Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަސްއިން ފަރިތަކުރުންތައް ފެށުން

ސަސްއިން ފަރިތަކުރުންތައް ފަށައިފި، އައު ތަޖުރިބާއަކަށް ނާދު ތައްޔާރު

27 އޮކްޓޯބަރު 2020 | އަންގާރަ 15:48

ސަސްއިން ފަރިތަކުރުންތައް ފެށީ އަންގާރަ ދުވަހުގެ ހަވީރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 އޮކްޓޯބަރު 2020 | އަންގާރަ 15:48
އަންގާރަ ދުވަހުގެ ހަވީރު ސަސްއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު)

އަންގާރަ ދުވަހުގެ ހަވީރު ސަސްއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު)

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފަރިތަކުރުންތައް ފަށައިފިއެވެ.

ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މި މަހުގެ ކުރީކޮޅު ދީފައިވާއިރު، ސަސްއިން ފަރިތަކުރުންތައް ފެށީ އަންގާރަ ދުވަހުގެ ހަވީރުއެވެ.

މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދާ މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށް ސަސްއިން ތައްޔާރުވަމުން އަންނައިރު، އައު ސީޒަނަށް އެ ޓީމުން ކުރިމަތިލާނީ ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދު (ނާދު) އާ އެކުގައެވެ.

އެފްއޭއެމް ޓާފް ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން "ރާއްޖެޓީވީ" އަށް ދިން އިންޓަވިއުއެއްގައި ނާދު ބުނީ ސަސްއާއެކު އައު ތަޖުރިބާއެއް ކުރާއިރު، ރަނގަޅު ހިސާބަކަށް ޓީމު ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި ފުރަތަމަ ކަމަކަށް ޓީމުގެ އަމާޒަކީ ގަދަ ހަޔަކަށް ވަނުން ކަމަށާއި، އެކަމަކު އެއަށްވުރެވެސް މައްޗަށް ދިޔުމަށް ބޭނުންވާ ކަމަށްވެސް ނާދު ބުންޏެވެ.

ނާދު އިތުރަށް ބުނީ ސަސްގައި މިހާރު އޮތް ސްކޮޑާ ދޭތެރޭ ފުދޭވަރަކަށް ހިތްހަމަޖެހޭ ކަމަށާއި، އަދި މި ސްކޮޑަށް ބޭރުގެ ކުޅުންތެރިން ގުޅުމާއެކު ޓީމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އަދި ޓީމުގައި ޒުވާން ރަނގަޅު ކުޅުންތެރިންތަކެއް ތިބި ކަމަށްވެސް ނާދު ފާހަގަކުރިއެވެ.

އައު ސީޒަނަށް ސަސްއިން ވަނީ ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރުން ކަމަށްވާ އަޙްމަދު ޝާފިއު (ޝާފީ)، އަބްދުﷲ ހަނީފް (ބެންޖޯ) އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަޙްމަދު ފައްރާހު (ފައްރަ) ގެ ސޮއިހޯދާފައެވެ. އަދި ކުރިން ޓީސީ އާއި ދެވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފައިވާ ޒުވާން ކުޅުންތެރިޔާ އަޙްމަދު އައިހަމް ސަސްއަށް ސޮއިކުރިއިރު، ސަސްއަށް މިދިޔަ އަހަރުތަކުގައި ކުޅުނު އަޙްމަދު ފަރުހާން (ގައްބެ) ވެސް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފައެވެ. މީގެ އިތުރުން އައު ސީޒަނަށް ބިދޭސީ ހަތަރު ކުޅުންތެރިއަކު ސަސްއާ ގުޅޭނެ ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

އަންގާރަ ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން "ރާއްޖެޓީވީ" އަށް އިންޓަވިއު ދެމުން ސަސްގެ ގޯލްކީޕަރު ޓްރޭނަރު ހަސަން ހަމީދު (ޑަކޭ) ބުނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ހިސާބުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އައި ކަމަށާއި، އެކަމުގައި ވަރަށް އުނދަގޫ ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކަމަށެވެ. އެކަމަކު ކުރި ބުރަ މަސައްކަތުން ރަނގަޅު ކުޅުންތެރިންތަކެއް ލިބި، އެ ކުޅުންތެރިންނާއެކު ކުރިއަށް އޮތް ސީޒަނުގައި ރަނގަޅު ޓީމެއް ބިނާކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ނިންމާފައިވާއިރު، މިހާތަނަށް ހަތަރު ޓީމަކުން ވަނީ އައު ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށާފައެވެ. އެއީ ސަސްގެ އިތުރުން ކުލަބު ވެލެންސިއާ، ކުލަބު ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފަށާއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ. ލީގުގައި ސަސްއިން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
12 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް