Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީއެސްޖީ

ސަސްޕެންޑު ކުރި މެސީ ޕީއެސްޖީގެ ފަރިތަކުރުމުގައި، މިވީ ކިހިނެއް؟

ޕީއެސްޖީން މެސީ ބަހައްޓަން ބޭނުންވާއިރު، މެސީ ރުއްސޭނެ ހުރިހާ ގޮތެއް އެ ކުލަބުން ހޯދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މެއި 2023 | އަންގާރަ 02:16
ޕީއެސްޖީގެ ފަރިތަކުރުމުގައި މެސީ

ޕީއެސްޖީގެ ފަރިތަކުރުމުގައި މެސީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ސަސްޕެންޑު ކުރި ޚަބަރަކީ މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކަ އެވެ. އަނެއްކޮޅު ސަސްޕެންޝަންގެ ސަބަބުން މެސީ އާއި ޕީއެސްޖީއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ފްރާންްސްގެ މީޑިއާތަކުގައި ބުނެފައި ވަނިކޮށް، މެސީ ވަނީ މައާފަށް ވެސް އެދިފަ އެވެ.

ޕީއެސްޖީން މެސީ ސަސްޕެންޑުކޮށްފައި ވަނީ ކުލަބުގެ ހުއްދަ ނުހޯދައި އޭނާ ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރުމުންނެވެ. މެސީ އަކީ ސައުދީން އެ ޤައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކަނޑައަޅާފައި ހުންނަ ޚާއްސަ އެމްބެސަޑެރެކެވެ. މެސީ ސައުދީ އަށް ދިޔުމާއެކު ޕީއެސްޖީން އޭނާ ސަސްޕެންޑު ކުރީ ދެ ހަފްތާގެ މުއްދަތަކަށެވެ. އެ މުއްދަތުގައި މެސީ އަށް ޕީއެސްޖީގެ އެއްވެސް ފަރިތަކުރުމެއްގައި ބައިވެރިނުވެވޭނެ ކަމަށާއި، ކުލަބުން އޭނާ އަށް މުސާރަ ވެސް ނުދޭނެ ކަމަށް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެކަމުގައި ޕީއެސްޖީން ރަސްމީކޮށް އެއްޗެއް ބުނެފައިނުވާއިރު، ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ވެސް ވަނީ އެ ވާހަކަ ދެއްކުމަށް ދެކޮޅު ހަދައިފަ އެވެ.

މެސީ މައާފަށް އެދުމާއެކު، އެންމެން ވެސް އިންތިޒާރު ކޮށްގެން ތިބީ ދެން ކަންތައް ވާނެ ގޮތަކަށެވެ. މިއަހަރުގެ ޖޫން މަހަށް ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އޭނާ ކުލަބުގައި މަޑު ކުރާނެތޯ ނުވަތަ ނޫންތޯ އެވެ. އެ ވާހަކަތައް އެކިއެކި މީޑިއާތަކުގައި ދެކެވެމުން ދަނިކޮށް، މެސީ ވަނީ ހޯމަ ދުވަހުގެ ހެނދުނު ޕީއެސްޖީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށް ޙާޟިރުވެފަ އެވެ. މިއީ ސައުދީ ދަތުރަށް ފަހު މެސީ ފެނުނު ފުރަތަމަ ފަހަރެވެ. ޕީއެސްޖީން ވަނީ އެ ކުލަބުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން އެކަން ރަސްމީކޮށް ހާމަކޮށްފަ އެވެ. އެއާއެކު ބޭރުގެ މީޑިއާތަކުގައި ވަނީ އެ ވާހަކަ ރިޕޯޓު ކުރަން ފަށައިފަ އެވެ. އެގޮތުން ޕީއެސްޖީން މެސީ ސަސްޕެންޑުކޮށްފައި ހުއްޓާ އޭނާ ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

އެކަމާ ގުޅިގެން ފްރާންސްގެ މީޑިއާއެއްގައި ބުނެފައި ވަނީ ޕީއެސްޖީން އެކުލަބުން މެސީ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުން، ބާތިލް ކުރުމަކީ ގާތް ކަމެެއް ކަމަށެވެ. ޚާއްސަކޮށް ޕީއެސްޖީން މެސީ ބަހައްޓަން ބޭނުންވާއިރު، މެސީ ރުއްސޭނެ ހުރިހާ ގޮތެއް އެ ކުލަބުން ހޯދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، މެސީގެ ނިންމުން އޮތް ގޮތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މީގެ އެއް މަސް ދުވަސް ކުރިން ޕީއެސްޖީގައި މަޑު ކުރަން ބޭނުންނުވާ ކަމަށް މެސީ އަންގާފައިވާ ކަމަށް ވެސް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އެކަމުގައި މެސީގެ ފަރާތުން ރަސްމީ ގޮތުން ނިންމުމެއް ހާމަކޮށްފައި ނުވި ނަމަވެސް، މެސީ ޕީއެސްޖީ ދޫކޮށްލާ ވާހަކަ އަކީ އެންމެ ގަދަޔަށް ދެކެވޭ ވާހަަކަ އެވެ.

ޕީއެސްޖީގެ ފަރިތަކުރުމަށް މެސީ ނުކުމެފައިވާއިރު، ކުލަބުގެ އިސްވެރިން މެސީއާ ވަކިން ބައްދަލުކުރާނެ ކަމަށް ވެސް މީޑިއާތަކުގައި ބުނެފަ އެވެ. އެގޮތުން ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީގެ އިތުރުން ސްޕޯޓިން ޑިރެކްޓަރު ލުއިސް ކަމްޕޯސް އަދި ކޯޗު ކްރިސްޓޮފާ ގަލްޓިއޭ މެސީއާ ބައްދަލު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އެ ބައްދަލުވުމުގައި މެސީ ކުލަބުގައި ބެހެއްޓޭނެ ގޮތެއް ހޯދުމަށް ޕީއެސްޖީން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

2021 ވަނަ އަހަރު މެސީ ޕީއެސްޖީއަށް ބަދަލުވީ ކުރީގެ ކުލަބު ބާސެލޯނާއާއެކު އެއްބަސްވުން އައު ނުކުރެވުމުންނެވެ. އެހެން ނަމަވެސް، މިހާރު ބާސެލޯނާ އިން އަންނަނީ އަލުން މެސީ ގެންދެވޭނެ ހުރިހާ މަގަކުން މަސައްކަތް ކުރަމުންނެވެ.

ޕީއެސްޖީލިއޮނެލް މެސީކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު