަހަށްވެސް އެކުޅުންތެރިންނަށް ކުޅެވޭނީ ދިވެހި ޕްރިމިއަރ ލީގުގެ ތެރޭގައެވެ. ޕްރެޒިޑެންޓްކަޕް ވެލެންސިޔާއިން ނިންމާލީ "އިންޓަރ ސްކޫލް" ޓީމެއް ގޮވައިގެންނެވެ.

ވެލެންސިޔާއަށް ފުރަތަމަ މުބާރާތުގައި ކުޅމުގެ ފުރުޞަތު ނުލިބުނު ތިން ކުޅުންތެރިންނަކީވެސް ޤައުމީ ޓީމްގައި މުހިއްމު ދައުރެއް އަދާކުރި ރާއްޖޭގެ ފުޓްބޯޅައިގެ ސީނިއަރ ތިން ކުޅުންތެރިންނެވެ. މީގެތެރެއިން އިއްބެއަކީ އަދިވެސް ކުރިމަގު އޮތް ޒުވާން ކުޅުންތެރިއެކެވެ. ޤައުމީ ޓީމުން އަދިވެސް ފުރުޞަތު ހޯދޭވަރުގެ މޮޅު ތިން ކުޅުންތެރިންނަށް ނުކުޅެވި މުބާރާތެއް ނިމިގެން ދިއުން މިއީ ރާއްޖޭގެ ޒަމާންވީ ބޮޑު ތިން ކްލަބްގެ ތެރެއިން ފުރަތަމަ ޑިވިޝަންގައި އޮތް ހަމައެކަނި ކްލަބްގެ ހާލަތެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގެ މިއަދުގެ ހާލަތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ޖީ20 އަކީ ކޮބާ؟

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު