Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލުގެ ސްކޮޑުން އޮޒިލް ބާކީކުރުން

އާސެނަލަށް ވަފާތެރިވުމުން ލިބުނު ފައިދާއެއް ނެތް: އޮޒިލް

އޮޒިލް އާސެނަލަށް މެޗެއް ކުޅެދިނީ މީގެ ހަތް މަސް ކުރިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 އޮކްޓޯބަރު 2020 | ބުދަ 16:54
އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް

އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް

އާސެނަލަށް ވަފާތެރިވެގެން ލިބުނު ފައިދާއެއް ނެތް ކަމަށް ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފިއެވެ.

އުމުރުން 31 އަހަރުގެ އޮޒިލް މިހެން ބުނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި ޔުއެފާ ޔޫރޮޕާ ލީގަށްވެސް އާސެނަލުން އެކުލަވާލި ސްކޮޑުން އޭނާއަށް ޖާގައެއް ދީފައިނުވާތީއެވެ. މި ފަހަކަށް އައިސް އާސެނަލުން އޮޒިލަށް ފުރުސަތު ދީފައި ނުވާއިރު، އެންމެ ފަހުން އޮޒިލް އާސެނަލަށް މެޗެއް ކުޅެދިނީ މީގެ ހަތް މަސް ކުރިންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި އޮޒިލް ބުނީ އާސެނަލުގެ އައު އެއްބަސްވުމުގައި 2018 ވަނަ އަހަރު ސޮއިކުރީ އެ ކުލަބަށް އޮތް ލޯތްބާއި ވަފާތެރިކަމުގެ ސަބަބުން ކަމަށެވެ. އެކަމަކު ކުލަބުން އޭގެ ބަދަލުގައި އޭނާއާ މެދު ކަންތައްތައް ކުރާ ގޮތުން މިހާރު އެކަމާ ހިތާމަކުރަން ޖެހިފައިވާ ކަމަށްވެސް ބުންޏެވެ. އަދި އޮޒިލް ވަނީ ވަފާތެރިކަމުގެ ހެޔޮ ބަދަލެއް ހޯދުމަކީ މިހާރު އުނދަގޫ ކަމެއްކަން ވިސްނިއްޖެ ކަމަށްވެސް ބުނެފައެވެ.

އޮޒިލް އިތުރަށް ބުނީ އޭނާ ޕްރިމިއާ ލީގުގައި ވާދަކުރާ އާސެނަލް ޓީމުގައި ރަޖިސްޓަރީ ނުކުރުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށާއި، ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަން މެދުކަނޑާލުމުގެ ކުރިން އޭނާ ހުރީ ވަރަށް ރަނގަޅު ފެންވަރެއްގައި ކަމަށެވެ. އަދި އޭރު ޓީމުގެ ކޯޗު މިކޭލް އާޓެޓާގެ ދަށުން ކުލަބުން ހޯދަމުން އައި ކުރިއެރުމުގައި އޭނާގެ ހިއްސާވެސް އޮތް ކަމަށާއި، އޭނާ ހީނުކުރާ ފަދަ ގޮތަކަށް ކަންކަން ނިމިގެން ދިޔަ ނަމަވެސް، އޭނާގެ އުއްމީދުތަކަށް ބަދަލެއް ނާންނަ ކަމަށްވެސް ބުންޏެވެ.

މީގެ ކުރިން އޮޒިލް ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު ސާފުކޮށްދީފައެވެ. އޮޒިލް އޭރު ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ.

އާސެނަލުގެ ސްކޮޑުން އޮޒިލް ބާކީކުރި ނަމަވެސް، އޮޒިލް އާސެނަލް ދޫކޮށްލާނީ އެއްބަސްވުން ހަމަވުމުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ. އޭނާ އަކީ އާސެނަލުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ.

ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު