Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ލާމް ދަތުރު

ވޯޓް ކަރުދާހުގައި ވޯޓުލުމަށް ފަހު ދައްކަންޖެހޭނެ ކަމަށް ބުނެ ސަރުކާރުން ބިރުދައްކާ: ޝާހިދު

22 އެޕްރީލު 2017 | ހޮނިހިރު 10:58

ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އަކީ ސިއްރު އެއްޗެއް، ޖަހާ ފާހަގަ ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް، ދެން ވޯޓްލި މީހާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 އެޕްރީލު 2017 | ހޮނިހިރު 10:58
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

މެއި މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަމުން ގޮސް މިހާރު ވޯޓް ކަރުދާހުގައި ވޯޓުލުމަށް ފަހު ދައްކަންޖޭހެނެ ކަމަށް ބުނެ ސަރުކާރުން ބިރުދައްކަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ލ. އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައި ލ. ހިތަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން އެކިއެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ސިވިލް ސާރވިސް މުވއްޒަފުންނަށް ބިރުދައްކަމުން ގޮސް މިހާރު ވޯޓް ކަރުދާހުގައި ވޯޓު ލުމަށް ފަހު ކަރުދާސްކޮޅު ދައްކަންޖެހޭނެ ކަމަށް ބުނެ ބިރުދައްކަމުންދާ ކަމަށެވެ. ނަމަވެސް ވޯޓު ދަރުދާސްކޮޅު ނުދެއްކުމަށާއި ސަރުކާރަށް އެފުރުސަތު ނުދިނުމަށް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.

"ފަސާދަ އާއި ކޮރަޕްޝަނާއި، މިވާހަކަތައް ތަކުރާރުކޮށް މި ޕޯޑިއަމްތަކުން އިވިއްޖެ. އެމްއެމްޕީއާރުސީގެ ފައިސާއަށް ވީގޮތުގެ ވާހަކަ ލަދުވެތި ކަމުގެ އިންތިހާ. އެމްއެމްޕީއާރުސީއާ ގުޅިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް އެހެރީ ފެންނަން. ބިރު ދެއްކުމުގެ ވާހަކަ، ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކަނީ، ކޯޕަރޭޝަންތަކުގެ އުޅޭ މީހުންނަށް ބިރުދައްކަނީ، ސިވިލް ސާރވިސްގައި އުޅޭ މުވައްޒަފުންނަށް ބިރު ދައްކަނީ، ހަދާނެ ނުހަދާނެއެއް ނޭނގިގެން އެންމެ ފަހުންގޮސް ވޯޓްލާ ދުވަހު ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖަހާފަ، ވޯޓު ކަރުދާސްކޮޅު ދައްކަންޖެހޭނެ ކިޔައިންގެވެސް މިހާރު ބިރުދައްކަނީ، އެފުރުސަތު ތިޔަބޭފުޅުން ދެއްވައިގެން ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އަތަށް ލިބޭ ވޯޓް ކަރުދާސް ކޮޅަކީ މުގައްދަސް އެއްޗެއް ކަމަށާއި ވޯޓް ލުމަކީ މުގައްދަސް ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގެއް ކަމަށާއި އެއީ އިންސާނީ ހައްގެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ވޯޓް ކަރުދާހުގައި ޖަހާ ފާހަގަ ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް ކަމަށާއި ދެން އެނގޭނީ ފާހަގަ ޖަހާ މީހާއަށް ކަމަށެވެ. ތިމާޔާ ތިމާ ހެއްދެވި ފަރާތާއި ދެމެދުގައިވާ ކަމެއް ކަމަށްވާތީ އެއީ މުގައްދަސް ނިންމުމެއްކަމަށް ޝާހިދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް